ކުރީގެ ނައިބު ރައީސް ޑރ ޖަމީލު/ ފޮޓޯ: ޕީޕީއެމް
ހަބަރު
03 Jul 2023 | 11:40
މިއަދު މި އޮތީ އަލުން އަނބުރާ އިސްލާހީ މަސައްކަތް ކުރަން ޖެހިފަ: ޑރ ޖަމީލު

މިއަދު މިއޮތީ މީގެ އަހަރުތަކެއް ކުރިން ކުރިފަދަ އިސްލާހީ މަސައްކަތްތަކެއް ކުރަން ޖެހިފައި ކަމަށް ކުރީގެ ނައިބުރައީސް ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ މިއަދުގެ ހާލަތަށް ރިއާޔަތްކޮށް ކުރެއްވި ޓްވީޓެއްގަ އެވެ. 

އެގޮތުން ޑރ ޖަމީލު ވިދާޅުވީ މިއަދު ފެންނަމުންދާ މަންޒަރަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ބޯދާ ޒަމާނުގެ 30 އަހަރުގެ ކުރީކޮޅުގައި ކަންކަން ކުރަމުން ގެންދިޔަ އުސޫލަށްވުރެ ވެސް ގޯސްކޮށް ކަންކަން ކުރަމުންދާ މަންޒަރުކަމަށެވެ. 

އަދި މިއަދު ވެރިކަން ކުރަމުންދާ ގޮތުގެ ބައެއް މިސާލުތައްވެސް ޑރ ޖަމީލުގެ ޓްވީޓުގައި ވަނީ ފާހަގަކުރައްވާފަ އެވެ. 

"ގޭތެރޭ މީހުންގެ ބަދިގޭގެ ވެރިކަމެއް. މުދަލާއި ފައިސާ، މަގާމުތައް ހިތުހުރިގޮތަކަށް. އިންސާފަކީ ބިރުދައްކަން ގެންގުޅޭ ހަތިޔާރު"

ކުރީގެ ނައިބު ރައީސް ޑރ ޖަމީލު

ޑރ ޖަމީލު އިތުރަށް ވިދާޅުވީ މިއަދަކީ ހަޤީގީ މާނައިގައި ފަނޑިޔާރު ގެތަށް އިސްލާހުކުރަން ޖެހިފައިވާ ދުވަސް ކަމަށެވެ. އެއީ ފަހުގެ ތާރީޚެއްގައި ފަނޑިޔާރު ގެއަށް ނުފޫޒު ނުފޯރުވާ މިންވަރަށް މިހާރު ސަރުކާރުން ނުފޫޒު ފޯރުވަމުންދާތީކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ ކޮންމެ ސިޔާސީ ޕާޓީއަކަށް ވެސް ރިޔާސީ އިންތިޚާބާއި ގުޅުންހުރި މަސައްކަތްތައް ކުރެވެން ޖެހޭނެ ކަމަށެވެ. އަދި އެފަދަ މާހައުލެއް ފަހިކޮށްދޭން ޖެހޭނެ ކަމަށެވެ. 

އެމަނިކުފާނު އެފަދައިން ވިދާޅުވެފައިވާއިރު މިނިވަން އިންތިޚާބެއް ބޭއްވިދާނެ ކަމާމެދުވެސް ގިނަ ސިޔާސީ ޕާޓީތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. 

ރާއްޖޭގައި މަޝްރަހުގައި މިހާރު ހިނގަމުންދާ ޑިމޮކްރަސީއާއި ބީރައްޓެހި ކަންކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ މީ އިސްލާހީ މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. 

ޑރ ޖަމީލުގެ އެ ޓްވީޓުގައި ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފޮޓޯފުޅެއް ހިއްސާ ކުރައްވާފަ އެވެ. 

ނަޝީދު އިސްކޮށް ހުންނަވާ އުފައްދަވާފައިވާ ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓްސްއާއި، ޕީޕީއެމުން ވަނީ މި ސަރުކާރު ބަދަލުކުރުމަށް ގުޅިގެން ކުރެވޭނެ ކަންކަމަކީ ކޮބައިތޯ ދެނެގަތުމަށް މަޝްވަރާކުރަން ފަށާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.