އައްޑޫ "ސަދަން ސްޕޯޓްސް" ލީގު މެޗެއްގެ ތެރެއިން --
ހަބަރު
27 Jun 2023 | 18:12
އައްޑޫ "ސަދަން ސްޕޯޓްސް" ލީގުގެ ފުރަތަމަ ދެ މެޗުވެސް މީދޫ ވޮލީ ޓީމުން ކާމިޔާބު ކޮށްފި

އައްޑޫ ސިޓީގައި ކުރިއަށްދާ "ސަދަން ސްޕޯޓްސް"ގެ ފިރިހެން ވޮލީބޯޅަ މުބާރާތް 2023 ގެ ލީގު ފުރަތަމަ ދެ މެޗުވެސް މީދޫ ވޮލީ ޓީމް ކާމިޔާބުކޮށްފިއެވެ.

އާދީއްތަ ދުވަހު ފެށި މި މުބާރާތުގައި ފުރަތަމަ މެޗުގައި ބައްދަލު ކުރީ މީދޫ ވޮލީ ޓީމާއި ފޭދޫ ޓީމެވެ. ފޭދޫ ވޮލީ ކޯޓުގައި ކުޅުނު މި މެޗު ފޭދޫ ވޮލީ ޓީމް އިން ކާމިޔާބު ކުރީ 0-3 ސެޓުންނެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ މީދޫ ވޮލީ ޓީމްގެ ޖާރސީ ނަންބަރ 11، އަބްދުالله ސިމަން އެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލު ކުރީ ގޭން ޕޮލިސް ކްލަބާއި ޓީމް ވޯރިއަރސް އެވެ. މި މެޗު ޓީމް ވޯރިއަރސް އިން ކާމިޔާބު ކުރީ 0-3 ސެޓުންނެވެ.

މި މެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ޖާރސި ނަންބަރ 6، އާދަމް ފައިރޫޒް އެވެ.

އައްޑޫ "ސަދަން ސްޕޯޓްސް" ލީގު މެޗެއްގެ ތެރެއިން --

މުބާރާތުގެ 3 ވަނަ އަދި 4 ވަނަ މެޗު އިއްޔެ ވަނީ ކުޅިފައެވެ. ތިންވަނަ މެޗުގައި ބައްދަލުކުރީ  ގުޑްބަޑީސް އާއި މީދޫ ވޮލީ ޓީމްއެވެ. މި މެޗް މީދޫ ވޮލީ ޓީމް 0-3 ސެޓުން ކާމިޔާބު ކުރިއެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޖާރސީ ނަންބަރ 10 މުހައްމަދު ޔާސީން އެވެ.

ރޭގައި ކުރިއަށް ގެންދެވުނު މުބާރާތުގެ ހަތަރުވަނަ މެޗުގައި ބައްދަލު ކުރީ ފޭދޫ ޓީމް އާއި ގޭން ޕޮލިސް ކްލަބެވެ. މި މެޗު 0-3 ސެޓުން ކާމިޔާބު ކޮށްފައިވަނީ ފޭދޫ ޓީމްއެވެ.

މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޖަރޒީ ނަންބަރު 1، އަހްމަދު އަބްދުލް ކަރީމެވެ.

ލީގު ސްޓޭޖުގެ 5ވަނަ މެޗާއި 6ވަނަ މެޗު މިރޭ 08:00 އިން ފެށިގެން ފޭދޫ ވޮލީ ކޯޓުގައި ކުޅޭނެއެވެ. މިރޭގެ ފުރަތަމަ މެޗުގައި ވާދަ ކުރާނީ މީދޫ ވޮލީ ޓީމާއި ގޭން ޕޮލިސް ކްލަބެވެ. ދެވަނަ މެޗުގައި ވާދަ ކުރާނީ ގުޑް ބަޑީސް އާއި ޓީމް ވޯރިއަރސް އެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު