އުޟުހިޔާ ބެހުމުގެ ތެރެއިން-- ފޮޓޯ/ އައިއޭސީ
ހަބަރު
03 Jul 2023 | 10:29
ދިވެހިންގެ އެހީގައި އައިއޭސީން ކަތިލި އުޟުހިޔާތައް ބަހަން ފަށައިފި!

އަޟުހާ ޢީދުގައި، އުޟުހިޔާ ކަތިލުމުގެ ސުންނަތް ހެޔޮ އަގުގައި އަދާކުރުމަށް އައިއޭސީން ހުޅުވާލި ފުރުސަތުގައި، އުޟުހިޔާ ކަތިލަން އެދުނު ދިވެހިންގެ މަތިން، އުޟުހިޔާގެ ގޮތުގައި ކަތިލި ގެރިތައް އޭގެ ބެހެނި ވެރިންނަށް ބަހަން ފަށައިފިއެވެ. 

އައިއޭސީން ކުރިއަށް ގެންދިޔަ މި ގަނޑުކުރި އުޟުހިޔާ ބެހުމުގެ ޕްރޮގްރާމަކީ، އުޟުހިޔާގެ ޖަނަވާރުތައް އަގު ހެޔޮކޮށް، އިސްލާމީ އުސޫލުން ކަތިލައި ގަނޑުކުރުމަށްފަހު، ނިކަމެތި ފަގީރު ގައުމުތަކަށް އެތަކެތި ކާގޯ ބޯޓެއްގައި ޝިޕް ކުރެވި ރެފިއުޖީންނަށާއި، ފަގީރުންނަށް ބެހުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އެގޮތުން، އުޟުހިޔާ ކަތިލަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމުން، އެކަމުގައި ބައިވެރިވި މީހުންގެ ފަރާތުން މުޅި ޖުމްލަ 200 ގެރި ކަތިލާފައިވާ ކަމަށް އައިއޭސީން މައުލޫމާތު ދެއެވެ. އަދި އެއީ 1400 ހިއްސާ ކަންވެސް ފާހަގަކޮށްފައިވެއެވެ. 

އައިއޭސީން ބުނީ، އުޟުހިޔާގެ މަސްތައް ބެހޭނީ އެންމެ ނިކަމެތި ރައްޔިތުންނަށް ކަމަށެވެ. 

އެގޮތުން، މިހާރު މަސްތައް ބެހުމުގެ މަސައްކަތް ފެށިފައިވާއިރު، އުޟްޙިޔާގެ ގޮތުގައި ޣައްޒާގައި ކަތިލެވުނު ގެރީގެ މަސް އާއިލާތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އައިއޭސީން މައުލޫމާތު ދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.