އިދިކޮޅު ޕީޕީއެމްގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ/ ވޮއިސް
ހަބަރު
27 Jun 2023 | 09:37
"ރައީސް ޔާމީން ގެ ވެރިކަމެއްގައި ބޭނުންޖެހިފައިވާ ދިވެހިންނަށް މާލެ ސަރަހައްދުން ބޯހިޔާވަހިކަން ހަމަޖެހޭނެ"

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމެއްގައި ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ ކަމުގެ ޔަޤީންކަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަރުއްވައިފިއެވެ. 

މި ސަރުކާރުން މާލޭ ރައްޔިތުންނަށް ހިލޭ ދޭ ގޯތި ލިބޭ މީހުންގެ ލިސްޓު އިއްޔެ އާއްމު ކޮށްފައިވާއިރު، އޭގެ ތެރޭގައި މަޖިލިސް މެންބަރުންނާއި ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތައް ވެސް ހިމެނެއެވެ. 

އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އިދިކޮޅުުން ނެރުނު ބަޔާނެއްގައި ބުނީ، މާލޭ ސަރަޙައްދުން ގޯތި ދުކުރުމުގެ ނަމުގައި ގޯތި ބަހާފައިވަނީ އިންސާފެއް ހަމަހަމަކަމެއް ނެތި ޙައްޤުވާ ފަރާތައް ބެލުމެއް ނެތި ކަމަށެވެ. 

އަދި ރިޔާސީ އިންތިޚާބަށް 75 ދުވަހަށް ވުރެ ގާތްވެފައިވަނިކޮށް، އެފަދަ ގޮތަކަށް މާލޭ ސަރަޙައްދުގައިވާ ދިވެހި ރައްޔިތުންގެ ބިންތައް ބަހާލި ބާހަލުމަކީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގި ސިޔާސީ ޢަމަލެއްކަމުގައި އެ ކޯލިޝަނުން ޤަބޫލުކުރެއެވެ.

"ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި މާލޭ ސަރަޙާއްދުން ހިއްކާފައިވާ ބިންތަކުގައި ހުސްކޮށް ބިން ކޮޅެއް އޮތްނަމަ އެބިންތައް ވަނީ އެއްވެސް އިންސާފެއް ނެތި އިބްރާހީމް މުހައްމަދު ޞާލިޙުގެ ގާތް މީހުންނާއި ސަރުކާރުގެ ބޮޑުންނަށް ބަހާލާފައެވެ. އޭގެ ތެރޭގައި ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ގުޅީފަޅު ގެ އިތުރުން އަދި ހިއްކުމުގެ އީޕީއޭވެސް ހާދަފައި ނުވާ ސަރަޙައްދުތައް ހިމެނެއެވެ."

އިދިކޮޅު 

މިއާއެކު އިދިކޮޅުގެ ބަޔާނުގައި ބުނީ، ގޯތި ބެހުމުގައި އެއްވެސް އިންސާފުވެރިކަމެއް ނެތްއިރު މިސަރުކާރުގެ 20000 ފްލެޓްގެ ވަޢުދު ފުއްދުމަށް ކުރެވުނު މަސައްކަތެއް ނެތް ކަމަށާ، އަދި ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފަށްޓަވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ އެތައް ފްލެޓެއް ހުސްކޮށް އެއްވެސް ރައްޔިތަކަށް ނުދީ އެތަންތަން ނިންމުމަށްވެސް އެއްވެސް މަސައްކަތެއް ނުކޮށް ހުރި ކަމަށެވެ.

މިއާއެކު އިދިކޮޅުުން ބުނީ، ހަމަހަމަކަމެއް އިންސާފެއް ނެތި ޙައްޤުވާ ފަރާތްތައް ބެލުމެއް ނެތި ރާއްޖޭގެ އެތައް ރައްޔިތަކު ބާކީކޮށް ގާތް އެކުވެރިންނާއި ސަރުކާރުގެ ބޮޑުންނަށް ބިން ތައް ބަހާލުމާއި، ހިއްކާފައި ނުވާ ސަރަޙައްދުތަކަކުން ގޯތި ހަމަޖައްސައިދީ ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ހިންގާފައިވާ ޖަރީމާތަކެއް ކަަމަށެވެ. އަދި އެކަން ބެލުމަށް އެސީސީއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކަށް އިދިކޮޅުުން ވަނީ ގޮވާލާފައެވެ.

ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މާލޭ ސަރަޙައްދުން ބޯހިޔާވަހިކަން ލިބޭނޭ އިންތިޒާމު ހަމަޖައްސަވައިދެއްވުމަކީ ރައީސް ޔާމީންގެ ސިޔާސަތެއް އަދި އެމަނިކުފާނުގެ 2018 ވަނަ އަހަރުގެ ރިޔާސީ ވައުދެއްކަން ފާހަގަކޮށް އިދިކޮޅުން ބުނީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންފިނަމަ، އެމަނިކުފާނުގެ ސިޔާސަތު ތަންފީޒު ކުރައްވާ ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ ކަމަށެވެ. 

"މާތްاللهގެ ތަނަވަސް ރަޙުމަތްފުޅުން ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމެއް މިންވަރުފުޅު ކުރައްވައިފިނަމަ އެމަނިކުފާނުގެ ސިޔާސަތު ތަންފީޒު ކުރައްވާ ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ ކަމުގެ ޔަޤީންކަން މިފުރުޞަތުގައި ދިވެހި ރައްޔިތުންނަށް އަރުވަމެވެ." އިދިކޮޅުން ބުނެފައިވެއެވެ. 

ކޮމެންޓް
ފާތުން
މިދިޔަފަސްއަހަރުވެސްބުނިތިހެން ވެރިކަން ލިބުނީމަރައްޔެތުންނެއްނުފެނެއޭ އުޅެނީތިޖޫ ރީހުސްކޮއްލެވޭތޯ މިވެސްލައްކަވާހަކަ
27 Jun 2023
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.