ޕުޓިން މުސްޙަފެއް ހިފައިގެން--
ހަބަރު
30 Jun 2023 | 13:56
ރަޝިއާގައި ކީރިތި ޤުރުއާނަށް ފުރައްސާރަ ކުރުމަކީ ޤާނޫނީ ކުށެއް؛ އަދަބު ދެވޭނެ: ޕުޓިން

ރަޝިޔާގައި، ކީރިތި ގުރުއާނަށް ފުރައްސާރަ ކުރުމަކީ ޤާނޫނީ ކުށެއް ކަމަށާއި، އެ ކަމަށް އަދަބު ދޭނެ ކަމަށް އެ ގައުމުގެ ރައީސް ލަޑީމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

ދާގެސްތާނުގެ ތާރީހީ މިސްކިތް ކަމަށްވާ ޑާބެންޓަށް ކުރެއްވި ޒިޔާރަތުގައި މުސްލިމް މަންދޫބުންނާ ބައްދަލުކުރައްވައި، ވާހަކަދައްކަވަމުން ޕުޓިން ވިދާޅުވީ، ބައެއް ގައުމު ތަކުން ޤުރުއާނުގެ މާތްކަމަށް އިހުތިރާމް ނުކުރި ނަމަވެސް ރަޝިޔާގައި އަބަދުވެސް އެކަމަށް އިހުތިރާމް ކުރާނެ ކަމަށެވެ.

ކީރިތި ޤުރުއާނަށް އިހްތިރާމް ކުޑަ ކުރުމަކީ ރަޝިޔާގެ ގާނޫނު އަސާސީ އާއި ގާނޫނުލް އުގޫބާތުގައިވާ ގޮތުން ވެސް ކުށެއް، ކަމަށް، ޕުޓިން ވިދާޅުވިއެވެ. 

"ކީރިތި ޤުރުއާނަކީ މުސްލިމުންނަށް މާތް ވެގެންވާ އަދި އެހެން މީހުންނަށް ވެސް މާތް ވެގެންވާ އެއްޗަކަށް ވާންޖެހޭނެ، އަޅުގަނޑުމެން އަބަދުވެސް އަމަލުކުރާނީ މި އުޞޫލުތަކަށް" ޕުޓިން ވިދާޅުވިއެވެ. 

ދާގެސްތާނަކީ މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ ތަނެކެވެ. ދާގެސްތާނުގެ މިސްކިތުން ވަނީ ޕުޓިން އަށް މުސްހަފެއް ހަދިޔާ ކޮށްފައެވެ. 

ޕުޓިން މިފަދައިން ވިދާޅުވެފައި މިވަނީ، ބަރަކާތްތެރިވެގެންވާ އަޟުހާ ޢީދު ދުވަހުވެސް ސްވިޑެންގެ މިސްކިތެއްގެ ބޭރުގައި ހަތިމުގެ ތެރެއަށް އޫރު މަސް އަޅައި، ހަތިމް އިރައި އަންދާލުމުގެ ހަރަކާތެއް ބާއްވާފައިވާ ދަނޑިވަޅެއްގައެވެ. 

އީރާނުގެ ސަލްވާން މޮމިކާ ނަމަކަށް ކިޔާ، މީހަކު އިސްވެ ހުރެ އެކަން ކޮށްފައި ވަނީ، ސްވިޑެންގެ ކޯޓަކުން އެކަމަށް ހުއްދަވެސް ނަގައިގެންނެވެ. އެގޮތުން، އެ ހުއްދައަށް އޭނާ ފުރަތަމަ އެދުމުން، ސްވިޑެންގެ ކޯޓުން އެކަމަށް ހުއްދަ ނުދިނުމުން ފަހުންވެސް އަލުން އެދިގެން އޭނާ ވަނީ، މިސްކިތުގެ ބޭރުގައި މާތް ވެގެންވާ ކީރިތި ޤުރުއާން އެންދުމުގެ ހަރަކާތެއް ހިންގުމުގެ ހުއްދަ ހޯދާފައެވެ. އަދި އޭނާ އެކަން ކުރީ ފުލުހުންގެ ފުރިހަމަ ހިމާޔަތާއިވެސް އެކުގައެވެ. 

ސްވިޑެން ގައި ހިނގި މި ޢަމަލު ކުށްވެރިކޮށް މުސްލިމު ގިނަ ގައުމުތަކުން އަންނަނީ ނުރުހުން ފާޅުކޮށް ބަޔާން ނެރެމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.