ޢީދު ޚުތުބާ
ހަބަރު
28 Jun 2023 | 09:21
އީދަކީ ޙައްދުތަކާއި ޙުރުމަތްތައް ގިރާ ކުރަން ހުޅުވާލެވޭ ދޮރެއް ނޫން: ޚުތުބާ

އީދަކީ الله ސުބުޙާނަހޫވަތަޢާލާ ކަނޑައަޅުއްވާފައިވާ ޙައްދުތަކާއި ޙުރުމަތްތައް ގިރާ ކުރުމަށް ހުޅުވާލެވޭ ދޮރެއް ނޫންކަމަށް މިއަދުގެ އީދު ޚުތުބާގައި ބުނެފިއެވެ.

އީދުގެ ދުވަސްތައް އުފާވެރި ބާއްޖަވެރި ދުވަސްތަކެއް ކަމުގައި ހެދުމަށް ނަސޭހަތްތެރިވަމުން މިއަދު އިއްވި ޢީދު ޚުތުބާގައި ވަނީ، ޢީދަކީ الله ހަނދުމަ ކުރުން މަތީ ދެމިތިބެންޖެހޭ ދުވަހެއްކަމަށާ، މިއީ އެކަކު އަނެކަކަށް ހިތްހެޔޮ ކޮށް، އެއްބަޔަކު އަނެއް ބަޔަކާ އަތާއިއަތް ޖޯޑުކޮށް، ސަލާމުގަލާމް ކުރާ ދުވަސްތަކަކަށް ހެދުމަށް ގޮވައިލައިފަ އެވެ.

މިއާއެކު ޚުތުބާގައި ބުނީ، އިސްލާމީ އީދަކީ އެކަނިވެރިޔާ އޭނާގެ އާއިލާގެ މަތިން، ފަޤީރު މީހާ އޭނާގެ މުހުތާދުތަކުގެ މަތިން، ބީރައްޓެހި މީހާ އޭނާގެ ރައްޓެހިންގެ މަތިން، ބިދޭސީ މީހާ އޭނާގެ ޤައުމުގެ މަތިން، ޔަތީމު ކުއްޖާ އޭނާގެ މައިންބަފައިންގެ މަތިން ހަނދާންކޮށްދޭ ދުވަސް ކަމަށެވެ. 

އިސްލާމް ދީނުގައި އީދު ފާހަގަ ކުރުމަކީ ޝަހުވަތްތަކުގެ ފަހަތުން ދިއުން ނޫންކަން ފާހަގަކޮށް އީދު ޚުތުބާގައި  އިތުރަށް ބުނީ، އެއީ الله ގެ ޙައްދުތަކާއި ހުރުމަތްތައް ގިރާ ކުރުމަށް ހުޅުވާލެވޭ ދޮރެއް ނޫން ކަމަށެވެ.

"އިސްލާމްދީނުގައި އީދު ފަހާގަކުރުމަކީ ޝަހުވަތްތަކުގެ ފަހަތުން ދިއުމެއް ނޫނެވެ. އެއީ الله ގެ ހައްދުތަކާއި ހުރުމަތްތައް ގިރާކުރުމަށް ހުޅުވައިލެވޭ ދޮރެއް ނޫނެވެ. އިސްލާމްދީނުގައި އީދުތަކަކީ الله ގެ އަމުރުފުޅުތަކަކަށް ކިޔަމަން ގަތުމާއި ވިދިގެން އަންނަ ދުވަސްތަކެކެވެ. އީދު ދުވަހަކީ އުފާ ފާޅުކުރުމުގެ ދުވަހެކެވެ. އެހެނަސް މި އުފާ ފާޅުކުރަންވާނީ الله ކަނޑައަޅުއްވާފައިވާ އިމުގެ ތެރޭގަ އެވެ. ކުޅިވަރު ކުޅުމާއި، އުފާކުރުމާއި، ކެއިންބުއިމަކީ އީދުގެ އުފަލުގެ ބައެކެވެ. އަހަރެމެން އީދު ފާހަގަކުރަންވާނީ އެހެން މީހުން އީދު ފާހަގަކުރާ ގޮތް ކޮޕީކޮށްގެނެއްނޫނެވެ."

ޢީދު ޚުތުބާ 

މީގެ އިތުރުން، އީދުގެ އުފާ ފާޅު ކުރަންޖެހޭނީ އިސްލާމް ދީނުގައި ޝަރުއު ކުރައްވާފައިވާ އިމުގެ ތެރެއިންކަން ފާހަގަކޮށް ޚުތުބާގައި އިތުރަށް ބުނީ، އަހަރުމެން އީދު ފާހަގަކުރަން ޖެހޭނީ އެހެން މީހުން އެކަން ކުރާ ގޮތް ކޮޕީ ކޮށްގެން ނޫން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.