ހަބަރު
27 Jun 2023 | 18:08
ސިޓީ ކައުންސިލް ސްމާޓް ލައިޓްތަކުން ތަކްބީރުގެ އަޑު!

ހައްޖު ދުވަހާއި އަޟްހާ ޢީދު ދުވަހުގެ މުނާސަބަތުގައި ސިޓީ ކައުންސިލް ސްމާޓް ލައިޓްތަކުން މި ތިން ދުވަހު ތަކްބީރުގެ އަޑު އިވޭނެ ކަމަށް ކައުންސިލުން ބުނެފިއެވެ.

އަޟްޙާ ޢީދަށް މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެގޮތުން މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި މާލެ ސިޓީ ކައުންސިލުން ވަނީ ހަރުކޮށްފައި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އެގޮތުން ސިޓީ ކައުންސިލުން ހަރުކޮށްފައިވާ ލައިޓްތަކަކީ ޗައިނާގެ އެހީގައި ހަރުކޮށްފައިވާ ލައިޓުތަކެކެވެ.

ސްމާޓް ލައިޓްތަކުން މިއަދު މެންދުރުން ފެށިގެން ވަނީ ތަކުބީރު އިއްވަން ފަށާފައެވެ. ސިޓީ ކައުންސިލުން ބުނީ މިއަދު ތަކްބީރު ޖަހާނީ ހަވީރު 4:15 އިން އިރުއޮއްސި 6 ގެ ނިޔަލަށް ކަމަށެވެ. އަދި މިރޭ 8:15އިން 11:30ށް ތަކްބީރު ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މާދަމާ މެންދުރުފަހާއި ރޭގަނޑު އަދި ބުރާސްފަތި ދުވަހު ވެސް ތަކްބީރު ޖެހުމަށް ހަމަޖެހިފައި ވާކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އަޟްހާ ޢީދަށް މަރުޙަބާ ކިޔުމަށް މާލެ އާއި ވިލިމާލެ ކުލަބޮކިތަކުން ދިއްލައި ޖަރީ ކޮށްފައިވަނީ މާލެ ސިޓީ ކައުންސިލުންނެވެ.

އެގޮތުން އަޟްޙާ ޢީދަށް މަރުޙަބާ ކިޔުމުގެ ގޮތުން ހޯމަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި މާލެ ސިޓީ ކައުންސިލުން ބޭއްވި ޙަފްލާގައި މާލޭގެ އެކި ތަންތަނުގައި ހަރުކޮށްފައި ހުރި ގިޑިގެ ތަކާއި ކުލަބޮކިތައް ދިއްލާލެއްވީ މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ބޮކިތައް ދިއްލާލުމަށްފަހު މޭޔަރު މުޢިއްޒު ވިދާޅުވީ، ރާއްޖެއަކީ 100 ޕަސެންޓު މުސްލިމް ޤައުމަކަށްވާއިރު އަދި މާލެއަކީ ވެރިކަން ކުރާ ރަށަށް ވާއިރު، ޢީދު ފަދަ މުސްލިމުން ފާހަގަ ކުރާ މުނާސަބަތުތައް ވަރަށް ރަސްމީކޮށް ފާހަގަކުރަން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

އަދި މުސްލިމުންނަށް އަންނަ އެންމެ ޚާއްސަ ދެ މުނާސަބަތަކީ އަޟްޙާ ޢީދާއި ފިތުރު ޢީދު ކަމަށްވީނަމަވެސް އެހެން މުހިންމު ދުވަސްތައް ކުލަބޮކިން ޒީނަތްތެރި ކުރާއިރު، އިސްލާމުންނަށް އެންމެ މުހިންމު މުނާސަބަތުތައް މިފަދައިން މީގެ ކުރިން ޒީނަތްތެރި ކުރެވިފައިނުވާކަން މޭޔަރ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މޭޔަރ ވިދާޅުވީ އެންމެ އިސްކަން ދޭންޖެހޭނީ ދެ ޢީދު އެންމެ ކުލަގަދަކޮށް ފާހަގަކުރުން ކަމަށް ހުރިހާ ރައްޔިތުންވެސް ޤަބޫލުކުރައްވާނެ ކަމަށާއި، އެހެން ކަމުން މާލެސިޓީ ކައުންސިލުން އަޟްޙާ ޢީދަށް މަރްޙަބާ ކިޔުމަށް ޒަމާނީ ވިސްނުމެއްގައި ދުނިޔޭގެ ބައެއް އިސްލާމީ ޤައުމުތަކުގައި މިފަދަ އިސްލާމީ ޝިޢާރުތައް ފާހަގަކުރާގޮތަށް މާލެ ސިޓީ ކައުންސިލުންވެސް ރަސްމީ ޖަލްސާގައި މަޝްވަރާކޮށް މިގޮތަށް މާލެސިޓީ ޒީނަތްތެރިކުރުމަށް ނިންމެވީ ކަމުގައި މޭޔަރ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.