ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް-- ފޮޓޯ/ މަޖިލިސް
ހަބަރު
04 Jul 2023 | 13:29
ލިސްޓުގައި ނެތް މީހަކަށް ހިޔާ ފުލެޓެއް ނުދެން: ހައުސިންގް މިނިސްޓްރީ

ހިޔާ ފުލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރުނު އިރު، އޭގައި ނެތް އެއްވެސް މީހަކަށް ފުލެޓް ދީފައި ނުވާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ. 

މިނިސްޓްރީން މިފަދައިން ބުނެފައި ވަނީ، ހިޔާ ފުލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރުނު އިރު، އެ ލިސްޓުގައި ނެތް އެއްވެސް މީހަކަށް ފުލެޓް ދީފައިވޭތޯއާއި، ދީފައި ވާނަމަ، އެއީ ކޮން ބަޔަކަށް ކަން ހާމަކުރުމަށް އެދި އަމިއްލަ ފަރާތަކުން އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅި މައްސަލަ އަށް ޖަވާބުދާރީވަމުންނެވެ. 

އެގޮތުން މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވާ ގޮތުގައި، ހިޔާ ފުލެޓް ލިބުނު މީހުންގެ ލިސްޓު ނެރުނު އިރު، އެ ލިސްޓާއި އެކު، ޝަރުތު ހަމަވެފައި، ފުލެޓް ނުލިބޭ މީހުންގެ ލިސްޓަކާއި، އަދި ޝަރުތު ހަމަ ނުވާ މީހުންގެ ލިސްޓެއްވެސް ނެރެފައިވާ ކަމަށެވެ. 

އަދި ފުލެޓް ލިބުނު މީހުންގެ ލިސްޓުގައި ހިމެނޭ މީހުން ފިޔަވައި އެހެން ބަޔަކަށް ފުލެޓް ދިން ތޯ ބެލުމަށް މައުލޫމާތު ސާފުކުރުމަށް އެފަރާތުން ހުށަހެޅުމުން، ހައުސިންގ މިނިސްޓްރީން ދިން ޖަވާބުގައި ވަނީ ލިސްޓުގައި ނެތް މީހަކަށް ފުލެޓް ނުދޭ ކަމަށްވާއިރު، އެއީ އެ ތިން ލިސްޓުގެ ތެރެއިން ކޮން ލިސްޓެއް ކަމެއް މިނިސްޓްރީން ހާމަ ނުކުރާ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވެއެވެ. 

މީގެ އިތުރުން، ފުލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ނަންނެތް ފަރާތްތަކަށް ވެސް ފަހުން ފުލެޓް ލިބިފައިވާކަން ފާހަގަކުރައްވައި މައްސަލަ ހުށަހެޅި ފަރާތުން ވަނީ، މިނިސްޓްރީގެ ޖަވާބުގައި ލިސްޓުގައި ނެތް ފަރާތަކަށް ފުލެޓް ނުދޭ ކަމަށް ލިޔުމުގެ އިތުރުން އެއީ ކޮން ލިސްޓެއް ކަންވެސް އެ ޖަވާބުގައި ހާމަކޮށްދެން ޖެހޭ ކަމަށް ވިދާޅުވެފައެވެ. 

އޭގެ ޖަވާބުގައި މިނިސްޓްރީން ބުނަމުން ދިޔައީ، މައުލޫމާތު ހޯދަން އެދުނު ފަރާތުގެ ސިޓީގައި، "9 ފެބްރުއަރީ 2021 ގައި ނެރެފައިވާ ހިޔާ ފުލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު"ގައި ހިމެނިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފުލެޓް ދިން ތޯ ސުވާލު ކޮށްފައިވާ ކަމަށާ، އަދި މިނިސްޓްރީން ޖަވާބު ދިން އިރު، އެ ސިޓީ އާއި ހަވާލާދީ ޖަވާބު ދީފައިވާ ކަމަށެވެ. ވުމާއެކު، އެ ޖަވާބުގައި އަލުން، "9 ފެބްރުއަރީ 2021 ގައި ނެރެފައިވާ ހިޔާ ފުލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު" އެފަދައިން ނުލިޔެ، ހަމައެކަނި، ލިސްޓުގައި ހިމެނިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތަކަށް ގޯތި ނުދޭ ކަމަށް ބުނި ނަމަވެސް އެ ޖަވާބު ދެވެނީ އެ ސުވާލަށް ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. 

އެހެންނަމަވެސް، ޖަވާބު ހޯދަން އެދުނު ފަރާތުން ވަނީ ކުރިއަށް އޮތް ތަނުގައި، އޭ މައްސަލަ ހިފައިގެން އެހެން ތަނަކަށް ދާއިރު، މިނިސްޓްރީގެ ވާހަކަ ބަދަލު ކުރުމުގެ ފުރުސަތު ނޯންނާނީ އެގޮތަށް ސީދާ ޖަވާބު ބަދަލު ކުރުމުން ކަމަށް ބުނެފައެވެ. އަދި އިންފޯމޭޝަން ކޮމިޝަނަރުވެސް ވަނީ އެކަމަށް އެއްބަސްވެވަޑައިގެންފައެވެ. 

ނަމަވެސް މިނިސްޓްރީން ވަނީ ސިޓީއާއި ހަވާލާ ދެވުމުން، އެ ޖަވާބު ދެވުނީ ސިޓީގައިވާ ސުވާލަށް ކަމަށް ފާހަގަކޮށް، އެ ބަދަލު ކުރުމުގެ ބޭނުމެއް ނެތް ކަމަށް ބުނެފައެވެ. 

އެހެންކަމުން، އިންފޮމޭޝަން ކޮމިޝަނަރު ވެސް ނިންމެވީ، މައުލޫމާތު ހުށަހެޅި ސިޓީގައި އެފަދައިން ވުމުން، އެ ޖަވާބު ދެވެނީ އެ ސުވާލަށް ކަމަށް ނިންމައި މައްސަލަ ނިންމަވާފައެވެ. 

ކޮމެންޓް
މިއަދު
ހައުސިންމިނިސްޓްރީގެ މެންޑޭޓަކީ ކޮބައިކަމާއި ސިޓީ ކައުންސިލްގެ މެޑޭޓްއަކީ ކޮބައިކަން މިވަނީ އޮޅިފަ ލާމަރުކަޒީ ގާނޫނަކީ ހަމައެކަނި ރަށްފުށުގާނޫނެއްގެ ސިފަޖެހެމުންދާތަންމިފެންނަނީ މިއެތި ކަޑަދޯ
04 Jul 2023
ގުޅޭ ލިޔުންތައް
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.