ކުރީގެ ބަންޑާރަ ނާއިބު އަހުމަދު މުޢިއްޒު-- ފޮޓޯ/ ވީ ނިޔުސް
ހަބަރު
04 Jul 2023 | 10:54
ހައުސިން މިނިސްޓްރީއަށް ގޯތި ދޫކުރެވޭނެ ގާނޫނީ ހަމައެއް ނެތް: މުޢިއްޒު

ބިމާއި ބެހޭ ގާނޫނުގައިވާ ގޮތުން ހައުސިންގ މިނިސްޓްރީއަށް ގޯތި ދޫކުރެވޭނެ ހަމައެއް ނެތް ކަމަށް ކުރީގެ ބަންޑާރަ ނާއިބު އަހުމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ބިމާ ބެހޭ ގާނޫނުގައިވާ ގޮތުން، ދިރިއުޅުމަށް ގެދޮރު އެޅުމަށާއި، އިމާރާތް ކުރުމަށް، ގޯތި ދޫކުރާނީ، ހައުސިން މިނިސްޓްރީން ކަނޑައަޅައި، އާއްމުކޮށް، ޝާއިޢު ކުރާ އުސޫލުތަކާއި، ކަމާބެހޭ ގަވާއިދުތަކާއި، ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، މިނިސްޓްރީން ކަނޑައަޅާ އުސޫލަކުން އެ ރަށެއްގެ ނުވަތަ ސިޓީ އަކަށް ނިސްބަތްވާ ކައުންސިލަކުން ކަމަށެވެ. 

މިކަމަށް އިޝާރާތް ކުރައްވައި މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބިމާ ބެހޭ ގާނޫނުގެ އެ މާއްދާގައި އެހެން އޮއްވައި، ހައުސިން މިނިސްޓްރީން ގޯތި ދޫކުރެވޭނެ ހަމައެއް ނެތް ކަމަށެވެ. 

ގާނޫނުގައި އެފަދައިން ލިޔެފައިވާ ނަމަވެސް، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ ކަންކަން ކުރަމުން އަންނަނީ ހައުސިންގ މިނިސްޓްރީން ނެވެ. 

އެގޮތުން، އެ ކަމަށްޓަކައި ގުޅީފަޅު ވެސް ހިއްކަން މިހާރު ފަށާފައިވާއިރު، އެކަމުގައި، ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލްގެ އެއްވެސް ބަހެއް ހޯދާފައި ނުވާ ކަމަށް އެ ކައުންސިލުން އަންނަނީ ބުނަމުންނެވެ. އަދި އެފަދަ ކަންކަމުގައި، މި ސަރުކާރުން އަމަލު ކުރަމުން އަންނަނީ ލާ މަރުކަޒީ ގާނޫނާއި ޚިލާފަށް ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. 

ކޮމެންޓް
ހާދީ
އަހަރެމެނަށް ލިބޭނެ ކަމައް ބެލެވޭ ގޯތި ލިބުމާ ދެކޮޅައް ވަކާލާތު ކުރާ ބަޔަކަށް ވޯޓު ޙަރާމުން ޙަރާމުން ޙަރާން.
04 Jul 2023
ޢައިމިނަ
މިކެންދޫ މީހުންނަށާއި ހަތިފުށީ މީހުންނަށް މާލޭ މީހުނަށް ގޯތިދީގެން ހާދަ ބާރެއް އެބައަރައެވެ.
04 Jul 2023
ގުޅޭ ލިޔުންތައް
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.