ގާސިމް އިބްރާހިމްގެ ރިޔާސީ ކެމެޕެއިން އަތޮޅުތެރޭގައި ފެށުން -- ފޮޓޯ/ ޖޭޕީ
ހަބަރު
29 Jun 2023 | 16:38
ގާސިމްގެ ރިޔާސީ ކެމްޕޭން އަތޮޅުތެރޭގައި ފެށުމަށް ކެމްޕޭން ޓީމުން ފުރައިފި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމްގެ ކެމްޕޭން އަތޮޅުތެރޭގައި ފެށުމަށްތަކައި ކެމްޕޭން ޓީމުން އަތޮޅުތެރެއަށް ފުރައިފިއެވެ.

އަތޮޅުތެރޭގައި ކެމެޕޭން ފެށުމުގެ ގޮތުން ޕާޓީގެ ސީނިއަރ ޓީމެއް ވަނީ ބ އަދި ރ އަތޮޅަށް މިއަދު ފުރާފައެވެ. މި ޓީމުގައި ހިމެނެނީ:-

1. ޕާޓީގެ ޑެޕިއުޓީ ލީޑާރ އަދި އުތުރު ކެމްޕެއިން މެނޭޖަރ އަމީން އިބްރާހިމް

2. ޕާޓީގެ ލީޑާރ ޤާސިމް އިބްރާހިްގެ ތަރުޖަމާން ޢަބްދުﷲ އަމީން

3. ޕާޓީގެ ލީޑަރގެ ސްޕެޝަލް އެޑްވައިޒަރ ޢަބްދުﷲ ނަވާޒް

4. ޖޭޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ، ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ އަލީ ޙުސައިން

5. ޕާޓީގެ ޒުވާނުންގެ ލީގްގެ ނައިބްރައީށް ޝުއައިބް ޝިފާޒް ޝަރީފް

6. ގޮއިދޫ ދާޢިރާގެ ރައީސް އާދަމް ޝާފިއު

މިޓީމް ބ އަތޮޅުގެ ހުރިހާ ރަށަކަށާއި ރ އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިޓީމުން ރަށްރަށުގެ ކެމްޕެއިން ފޯކަލް ޕޮއިންޓުންނާއި ރަށްރަށުގެ ކެމްޕެއިން ޓީމްތަކާއި މަޝްވަރާކޮށް އަތޮޅުގެ ކެމްޕެއިން ޙަރަކާތްތައް ކުރިއަށްދާގޮތާއި މެދު މަޝްވަރާކުރާނެ ކަމަށް ޖޭޕީން މައުލޫމާތު ދެއެވެ.

އަދި ރަށްރަށުގެ ސިޔާސީ މަސްރަހު ދެނެގަތުނެ ރަށްޔިތުންގެ ޝަކުވާތަށް ދެނެގަތުމަށްޓަކައި މިޓީމުން ރަށްރަށުގެ ޓީމްތަކާއިއެކު މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ޖޭޕީގެ ރިޔާސީ ކެންޑީޑޭޓް ޤާސިމް އިބްރާހިމަށް ތާއިދު ހޯދުމުގެ ހަރަކާތްތައްވެސް ރަށްރަށުގައި ކުރިއަށް ގެންދާނެއެވެ.

ބ އަތޮޅުގެ އިތުރުން މިހާރު ހއ. އއ. އަދި ރ އަތޮޅުގެ ބައެއް ދާއިރާތަކުގައި ޖޭޕީގެ ކެމްޕެއިން ޙަރަކާތްތައް ފެށިގެން ކުރިއަށް ދާކަމަށް ޖޭޕީން ބުނެއެވެ.

މިގޮތުން ޖޭޕީގެ ލީޑަރގެ އެޑްވައިޒަރ ޔަޝްފާ އަބްދުލްޣަނީގެ ލީޑަރޝިޕްގެ ދަށުން މަކުނުދާއިރާގެ ރަށްރަށުގައި މިހާރު ވަނީ ކެމްޕޭން ހަރަކާތްތައް ފަށާފައެވެ.

އޭގެ އިތުރުން ކައުންސިލް މެމްބަރ މުޙައްމަދު އަލީ އަދި ދާއިރާ ކެމްޕެއިން ފޯކަލް ޕޮއިންޓް ފަޒީލާ ރަޝީދު މަތިވެރި ދާއިރާގައި ކެމްޕެއިން ޙަރަކާތްތައް ކުރިއަށް އެބަ ގެންދަވައެވެ.

އީދުބަންދާއި ދިމާކޮށް އަތޮޅުތެރޭގެ ކެމްޕެއިން ފެށުމާއިއެކު ޖޭޕީއިން ގެންދަވަނީ ކެމްޕެއިން ޙަރަކާތްތައް ފުލާކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.