އިންޑިޔާގައި ހިނގި ބަސް އެކްސިޑެންޓް. ފޮޓޯ:އެކްސްޕްރެސް
ދުނިޔެ
02 Jul 2023 | 09:43
އިންޑީޔާގައި ދުއްވާފައިދިޔަ ބަހެއްގެ ފުރޮޅެއް ފަޅައިގެންގޮސް 25 މީހުން މަރުވެއްޖެ!

އަވައްޓެރި އިންޑިޔާގެ މަހާރަޝްތްރާގައި ދުއްވާފައިދިޔަ ބަހެއްގެ ފުރޮޅެއް ފަޅައިގެން ގޮސް ނުރައްކާތެރި އެކްސިޑެންޓެއްވެ 25 މީހަކު މަރުވެއްޖެއެވެ.  

މިހާދިސާ ހިނގާފައިވަނީ ދުއްވާފައިދިޔަ ބަހުގެ ފުރޮޅު ފަޅައިގެންގޮސް ބަހުގެ ކޮންޓްރޯލް ނެއްޓި  ބަސް ދުއްވާފައިދިޔަ މަގުގެ ޑިވައިޑަރުގައި ޖެހި ބަހުގައި އަލިފާން ރޯވެގެންނެވެ. މި ހާދިސާގައި 25 މީހަކު މަރުވެފައިވެއެވެ. މިހާދިސާގައި 25 މީހުން މަރުވިއިރު އޭގެ ތެރޭގައި ތިން ކުޑަކުއްޖަކުވެސް ހިމެނެއެވެ.

މި ހާދިސާ ހިނގި ބަހުގައި 33 މީހަކު ދަތުރު ކުރަމުންދިޔައެވެ. ނާގްޕޫރުން ޕޫނޭ އަށް ދަތުރު ކުރަމުންދިޔަ ބަހުން ދަތުރު ކުރަމުން ދިޔަ 8 މީހަކަށްވަނީ އަލިފާނުގެ ސަބަބުން އެކިވަރުގެ އަނިޔާލިބިފައެވެ.

އިންޑިޔާ ޕޮލިހުން ބުނެފައިވަނީ ބަސް ދަތުރުކުރަމުން ދިޔަ އެކްސްޕްރެސްވޭގައި ހުރި ދަނޑިއެއްގައި ޖެހި ބަސް އޯވާޓޭކްކޮށްފައިވާ ކަމަށެވެ. ނަމަވެސް ހާދިސާއިން ސަލާމަތްވި ބަހުގެ ޑްރައިވަރު ބުނެފައިވަނީ ދަނޑީގައި ޖެހިފައިވަނީ ބަހުގެ ފުރޮޅު ފަޅައިގެން ދިޔުމުގެ ސަބަބުންކަމަށެވެ.

ޕޮލިހުން ބުނެފައިވަނީ ހާދިސާ ހިނގި ވަގުތު ބަހުގައި ދަތުރުކުރަމުންދިޔަ މީހުން ތިބީ ނިދާފައި ކަމަށެވެ. އަދި ހާދިސާގައި މަރުވި 25 މީހުން ތިބީ އަނދައިފައި ކަމަށެވެ.

ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލަތަކަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޮޑީ ވަނީ ތައުޒިޔާ ފޮނުވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Jun 2026
ވޯލްޑް ކަޕްގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ
ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި ޖެހިޖެހިގެން ހަ މުބާރާތުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލި ނަމަވެސް، މުބާރާތުގެ ތާރީޚުގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު އަދިވެސް އޮތީ އެފްރިކާގެ ލެޖެންޑް ރޮޖާ މިލާގެ އަތުގައެވެ.
25 Jun 2026
ވެނެޒުއޭލާއަށް ބާރުގަދަ ދެ ބިންހެލުން އަތުވެއްޖެ
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން މައުލޫމާތުދޭ ގޮތުގައި، ބުދަ ދުވަހުގެ ރޭ ފުރަތަމަ އައީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. މި ބިންހެލުން އައީ ކަރަކަސްއާ 284 ކިލޯމީޓަރު ދުރުގައި އޮންނަ ސަން ފެލީޕޭ ކައިރިއަށެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން، ކަރަކަސްގެ ހުޅަނގުން 293 ކިލޯމީޓަރު ދުރުގައި އޮންނަ ޔުމާރޭ ކައިރިއަށް 7.5 މެގްނިޓިއުޑްގެ ދެވަނަ ބިންހެލުން އައިސްފައިވެއެވެ.
25 Jun 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ދެ މަސްބޯޓެއް
އެމްއެންޑީއެފުން ބުނިގޮތުގައި، އެ ދެ މަސްބޯޓު ފެނުނީ، ގދ. އަތޮޅާއި ފުވައްމުލަކު ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ގދ.ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، އިރުން ހުޅަނގަށް ދަތުރުކުރަމުންދަނިކޮށް ކަމަށެވެ.
25 Jun 2026
އީރާނުގެ ކުރީގެ ރޫޙާނީ ލީޑަރު ޚާމަނައީގެ ޖަނާޒާއަށް މޯދީއަށް ދަޢުވަތު ދީފި
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ގިނަ ދުވަސްތަކަކަށް ދެމިގެންދާ ޖަނާޒާގެ ރަސްމިއްޔާތުތައް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ. އަދި ޖުލައި 7 ވަނަ ދުވަހު ގުމްގައި ޚާއްޞަ ރަސްމިއްޔާތުތަކެއް ބޭއްވުމަށްފަހު، ޖުލައި 9 ވަނަ ދުވަހު އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައި ފަސްދާނުލުމަށް ވަނީ ނިންމާފައެވެ.
25 Jun 2026
ދެކުނު އެފްރިކާއަށް ތާރީހީ ދުވަހެއް، ފުރަތަމަ ފަހަރަށް ވަރލްޑަކަޕް ނޮކްއައުޓަށް
މެޗްތަކަށްފަހު ގްރޫޕް އޭގެ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު އެއްވަނާގައި އުޅެނީ، 9 ޕޮއިންޓާއެކު މެކްސިކޯއެވެ. ދެވަނާގައި 4 ޕޮއިންޓާއެކު ދެކުނު އެފްރިކާ އުޅޭއިރު، ތިންވަނާގައި އުޅޭ ކޮރެއާއަށް ލިބިފައިވަނީ، 3 ޕޮއިންޓެވެ.
25 Jun 2026
ބްރެޒިލް މޮޅުވެ ގްރޫޕްގެ އެއްވަނަ ހޯދިއިރު، ސްކޮޓްލޭންޑަށް މުބާރާތުން ކެޓުމުގެ ބިރު
ސްކޮޓްލޭންޑުން މި މެޗަށް ނިކުތީ، ޕޮއިންޓެއް ހޯދައިގެން ނަމަވެސް ބޮޑު މުބާރާތެއްގެ ގްރޫޕް ފިޔަވަހިން ފުރަތަމަ ފަހަރަށް ސަލާމަތްވެވޭނެ ކަމުގެ އުއްމީދުގައެވެ
25 Jun 2026
ބަލިވިނަމަވެސް ސްވިޒަރލޭންޑާއެކު ކެނެޑާވެސް އަނެއްބުރަށް
ވެންކޫވާގައި ކުޅުނު މިމެޗް ސްވިޒަރލެންޑުން ކާމިޔާބުކުރީ ކެނެޑާގެ މައްޗަށް 2-1 އިން ބަލިކޮށްގެންނެވެ
24 Jun 2026
ފުލުހުންގެ އެގްޒެކެޓިވް ބޯޑާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
މި ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންގެ ބޭނުންތަކާއި އިހުސާސްތަކަށް އިސްކަންދީގެން ހިދުމަތް ފޯރުކޮށްދޭ ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.