މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ހަބަރު
03 Jul 2023 | 13:16
ރައީސް ނަޝީދު މަސައްކަތް ކުރަނީ ވީހާ ވެސް ގިނަ ދުވަހު މަޤާމުގައި ދެމިހުރުމަށް: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކަކަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ޤަބޫލުކުރެވޭތީ މައްސަލަ ހުށައެޅުއްވި ނަމަވެސް، އެކަން ކުރިއަށް ގެންދެވުމަށް ހުރަސް އަޅުއްވަމުން ގެންދަވަނީ މަޤާމުގައި ގިނަ ދުވަހު ހުންނެވުމަށް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. 

އަސްލަމް މިފަދައިން ވިދާޅުވެފައި ވަނީ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތުމުން، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ކަންބޮޑުވުންތައް މީޑިއާއާއި ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ. 

އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްވަގުތެއްގައި ހުށަނޭޅޭނެކަމަށް ވިދާޅުވެ ނަޝީދު ދައްކަވަނީ މުޅިން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށެވެ. 

އެގޮތުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ރައީސާއި ނައިބު ރައީސްގެ މައްސަލަ އެއްވަގުތެއްގައި ހުށައެޅިގެން ދިޔަކަން ފާހަގަކުރައްވާއިރު، އެ ދެ މައްސަލަ ހުށައެޅިފައި އޮއްވާ މަޖިލީހުގެ ގަވައިދަށް ގެންނަން ބޭނުންވި އިސްލާހުތައް ގެނައުމުގެ ފުރުސަތު ރިޔާސަތުން ފަހިކޮށްދީފައިވާކަމަށް އަސްލަމް ވިދާޅުވި އެވެ. 

މެޖޯރިޓީ ލީޑަރު އަސްލަމް--ފޮޓޯ/ ދެން

"މަސީހުއާއި މޫސާ މަނިކުގެ މައްސަލަ އެއްކޮށް އޮވެފަ، އެއް މައްސަލަ ނެގީއޭ. އޭ ރަނގަޅު ވާހަކައެއް ނޫން. މޫސާމަނިކު މަސީހުގެ މައްސަލަ ޗެއާ ކުރެއްވީ އެމަނިކުފާނުގެ މައްސަަލަވެސް ޗެއާ ކުރެވިފައި ވަނިކޮށް. އަދި އޭގެ ފަހުން ޤަވައިދަށް ގެނެވުނު ބަދަލެއްގެ ތެރެއިން އެ މައްސަލަ އުވިދިޔައީ... ވަރަށް ބޮޑަށް ގޯސްކޮށް މަޖިލީސް ހިންގިކަމަށް ފެނުނު އަބްދުالله މަސީހުގެ ރިޔާސަތުގައި ވެސް މަޖިލީހުގެ ޤަވައިދަށް ގެންނަވަން ޖެހޭ ބަދަލެއް ގެންނެވުމަށް ފަހު މަޖިލީހުގެ ގަވައިދު އެބިއުސް ނުކުރައްވާ ގެންދެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި"

މެޖޯރިޓީ ލީޑަރު އަސްލަމް 

އެކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ ނަޝީދު ރިޔާސަތުގައި އިންނަވައިގެން ވަރަށް ބޮޑަށް މަޖިލީހުގެ ގަވައިދާއި ޚިލާފަށް ކަންކަން ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މަގާމުގެ ނާޖާއިސް ފައިދާ ނެގުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. 

ބެލެވޭގޮތުގައި އެމަނިކުފާނު މަޖިލީހުގެ ގަވައިދަށް ބެއްލެވުމެއް ނެތި ކަންކަން ކުރައްވަމުން ގެންދަވަނީ މަޤާމުގައި ގިނަ ދުވަހު ހުރުމަށްކަމަށް އަސްލަމް ވިދާޅުވި އެވެ. 

މެޖޯރިޓީ ލީޑަރު އަސްލަމް-- ފޮޓޯ/ ދެން

"އަޅުގަނޑުމެންނަށް މިހާރު މި ފާހަގަކުރެވެނީ މަޤާމުގައި ދެމިހުންނަން ވެގެން މި ކަންކަން ކުރިއަށް ނުގެންދަވާތަން. ކުރިން ލަފާކުރެވުނީ އާއިލީ ބޭފުޅަށް ވާތީ މަޖިލީހުގެ ނައިބު ރައީސްގެ މައްސަލަ ޗެއާ ކުރައްވަން ދަތިފުޅުވަނީ ކަމަށް"

މެޖޯރިޓީ ލީޑަރު އަސްލަމް 

އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްވަގުތެއްގައި ކުރިއަށް ގެންދެވޭނެ ގޮތަށް ޤަވައިދު އިސްލާހުކުރުމަށް މަޖިލީހަށް ހުށައަޅާފައި ވީ ނަމަވެސް އެކަން ވެސް ކުރިއަށް ނުގެންދަވާ މަޖިލީސް ހުއްޓުވާފައި އޮތް ކަމަށެވެ. 

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅީ ބޮޑު އަގުލަބިއްޔަތެއްގެ މެމްބަރުންގެ ތާއީދާއި އެކުގައި ކަމަށާއި، އެ މެމްބަރުންގެ ނިންމެވުމުގައި ވެސް ކޮންމްވެސް ބުރަދަނެއް އޮންނަން ވާނެކަމަށް އަސްލަމް ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވަނީ މަޖިލީހުގެ ގަވައިދާއި އެއްގޮތަށް މަޖިލީސް ކުރިއަށް ގެންދެވުމަށް ނަޝީދު އުޒުރުވެރިވާނަމަ، މަޤާމުން އިސްތިއފާދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ. 

ކޮމެންޓް
އައިމިނަ
މަގާމާހެދި މަރުދަން ޖެހެނީއެވެ. އަމިއްލަ އެދުން ބޮޑަސް މިވަރެއް ނުދެކެމެވެ. މިހާރު މިއެނގެނީ އެދުވަހުވެސް އިސްތިއުފާ ދިނީ ގައުމަށްޓަކައެއް ނޫންކަމެވެ. އަމިއްލަ ސަލާމަތަށް ބިރުން ގޮތް ހުސްވީކަމެވެ.
03 Jul 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.