ދަ ކޮމަނާސް އިން ބޭއްވި ބައްދަލުވުމުގެ ތެރެއިން--
ހަބަރު
02 Jul 2023 | 10:27
ހިލޭ ގޯތި ބަހާތީ މާލޭގެ ފްލެޓްތަކަށްވެސް ކުލި ދެއްކުން ހުއްޓާލަން މަޝްވަރާކޮށްފި!

މާލޭ ސަރަހައްދުން ހިލޭ ގޯތި ބަހަން ސަރުކާރުން ނިންމާފައިވާތީ ހުރިހާ ސޯޝަލް ހައުސިންތަކެއްގެ ކުލި ދެއްކުން ހުއްޓާލަން ދަ ކޮމަނާސް (ކޮތަރުކޮށި) ޖަމިއްޔާ އިން ފަށާފައިވާ މަޝްވަރާ ބައްދަލުވުންތަކުގެ ދެވަނަ ބައްދަލުވުން ބާއްވައިފިއެވެ.

މާލޭގެ ގާކޮށި ފްލެޓާއި އަރަބިއްޔާ ފްލެޓް އަދި ސިނަމާލެ ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ޒުވާނުންނާއިއެކު ރޭ ބޭއްވުނު އެ ބައްދަލުވުމުގައި ކުލި ދެއްކުން ހުއްޓާލަންޖެހޭ ކަމަށް އެ ޒުވާނުން ދެކޭ ސަބަބު ތައް ވަނީ ހިއްސާ ކޮށްފައެވެ. 

އެގޮތުން، މާލެ ސަރަހައްދުން ހިލޭ ބިން ލިބޭއިރު އަނެއްބައެއްގެ އާމްދަނީގެ ބޮޑު ބައެއް ކުއްޔަށް ހޭދަކުރަން ޖެހޭކަން ޒުވާނުން ވަނީ ފާހަގަކޮށްފަ އެވެ. 

"އަޅުގަނޑުމެންގެ މައިންބަފައިން ކުރި ހުރިހާ މަސައްކަތަކުން ވެސް ލިބުނު ހުރިހާ އާމްދަނީއެއް ދިޔައީ ކުއްޔަށް. ދެން މިއަދު އަޅުގަނޑުމެން ވެސް އެއްހާލެއްގައި މިޖެހެނީ. އަދި މިހާރު ސަރުކާރުން މިނިންމި ނިންމުމެއްގެ ސަބަބުން މާދަމާ އަޅުގަނޑުމެންގެ ދަރިން ވެސް ތިބެން ޖެހޭނީ ހަމަ ކުލީގެ އަޅުވެތިކަމުގައި." ރޭގެ ބައްދަލުވުމުގައި ބައިވެރިވި ޒުވާނަކު ބުންޏެވެ.

މާލޭ މީހުންނަށް ހިލޭ ގޯތި ބަހަން ސަރުކާރުން ނިންމުމުން ހުރިހާ ސޯޝަލް ހައުސިންއެއްގެ ކުލި ދެއްކުން ހުއްޓާލުމާއި ގުޅޭ ގޮތުން ހިޔާ ފްލެޓުގެ އެޗް-4 ގެ މީހުންނާއެކުވެސް ހުކުރު ދުވަހު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވެއެވެ. 

ދަ ކޮމަނާސް އިން ބުނީ ކުލި ދެއްކުން ހުއްޓާލުމާއި ގުޅޭ ގޮތުން ސިލްސިލާކޮށް މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދާނެ ކަމަށެވެ. މިބައްދަލުވުންތައް މާލެ ސަރަހައްދުގެ އިތުރުން ފްލެޓާއި، ރޯ ހައުސް އަޅާފައިވާ ރަށްރަށުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް އެޖަމިއްޔާ އިން ބުނެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގެ ރަށްވެހީންނަށް ގޯތި ދިނުމަށް ހިންގާ "ބިންވެރިޔާ" ސްކީމްގެ ދަށުން ފުރަތަމަ ބުުރުގައި ދޫކުރާ 5،000 ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް މިހާރު އޮތީ ގެޒެޓްކޮށްފައެވެ.

ކޮމެންޓް
ނިށާ
މީގެ ކުރިންވެސް މާލޭ މީހުން ބާރުގެ ބޭނުންކޮށް މީހުންގެ މުދާތައް ފޭރެގަނެފަ . ޢަހަރުން kaafa އަކީ މާލެ ރައްޔިތެއް ކުރިކީލަ ރަޒިއްޔާ އޭނަގެ ގޯތި ވިއްކާލީ އެންމެ ރުފިޔާއަކަށް ތިބުނާ މާލެ މީހާ ވީމަ ބާރު އޮތީމަ.
02 Jul 2023
ގުޅޭ ލިޔުންތައް
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.