ގްރެފިކްސް-- ވޮއިސް
ހަބަރު
04 Jul 2023 | 09:04
ސުވަރުގެއިން ގަނޑުވަރެއް ލިބޭނެ 6 ގޮތެއް

ދުނިޔެ މަތީގައި ރިވެތި ގަނޑުވަރު ތަކާއި، ގެ ތަކުގައި ދިރިއުޅުމަށް އިންސާނާގެ ހިތް ނުހަނު ދަހިވެތި ވެއެވެ. އެހެން ކަމުން އެކަމަށްޓަކައި ހުއްޓާނުލަައި، ގައިން ދާ އޮހޮރުވައިގެން އެތަކެއް ގިނަ މަސައްކަތްވެސް ކުރެއެވެ. ނަމަވެސް، އެހުރިހާ މަސައްކަތް ކޮށްގެން އަޅާ ގެއަށްވުރެ، ނުވަތަ ގަނޑުވަރަށް ވުރެވެސް މާ ފުރިހަމަ، ރީތި ގަނޑުވަރެއް، ދުނިޔޭގައި ކޮށްލާ ހެޔޮ އަމަލު ތަކެއްގެ ސަބަބުން ސުވަރުގޭގައި ތިމާ އަށްޓަކައި ބިނާކުރެވޭނެކަން އެނގޭ ހެއްޔެވެ؟ 

ތިރީގައި އެވަނީ ތިމާއަށް ޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާ ކުރެވޭނެ ބައެއް ހެޔޮ އަމަލެވެ. 

1) ރަވާތިބު ސުންނަތް ކުރުމުގައި ދެމި ހުރުން

ރަވާތިބު ސުންނަތުގެ 12 ރަކުޢަތަކީ ފަތިސް ނަމާދުގެ އިހު ސުންނަތުގެ 2 ރަކުޢަތާއި މެންދުރު ނަމާދުގެ އިހު ސުންނަތުގެ 4 ރަކުޢަތާއި ފަހު ސުންނަތުގެ 2 ރަކުޢަތާއި މަޣްރިބް ނަމާދުގެ ފަހު ސުންނަތުގެ 2 ރަކުޢަތާއި ޢިޝާ ނަމާދުގެ ފަހު ސުންނަތުގެ 2 ރަކުޢަތެވެ. ރަވާތިބު ސުންނަތްތަކުގެ ތެރޭގައި ހިމެނޭ ސުންނަތްކަން ގަދަ ވެގެންވާ 12 ރަކުޢަތަކީ މިއީއެވެ. އިމާމް މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައިވެއެވެ.

مَا مِنْ عَبْدٍ مُسْلِمٍ يُصَلِّي لِلَّهِ كُلَّ يَوْمٍ ثِنْتَىْ عَشْرَةَ رَكْعَةً تَطَوُّعًا غَيْرَ فَرِيضَةٍ إِلاَّ بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ أَوْ إِلاَّ بُنِيَ لَهُ بَيْتٌ فِي الْجَنَّةِ ‏”

މާނައީ: “މުސްލިމުންގެ ތެރެއިން މީހަކު ފަރުޟްނަމާދުތަކުގެ އިތުރުން ދުވާލަކު ސުންނަތް ނަމާދުގެ ބާރަ ރަކުޢަތް الله އަށް ޓަކައި ކޮށްފި ނަމަ، މާތްالله އޭނާއަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާ ކުރައްވާ ހުއްޓެވެ.”

2) މިސްކިތެއް ބިނާ ކުރުން

މިސްކިތެއް ޢިމާރާތްކޮށް، މީސްތަކުންނަށް ނަމާދު ކުރެވޭނެ ގޮތް ފަހިކޮށްދިނުމަކީ ވަރަށް ގިނަ ޘަވާބާއި ދަރުމަ އޭގެ ސަބަބުން ލިބިގެންދާނެ ކަމެކެވެ. އެއީ އިންސާނާ މަރުވެގެން ދިޔުމަށްފަހު ގައި ވެސް ފައިދާކުރުވަނިވި ދެމިހުންނަނިވި ޞަދަޤާތެކެވެ.  

ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

(مَنْبَنَىمَسْجِدًايُذْكَرُفِيهِاسْمُاللَّهِبَنَىاللَّهُلَهُبَيْتًافِيالْجَنَّةِ)

މާނައަކީ: "اللهގެ އިސްމުފުޅު ޛިކްރު ކުރުމަށް މިސްކިތެއް ބިނާކޮށްފި މީހަކަށް، އެކަލާންގެ ސުވަރުގޭ ގައި ގަނޑުވަރެއް ތައްޔާރު ކޮށްދެއްވާނެއެވެ." އެހެން ޙަދީޘެއް ގައި ވެއެވެ.

(مَنْبَنَىلِلَّهِمَسْجِدًاوَلَوْكَمَفْحَصِقَطَاةٍلِبَيْضِهَا،بَنَىاللَّهُلَهُبَيْتًافِىالْجَنَّةِ)

މާނައަކީ: "ދޫނި ބިސްއެޅުމަށް ހަދާ ހާއްޔެއްގެ މިންވަރުގެ ތަންކޮޅެއް ވެސް މިސްކިތެއްގެ ގޮތުގައި الله ގެ މަގު ގައި ބިނާކޮށްފި ނަމަ، އެ މީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ."

މިސްކިތެއް ބިނާ ކުރުމުގެ ތަނަވަސްކަން ތިމާގެ ނެތް ނަމަވެސް ވީ މިންވަރަކުން އެކަމަށް އެހީވުމުގެ ފުރުސަތު އިންޓަރނޭޝަނަލް އެއިޑް ކެންޕެއިން އިން އޮތީ ހުޅުވާލާފައެވެ. އެގޮތުން އެ ޖަމިއްޔާއިން ހިންގާ ތަޖްރީގެ ޕްރޮޖެކްޓްގެ ތެރެއިން ޖުމްލަ 4 މިސްކިތެއް އެޅުމަށް އައިއޭސީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެކަމަށް އެހީވާން ބޭނުންވާ ފަރާތްތަކުން އަންނަނިވި އެކައުންޓަށް ފައިސާ ޖަމާކުރުމަށް އެ ޖަމިއްޔާއިން އެދެއެވެ. 

ބީއެމްއެލްގެ އިސްލާމިކް އެކައުންޓް

އެކައުންޓް ނަންބަރު: 7770000062742

އެކައުންޓް ނަން: International Aid Campaign

އެކައުންޓް ލޭބަލް: Sadaqa Jariya

3) އިޚްލާސް ސޫރަތްކިޔެވުން

عَنِ النَّبِىِّ صلى الله عليه وسلم قَالَ: ((مَنْ قَرَأَ “قُلْ هُوَ اللَّهُ أَحَدٌ” حَتَّى يَخْتِمَهَا عَشْرَ مَرَّاتٍ بَنَى اللَّهُ لَهُ قَصْرًا فِى الْجَنَّةِ)) [((سلسلة الأحاديث الصحيحة / 589]

މާނައީ: ރަސޫލުالله صلى الله عليه وسلم ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “އިޚްލާޞް ސޫރަތް 10 ފަހަރު ކިޔަވައިފި މީހަކަށް، الله ތަޢާލާ އޭނާއަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެވާނެއެވެ.”

4) ބާޒާރުގައި މި ދުޢާ ކިޔުން

ރަސޫލުالله ޞައްލަالله ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

“مَنْ قَالَ فِيْ السُّوْقِ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيْكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِيْ وَيُمِيْتُ وَهُوَ حَيٌّ لَا يَمُوْتُ بِيَدِهِ الْخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ كَتَبَ اللَّهُ لَهُ أَلْفَ أَلْفَ حَسَنَةٍ وَمَحَا عَنْهُ أَلْفَ أَلْفَ سَيِّئَةٍ وَبَنَى لَهُ بَيْتًا فِيْ الْجَنَّةِ” (رواه الترمزي وحسنه الألباني)

މާނައީ:”ބާޒާރުގައި، ‘ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيْكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِيْ وَيُمِيْتُ وَهُوَ حَيٌّ لَا يَمُوْتُ بِيَدِهِ الْخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ ‘ މިފަދައިން ކިޔައިފި މީހަކަށް الله ހާސް ހާސް ހެޔޮކަން ލިޔުއްވަތެވެ. އަދި ހާސް ހާސް ފާފަ އަފޫކޮށްދެއްވަތެވެ. އަދި ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްތެވެ.”

5) ނަމާދުގެ ސަފުތަކުގެ މެދުގައިވާ ހުސްޖާގަ ފުރުން

ސަފުތައް ސީދާކޮށް ފުރިހަމަކުރުމުގެ މާތްކަމާމެދު عبد الله بن عمر رَضِيَ اللَّهُ عَنْهُما ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "أَقِيْمُوا الصُّفُوفَ، وَحَاذُوا بَيْنَ الْمَنَاكِبِ، وَسُدُّوا الْخَلَلَ، وَلاَ تَذَرُوا فُرُجَاتٍ لِلشَّيْطَان، وَمَنْ وَصَلَ صَفاًّ وَصَلَهُ اللَّهُ، وَمَنْ قَطَعَ صَفاًّ قَطَعَهُ اللَّهُ"(5)

މާނައީ: ތިޔަބައިމީހުން ސަފުތައް ޤާއިމު ކުރާށެވެ. ކޮނޑާއި ކޮނޑު ޖައްސާށެވެ. އަދި ހުސްތަން ފުރާށެވެ. އަދި ޝައިޠާނާއަށްޓަކައި ހުސްޖާގަތައް ދޫނުކުރާށެވެ. އަދި ސަފެއް ގުޅުވައިފި މީހާ الله އޭނާ އެއިލާހުގެ ރަޙްމަތާ ގުޅުއްވާނެއެވެ. އަދި ސަފެއް ކަނޑައިފި މީހަކު اللهތަޢާލާ އެއިލާހުގެ ރަޙްމަތުން ކަނޑުއްވާނެއެވެ.

އަދި عَائِشَةُ رَضِيَ اللَّهُ عَنْها ގެ އަރިހުން ރިވާވެގެންވެއެވެ.

"مَنْ سَدَّ فُرْجَةً رَفَعَهُ اللَّهُ بِهَا دَرَجَةً، وَبَنَى لَهُ بَيْتاً فِيْ الْجَنَّةِ"(6)

މާނައީ؛ (ސަފުގައިވާ) ހުސްތަނެއް ފުރައިފި މީހާގެ ދަރަޖަ، އޭގެ ސަބަބުން الله ތަޢާލާ އުފުއްލަވައެވެ. އަދި އޭނާއަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވައެވެ.

އަދިވެސް عائشة – رَضِيَ اللَّهُ عَنْها ގެ އަރިހުން ރިވާވެގެންވެއެވެ.

"إِنَّ اللَّهَ وَمَلاَئِكَتَهُ يُصَلُّونَ عَلَى الَّذِيْنَ يَصِلُوْنَ الصُّفُوفَ"(7)

މާނައީ: ހަމަކަށަވަރުން الله އާއި އެއިލާހުގެ މަލާއިކަތުން ސަފުތައް ގުޅުވާ މީހުންނަށް ޞަލަވާތް ލައްވައެވެ.

މީގެ އިތުރުން عَبْدُ اللَّهِ بْنُ عُمَرَ رَضِيَ اللَّهُ عَنْهُما ގެ އަރިހުން ރިވާވެގެންވެއެވެ.

" خِيَارُكُمْ أَلْيَنُكُمْ مَنَاكِبًا فِي الصَّلاةِ ، وَمَا مِنْ خُطْوَةٍ أَعْظَمُ أَجْرًا مِنْ خُطْوَةٍ مَشَاهَا رَجُلٌ إِلَى فُرْجَةٍ فِي صَفٍّ فَسَدَّهَا "(8).

މާނައީ: ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ، ނަމާދުގައި އެމީހުންގެ ކޮނޑުތައް އެންމެ މަޑުމީހުންނެވެ. (އެބަހީ؛ ސަފުގައި ތިބޭއިރު، އެކަކު އަނެކަކަށް ކޮނޑު ޖެހޭ ގޮތަށް ސަފު ރުކުރުވާލައިގެން ތިބޭމީހުންނެވެ.) އަދި ސަފުގައިވާ ހުސްތަނެއް ފުރުމަށްޓަކައި މީހަކު ހިނގުމަށް އަޅާ ފިޔަވަޅަށްވުރެ ދަރުމަ ބޮޑު ފިޔަވަޅެއް ނުވެއެވެ.

6) ޙައްޤު ގޮތުގައި ހުރި ނަމަވެސް ޒުވާބުކުރުން ހުއްޓައިލުން

"‏ أَنَا زَعِيمٌ بِبَيْتٍ فِي رَبَضِ الْجَنَّةِ لِمَنْ تَرَكَ الْمِرَاءَ وَإِنْ كَانَ مُحِقًّا وَبِبَيْتٍ فِي وَسَطِ الْجَنَّةِ لِمَنْ تَرَكَ الْكَذِبَ وَإِنْ كَانَ مَازِحًا وَبِبَيْتٍ فِي أَعْلَى الْجَنَّةِ لِمَنْ حَسَّنَ خُلُقَهُ ‏"‏ ‏(‏سنن ابو داوود)

މާނަ: ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވި އެވެ. "އެމީހާ ހުރީ ޙައްޤުގައި ނަމަވެސް ޒުވާބުކުރުން ހުއްޓައިލާ މީހާއަށް ސުވަރުގެއިން ގަނޑުވަރެއް ލިބޭނެ ކަމުގެ ޔަގީންކަން ތިމަން ކަލޭގެފާނު ދެއްވަމެވެ. އަދި ސަމާސައަށް ނަމަވެސް ދޮގު ނުހަދާ މީހާއަށް ސުވަރުގޭގެ މެދުތެރެއިން ގަނޑުވަރެއް ލިބޭނެ ކަމުގެ ޔަގީންކަން ތިމަން ކަލޭގެފާނު ދެއްވަމެވެ. އަދި އެމީހެއްގެ އަޚްލާޤް ރިވެތި މީހާއަށް ސުވަރުގޭގެ އެންމެ މަތިން ގަނޑުވަރެއް ލިބޭނެ ކަމުގެ ޔަގީންކަން ތިމަން ކަލޭގެފާނު ދެއްވަމެވެ."

ދުނިޔެމަތީގައި ބޮޑު ގޯއްޗެއް ނުވަތަ ފުލެޓެއް ތިބާއަށް ނުލިބުނެ ކަމުގައި ވިޔަސް މިކަންކަން ކޮށްލުމުން، އެތަނުގެ ފުރިހަމަކަން ޚިޔާލަށްވެސް ނުގެނެވޭނެ، މަތިވެރިވެގެންވާ ސުވަރުގެއިން ތިބާއަށް ގަނޑުވަރެއް ލިބޭނެކަން ހަދީޘް ބަސްފުޅުތަކުން އެނގެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.