ފަލަސްޠީނުގެ ޖަލުތަކާއި ބެހޭ ވަޒީރު ޤަދްރީ އަބޫބަކުރު
ދުނިޔެ
02 Jul 2023 | 13:30
ކާރު އެކްސިޑެންޓެއްގައި ފަލަސްޠީނުގެ ޖަލުތަކާއި ބެހޭ ވަޒީރު ނިޔާވެއްޖެ

ފަލަސްޠީނުގެ ޖަލުތަކާއި ބެހޭ ވަޒީރު ކާރުއެކްސިޑެންޓެއްގައި ނިޔާވެއްޖެއެވެ.

މިއެކްސިޑެންޓް ހިނގައިފައިވަނީ  ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައެވެ. މި ހާދިސާގައި މިނިސްޓަރ ޤަދްރީ އަބޫބަކްރުގެ އިތުރުން އިތުރު ދެމީހަކުވެސް ވަނީ ނިޔާވެފައެވެ. އޭގެތެރެއިން އެކަކީ ކުރީގެ އަސީރެކެވެ. އަދި އަނެއްމީހަކީ އޭނާގެ އަންހެނުންކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ޖަލުތަކާއި ބެހޭ ވަޒީރުގެ އިތުރުން ޤަދްރީ އަކީ ފަލަސްޠީން ލިބަރޭޝަން އޯގަނައިޒޭޝަންގެ ޢަސީރުންނާއި ކުރީގެ ޢަސީރުންގެ ކޮމިޝަނަރއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ މިހާދިސާ ހިނގާފައިވަނީ ޖައްމާ  ޓައުން ކައިރިން ދަތުރު ކުރަމުން ދަނިކޮށްކަމަށެވެ. އަދި ޤަދްރީ ދަތުރު ކުރަމުން ދިޔައީ ޢަސީރުންގެ ދަރިންނަށް ބޭއްވުނު ހަފްލާއަކަށް ހާޒިރުވުމަށް ފަހު ގެއަށް ދިޔުމަށް ކަމަށްވެސް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސްގެ ސްޓޭޓްމެންޓެއްގައި ވިދާޅުވެފައިވަނީ ޤަދްރީ އަބޫބަކުރު  ނިޔާވުމާއި ގުޅުގެން ހިތާމަފާޅުކޮށްފައެވެ.

އަދި އޭނާއަކީ މިނިވަންކަމަށްޓަކައި ހަނގުރާމަކުރި ވަރަށް ހިތްވަރުގަދަ ފަހުލަވާނެއް ކަމަށް ބުނެފައެވެ. އަދި އޭނާއަކީ ފަލަސްޠީނުގެ ރައްޔިތުންނާއި ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި އެތައް ޤުރުބާނީ ތަކެއް ވެފައިވާ ފަރާތެއްކަމަށް މަހްމޫދް ޢައްބާސްގެ ސްޓޭޓްމަންޓްގައި ވިދާޅުވެފައިވެއެވެ.

ރައީސް މަޙްމޫދް އައްބާސްގެ އިތުރުން ފަލަސްޠީނުގެ ކެބިނެޓްގެ އެހެން މިނިސްޓަރުންވެސް ވަނީ ޤަދްރީ ނިޔާވުމާއި ގުޅިގެން ހިތާމަފާޅުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް