ގޯތި ދޭ ބައެއް މީހުންނަށް ގޯތި ކަނޑާފައި--
ހަބަރު
27 Jun 2023 | 11:53
ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ޖޮއިންޓް ރިކުއެސްޓް ފޮނުވާނީ ކިހިނެއް؟

ސިންގަލް އެޕްލިކެންޓްސް ގެ ގޮތުގައި ތިބުމުގެ ސަބަބުން ގޯތި ނުލިބުނު ފަރާތްތައް ޖޮއިންޓް އެޕްލިކޭންޓްސް އަށް ވުމުން ގޯތި ލިބޭނެއިރު، ޖޮއިންޓް އެޕްލިކޭންޓްސް އަށް ވުމަށް ހުށަހަޅާނެގޮތް ޕްލޭނިންގ މިނިސްޓްރީން ކިޔައިދީފިއެވެ. 

ބިންވެރިޔާ ސްކީމްގެ ދަށުން ހިލޭ ގޯތި ލިބޭ މީހުން އިއްޔެ ވަނީ އިއުލާން ކޮށްފަ އެވެ.

އެކަމާއި ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ސިންގަލް އެޕްލިކެންޓްސް އަށްވުރެ ޖޮއިންޓް އެޕްލިކޭންޓްސް އަށް ވުމުން ލިބޭ ގޯތީގެ ބޮޑުމިން އިތުރުވާ ކަމަށާ، އަދި ގޯތި ދިނުމުގައި ޖޮއިންޓް އެޕްލިކޭންޓްސް އަށް އިސްކަމެއް ދީފައިވާނެ ކަމަށެވެ. އަދި ޝަރުތު ހަމަވާ 9000 އަށްވުރެ ގިނަ ފަރާތްތައް މިވަގުތު ތިބި އިރު އޭގެ ތެރެއިން ބައެއް ފަރާތްތަކަށް ޖޮއިންޓް އެޕްލިކޭންޓްސް ގެ ގޮތުގައި ވެވެން ހުރި ކަމަށާ، އެ ފަރާތްތަކަށް އެ ފުރުސަތު ދެއްވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެއާއެކު ޖޮއިންޓް އެޕްލިކޭންޓްސް އަށް ވުމުގެ ފުރުސަތު މިހާރު ހުޅުވިފައިވާއިރު، ޖޮއިންވާނެ މީހަކާއި، އަދި ޖޮއިންވާނެ ގޮތާއި މެދު ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލު އުފެދިފަ އެވެ. އެކަމާއި ގުޅިގެން ޕްލޭނިންގ މިނިސްޓްރީން ބުނީ، ބިންވެރިޔާ ސްކީމްގެ އުސޫލުގައި، ޖޮއިން ވެވޭވެ މީހުންނަކީ ކޮންބައެއްކަން އެނގެން އޮންނާނެ ކަމަށެވެ. އަދި ޖޮއިން ވެވޭނީ ޝަރުތު ހަމަވާ މީހުންގެ ތެރޭގައި ހިމެނޭ މީހުންނަށް ކަމަށް މިނިސްޓްރީން ބުނެއެވެ. 

މީގެ އިތުރުން، ޖޮއިން ވެވޭނެ މީހުންވެސް ޝަރުތު ހަމަވެފައިވާ ނަމަ އެ މީހުންވެސް ލިސްޓުގައި ހިމެނޭނެ ކަމަށާ، ޖޮއިންޓް ވާން ހުޅުވާލި ފުރުސަތު ނިމުމާއިއެކު އިތުރު އިވެލުއޭޝަން އަށް ހެދުމަށްފަހު ލިސްޓު ތަރުތީބު ކުރެވޭނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ޖޮއިންޓް ރިކުއެސްޓް ފޮނުވާނެ ގޮތް!

1) ގެދޮރުވެރިޔާ ޕޯޓަލްއަށް ލޮގިންކުރެއްވުމަށް www.gedhoruverin.gov.mv އަށް ވަޑައިންނަވާ.

2) ގެދޮރުވެރިޔާ ޕޯޓަލް މެއިންޕޭޖްގައިވާ "ލޮގިން ކުރައްވާ" ބަޓަންއަށް ފިއްތަވާލައްވާ

3) ދެން ފެނިލައްވާ ސްކްރީންއިން އީ-ފާސް ލޮގިން ހިޔާރުކުރެއްވުމުން އީ-ފާސް ލޮގިންޕޭޖް ފެނިލައްވާނެ

4) އީ-ފާސް ލޮގިންޕޭޖްގައި އީ-ފާސް އެކައުންޓް ހެދުމަށް ބޭނުންކުރެއްވި ޔޫސަރނޭމް އަދި ޕާސްވޯޑް ޖައްސަވާ ލޮގިންކުރައްވާ.

5) ޕޯޓަލް ލޮގިންކުރައްވާ ކުރިން ހުށަހަޅުއްވާފައިވާ އެޕްލިކޭޝަންއަށް ފިއްތަވާލެއްވުމުން އެފޯމްގެ ސްޓޭޓަސް ބައްލަވާލެއްވޭނެ.

6) ޖޮއިންޓް ރިކުއެސްޓް ފޮނުވުމަށް ޝަރުތު ހަމަވާނަމަ ރިކުއެސްޓް ފޮނުވުމަށް ހާއްސަ ކުރެވިފައިވާ ބައި ޕޭޖުން ފެނިވަޑައިގަންނަވާނެ. އަދި ޖޮއިންޓް ރިކުއެސްޓް ފޮނުވޭނެ އުސޫލުވެސް މި ޕޭޖުން ބައްލަވާލެއްވޭނެ.

7) ޖޮއިންޓް ރިކުއެސްޓް ފޮނުއްވުމަށް، "ޖޮއިންޓް ރިކުއެސްޓް ފޮނުއްވާ" ބަޓަން އަށް ފިއްތަވާލެއްވުމަށް ފަހު، ރިކުއެސްޓް ފޮނުއްވުމަށް ބޭނުންވާ ފަރާތުގެ އައިޑީ ކާޑު ނަންބަރު ޖައްސަވާ.

8) އަދި އެފަރާތަކާ އޮންނަ ގުޅުން، ޑްރޮޕް ޑައުން މެނިއު އިން ހިޔާރު ކުރައްވުމަށް ފަހު، ސަބްމިޓް ކުރައްވާ މިގޮތަށް ޖޮއިންޓް ވުމުގެ ޝަރުތުހަމަވާ އިތުރުފަރާތްތަކަށްވެސް ޖޮއިންޓް ރިކްއެސްޓް ފޮނުވޭނެ.

މި މަރުހަލާގައި ޖޮއިންޓް އެޕްލިކަންޓުންގެ ގޮތުގައި ބައިވެރި ކުރެވޭނީ، ވަގުތީލިސްޓްގައި "ޝަރުތުހަމަވޭ، ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" ސްޓޭޓަސްގައި އޮތް، ބިންބެރިޔާ އުސޫލުގައި ބުނާފަދަ ގުޅުމެއް އޮންނަ ފަރާތްތަކަށް އެކަނި ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ. 

ބިންވެރިޔާ އުސޫލުގައި ބުނާފަދަ ޖޮއިންޓްވުމުގެ ޝަރުތުހަމަވާ ފަރާތެއް ވަގުތީ ލިސްޓްގެ "ޝަރުތުހަމަވޭ، ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" ސްޓޭޓަސްގައި ނެތްނަމަ އިތުރުފަރާތަކާ ޖޮއިންޓްވާކަށް ނުޖެހޭނެ ކަމަށާ، އެފަދަ ފަރާތްތައް އިތުރު އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އެފަރާތްތަކަކީވެސް ފަހުން ތަރުތީބުކުރެވޭ ގޯތިލިބޭ ލިސްޓްގައި ހިމެނޭނެ ފަރާތްތައް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. 

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، 30312263031227، 3031228، 3031229، 3031230، 3031231، 3031221، 3031223، 3031224، 3031225 މި ނަންބަރު ތަކަށް ގުޅާލުމުން ލިބޭނެ ކަމަށް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.