ހަމަލާތަކަށްފަހު ޖެނީން ސިޓީގެ ގެއެއް. ފޮޓޯ: ޓްވިޓަރ
ހަބަރު
04 Jul 2023 | 15:49
ޖެނީންގެ ޙާލަތު: 10 މީހަކު ޝަހީދުވެ، 3000 މީހުން ޖެނީންއިން ބޭރަށް ގެންގޮސްފި

ފަލަސްޠީނުގެ ޖެނީން ސިޓީއަށް އިޒްރާއިލްގެ ސިފައިން ވައިގެ މަގުންނާއި ބަޑިން ދިން ހަމަލާތަކުގެ ސަބަބުން މިހާތަނަށް 10 މީހަކު ޝަހީދުވެފައިވާއިރު ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން 3000 އެއްހާ މީހުން އެހެން ސަރަހައްދުތަކަށް ގެންގޮސްފިއެވެ.

ޖެނީންގައި އިޒްރާއިލުން ހިންގި ޖަރީމާގައި 10 މީހަކު ޝަހީދުވެފައިވާއިރު، ރާމައްﷲގައި ވެސް ވަނީ މީހަކު ޝަހީދު ކޮށްލައިފައެވެ. ޖެނީން ސިޓީގައި ޝަހީދުވި 10 މީހުންގެ ތެރޭގައި ކުޑަ ތިން ކުއްޖަކުވެސް ހިމެނެއެވެ.

ފަލަސްޠީނުގެ ރެޑް ކްރޮސެންޓުން ބުނެފައިވަނީ 14000ހާ މީހުން ދިރިއުޅޭ ޖެނީން ސިޓީ އިން 3000 މީހުން ރައްކާތެރި ކަން ހޯދައި ދިނުމުގެ ގޮތުން އެ ސިޓީ އިން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ.

ޢުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ހޯދައި ދިނުމަށް ޖެނީން ގެ ހޮސްޕިޓަލްތަކަށް ގެންދިޔުމުން އިޒްރާއިލްގެ ސިފައިންވަނީ ހޮސްޕިޓަލުތަކަސް ކަރުނަ ގޭސް ޖަހައި ފައި ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ޖެނީންގެ ޙާލަތާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން ފަލަސްޠީނުގެ ހެލްތް މިނިސްޓަރ މައި އަލް ކައިލާ ވިދާޅުވެފައިވަނީ ޖެނީންގެ ހާލަތު ވަރަށް ގޯސް ކަމަށެވެ. ދިމަވެފައި ވަނީ ދަތި އަދި އުނދަގޫ ހާލަތެއް ކަމަށެވެ.

އެގޮތުން  ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރާއިލް ސިފައިން ދިން ހަމަލާ ތަކުގެ ސަބަބުން ފެނާއި ކަރަންޓު ފަދަ އަސާސި ޚިދްމަތްދޭ އިމާރާތްތަކަށް ގެއްލުންވުމުގެ ސަބަބުން އެ ޚިދުމަތްތައް ދިނުމަސް ދަތިވެފައިވާ ކަމަށެވެ. އަދި މިކަން ޚާއްސަ ކޮށް ދިމަވެފައިވަނީ ޖެނީންގެ ރެފިޔުޖީ ކޭމްޕުގައި ކަމަށް މައި އަލް ކައިލާ ވިދާޅުވެފައިވެއެވެ.

އަލް ޖަޒީރާއަށް މައުލޫމާތު ދެއްވަމުން ކައިލާ ވިދާޅުވެފައިވަނީ އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާ މީހުން ހޮސްޕިޓަލުތަކިގައި ތޮއް ޖެހިފައިވާ ކަމަށާއި، މަގުތައް ބަންދުކުރުމާއި އާމާންކަން ނެތުމުގެ ސަބަބުން ސިއްޚީޚިދްމަތް ތެރިންނަށް ހޮސްޕިޓަލްތަކަށް އާދެވޭނެ ގޮތް ނެތިފައިވާކަމަށެވެ.

ޖެނީންއަށް ދެމުންދާ ހަމަލާތަކާއި ޖެނީންގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް އަޑު އުފުލުމަށް ފަލަސްޠީނުގެ ރައްޔިތުންދަނީ މުޒާހަރާ ކުރަމުންނެވެ.

މިމުޒާހަރާތަކުގައި ފަލަސްޠީނުގެ ޒުވާނުން ދަނީ އިޒްރާއިލްގެ ސިފައިންނާއި ކުރުމަތިލަމުންނެވެ. އެގޮތުން ފަލަސްޠީނުގެ ޒުވާނުންދަނީ އޮއްގަލުންނާއި އަލިފާނުން ބޮންހަދައި އިޒްރާއިލްގެ ސިފައިންނަށް ހަމަލާދެމުންނެވެ. އޭގެ ރައްދުގައި އިޒްރާއިލް ސިފައިން ރަބަރު އުންޑަޔާއި ކަރުނަ ގޭހުން ދަނީ ފަލަސްޠީނުގެ ޒުވާނުންނަށް ހަމަލާދެމުންނެވެ.

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ގިނަ އަވައްތަކަކުން ވަނީ ޖެނީންގެ ޙާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށް މުޒާހަރާއަށް ނުކުމެފައެވެ. މުޒާހަރާއަށް ނުކުމެ އިޒްރާއިލް ސިފައިންނާއި ކުރިމަތިލަމުންދާ ޒުވާނުންގެ ތެރެއިން އެކަކު ވަނީ ވަރަށް ބޮޑަށް ޒަޙަމްވެފައި ކަމަށް އަލްޖަޒީރާގައި ވަނީ ބުނެފައެވެ. އަދި އޭނާ އަށް ހޮސްޕިޓަލުގައި ފަރުވަ ދެމުންދާއިރު އެތައް ބަޔަކަށް ކަރުނަ ގޭހުގެ އަސަރުކޮށްފައި ވާކަމަށްވެސް ވަނީ ބުނެފައެވެ.

ހޯމަދުވަހުގެ ރޭ އިޒްރާއިލް ސިފައިން މިލިޓަރީ ރެއިޑްގެ ނަމުގައި 1000 ވުރެ ގިނަ ސިފައިންނާއި ފުލުހުން އަދި ޒަމާނީ ހަތިޔާރުތަކާއި އެކު ފެށި ރެއިޑު އަދިވެސް ނިންމައިލައި ފައެއް ނުވެއެވެ. މި ރެއިޑުގައި 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

އަދި އިޒްރާއިލް ސިފައިންވަނީ ފަލަސްޠީނުގެ އެތައް ބަޔަކު ހައްޔަރުވެސް ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް