އިޒްރާއިލުން ޖެނީން އަށް ދެމުންދާ މިސައިލް ހަމަލާތަކުގެ ތެރެއިން
ހަބަރު
03 Jul 2023 | 14:16
ހުއްޓުމެއްނެތި ފަލަސްޠީނުގެ ޖެނީންއަށް މިސައިލް ހަމަލާތައް ދެމުންދަނީ

އިޒްރާއިލުން ހުއްޓުމެއްނެތި ފަލަސްޠީނުގެ ޖެނީންއަށް ވައިގެ މަގުން މިސައިލް ހަމަލާތައް ދެމުން އެބަގެންދެއެވެ.

ޖެނީންގެ ޢާންމުންނާއި ސަރުކާރުގެ އޮފިޝަލުންގެ ވާހަކަތަކުން އެނގޭގޮތުގައި ރެއިން ފެށިގެން އިޒްރާއިލުން ދަނީ ޖެނީންއަށް ހަމަލާތައް ދެމުންކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

މިހަމަލާތަކުގެ ސަބަބުން މިހާތަނަށް ފަސް މީހަކު ޝަހީދުވެފައިވާ ކަމަށާއި، 27 މީހުން މިހާތަނަށް ޒަޚަމް ވެފައިވާއިރު އޭގެ ތެރެއިން 8 މީހެއްގެ ހާލު ނާޒުކު ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ރެއިން ފެށިގެން މިހާތަނަށް އިޒްރާއިލް ސިފައިން ޖެނީން އަށް 10 މިސައިލެއް ފޮނުވައިލައިފައިވާ ކަމަށް ޖެނީންގެ ޢާންމުން ވަނީ ބުނެފައެވެ. އެހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދު ދުމުން ފުރި އެކި ޢިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.

ވައިގެ ހަމަލާތަކުގެ އިތުރުން އިޒްރާއިލް ސިފައިން ވަނީ ޖެނީންގެ ވަށައިގެން މިލިޓަރީ ވެހިކަލްތައް ޖައްސައި ޖެނީން ބަންދު ކޮށްފައެވެ. އަދި ޖެނީންގައި ވަރުގަދަ މިލިޓަރީ ރެއިޑެއް ވަނީ ފަށައިފައެވެ. މިލިޓަރީ ވެހިކަލް ތަކުގެ ސަބަބުން ޖެނީންގެ ޢިމާރަތް ތަކާއި މަގުތައް ވަރަށް ބޮޑަށް ހަލާކުވެފެއި ވާކަމަށް އަލްޖަޒީރާގައި ވަނީ ބުނެފައެވެ.

އިޒްރާއިލްގެ ސިފައިން މިލިޓަރީ ވެހިކަލްތަކާއި އެކު ގޮސް ޖެނީން ސިޓީ އެއްކޮށް ވަނީ ބަންދުކޮށްފައެވެ. ސިޓީ އިން ނުކުމެވޭނެ ގޮތެއް އަދ ސިޓީ އަށް ވަދެވޭނެ މަގެއްވެސް ނެތެވެ.

ޖާރުއްސަލަމްގައި ހުންނަ އަލްޖަޒީރާގެ ނޫސްވެރިޔާ ބުނެފައިވަނީ 150 މިލިޓަރީ ވެހިކަލާއި، 1000 ސިފައިން، އިންޓެލިޖެންސް، ބޯޑަރ ޕޮލިސް،، ޕޮލިސް އަދި ސިފައިންނާއި ފުލުހުންގެ ޚާއްސަ އޮފިސަރުން ހިމެނޭހެން އިޒްރާއިލްގެ ޔަހޫދީން މިލިޓަރީ ރެއިޑް ހިންގުމުގެ ނަމުގައި ވަދެފައިވާ ކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ޖެނީންގެ ގޭގެއަށް ވަދެ ބަލާ ފާސްކުރުމާއި ގިނަ ޢަދަދެއްގެ ބަޔަކު އިޒްރާއިލް ސިފައިން ހައްޔަރުކުރަމުންދާ ކަމަށެވެ.

ޖެނީންއިން ވާހަކަ ދެއްކި މީހަކު އަލްޖަޒީރާއަށް ބުނެފައިވަނީ އިޒްރާއިލުން މަގުތައް ބަންދު ކުރުމުގެ ސަބަބުން ސިއްޚީ އަވަސް ފަރުވާ ދޭ ފަރާތްތަކަށް ޒަޚަމްވެފައިވާ ފަރާތްތަކާއި ހަމައަށް ފޯރުމަށް ދަތިވެފައިވާ ކަމަށެވެ.   

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް