ފްލާން-- ފޮޓޯ/ އިންޓަރނެޓް
ހަބަރު
27 Jun 2023 | 08:03
މިއަދު ރޯދައަށް ތިބި ކުދިން ރޯދަ ވީއްލާ ގަޑިއަށް ފްލާން އެއް ކިހިނެއް ވާނެ؟

ފްލާން އަކީ ސްޕެނިޝް ޑެޒާޓެކެވެ. ފްލާން އެންމެ ވައްތަރީ އަހަރެމެން އާއްމުކޮށް އަޅާ އުޅޭ ކެރަމަލް ޕުޑިންގް އާއެވެ. މިއީ މީރު އެއްޗެއް ކާހިތްވާ ގަޑި ތަކުވެސް ފަސޭހަ ކަމާއިއެކު ހަދާލައިގެން ކާލެވޭނެ ޑެޒާޓެކެވެ. 

ބޭނުންވާ ތަކެތި 

3/4 ޖޯޑު ހަކުރު

1/4 ޖޯޑު ފެން

1 ދަޅު ގެރިކިރު

1 ދަޅު އެވަޕޯރޭޓެޑް މިލްކް

1 3/4 ޖޯޑު ވިޕިންގ ކްރީމް 

5 ބިސް

1/4 ސައި ސަމްސާ ލޮނު

1 1/2 ސައި ސަމުސާ ވެނީލާ އެސެންސް 

ތައްޔާރުކުރާނެގޮތް:

1) ތަވަޔަކަށް ހަކުރާއި ފެން އަޅާފައި ވިރުވާފައި، ރަން މުށި ކުލަ އެރުމުން ޓްރޭއަކަށް އަޅައި ކެރަމަލް ލެޔާރ އެއް ހަދާލާށެވެ. 

2) ދެން ގެރިކިރު، އެވަޕޯރޭޓެޑް މިލްކް، ވިޕިންގ ކްރީމް، ބިސް، ވެނީލާ އެސެންސް އަދި ލޮނު، މިކްސަރުން އެއްކުރާށެވެ.

3) އެއަށްފަހު، އެ މިލްކް މިކްސްޗަރ ކެރަމަލް ލޭޔާއެޅި ޓްރޭއަށް އަޅާލާށެވެ. އަދި ފޮއިލް އަކުން އެ ޓްރޭގެ މަތި ބަންދު ކޮށްލާށެވެ. ފޮއިލް ގަނޑު ފްލާން މިކްސްޗަރ ގައި ޖެހުނަ ދީގެން ނުވާނެއެވެ. 

4) ދެން، އެހެން ބޮޑު ޓްރޭއަކަށް ހޫނުފެން އަޅާފައި އެ ފެނުގެ ތެރޭގައި ތައްޔާރު ކުރި ފްލާން ޓްރޭ ބެހެއްޓުމަށްފަހު 155 ޑިގްރީގައި ގާތްގަނޑަކަށް 70 މިނެޓް ވަންދެން އަވަނުން ފިހެލާށެވެ. ފިހަމުންދާއިރު، ބޮޑު ޓްރޭގެ ފެން މަދު ވޭތޯ ބަލަން ވާނެ އެވެ. އަދި އޭގެން ބޮކި އަރައިގެން ފްލާންގެ ތެރެއަށް އެޅޭތޯވެސް ބަލަންވާނެއެވެ.

5) ފްލާން ތައްޔާރު ވުމުން، ހިހޫ ކުރުމަށްފަހު ފިނި ކޮށްލުމަށްފަހު ސާރވްކުރާށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް