ފޮޓޯ/ އިންޓާރނެޓް
ހަބަރު
04 Jul 2023 | 16:15
ކީރިތި ގުރުއާނަށް އޮތް ލޯބި ދައްކައި، އިރާގުގެ ޓީމަކުންނާއި، ސަޕޯޓަރުން ސްވިޑެން އަށް ވަރުގަދަ ރައްދެއް!

ސްވިޑެން އިން ބޭއްވި ކީރިތި ޤުރުއާން އެންދުމުގެ ހަރަކާތާއި ރައްދުދީ، އިރާގުގެ ފުޓުބޯޅަ ޓީމަކާއި، ސަޕޯޓަރުން، ގުރުއާން އަށް އޮތް ލޯބި ދައްކާލައިފިއެވެ. 

އެގޮތުން، ވެރިރަށް ބަގުދާދުގައި، އަލް ޝޯޓާއި، އަލް ޤަސިމް ޓީމާއި ދެމެދު ކުޅެވުނު މެޗު ފެށުމުގެ ކުރިން، ކުޅުންތެރިންނާއި އޮފިޝަލުން ކީރިތި ޤުރުއާން މުސްޙަފެއް ހިފައިގެން ފޮޓޯ ނަަގައި، މުސްހަފަށް ބޮސްދޭ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ވަނީ ވައިގައި ހިފާފައެވެ. 

ކުޅުންތެރިންގެ އިތުރުން މެޗަށް ސަޕޯޓް ކުރުމަށް ދަނޑަށް ވަދެ ތިބި މީހުން ވަނީ "ގުރުއާނަކީ ނިމުމެއް ނުވާ ގާނޫނެއް ކަމަށާ، އެ ގުރުއާން ރައްކާކޮށް، ގުރުއާނުގެ ދިފާއުގައި ނުކުތުމަކީ މުސްލިމުންނަށް ވާޖިބެއް" ކަމަށް ލިޔެފައިވާ ބެނާ ދަމާފައެވެ. 

އަޟުހާ ޢީދު ދުވަހު، ޢިރާޤުން ސްވިޑެން އަށް ހިޖުރަ ކޮށް ސްވިޑެންގައި ދިރިއުޅެމުންދާ ސަލްވާން މޮމިކާ ނަމަކަށް ކިޔާ މީހަކު ވަނީ ސްޓޮކްހަމްގެ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައި ކީރިތި ޤުރުއާން މުސްޙަފެއްގެ ތެރެއަށް އޫރުމަސް އަޅައި, ގުރުއާންއަށް އިހްތިރާމް ކުޑަކޮށް މުސްހަފުގައި އަލިފާން ރޯކޮށްލައިފައެވެ.

އެކަން އޭނާ ކުރި އިރު، ސްވިޑެން ގެ ސަރުކާރުގެ ފުލުހުން ތިބީ އޭނާ އަށް ހިމާޔަތް ދިނުމަށް އޭނާ ހުރި ސަރަހައްދު ބަންދު ކޮށްގެން، އެތަނުގެ ސެކިޔުރިޓީންގެ ގޮތުގައެވެ. އަދި މުސްހަފު ރޯކުރުން ހުއްޓުވަން ދިޔަ މީހުންނަށް ހުރަސް އަޅައި އެކަކު ފުލުހުން ހައްޔަރުވެސް ކުރިއެވެ.

އެކަމާއި ދެކޮޅަށް ގިނަ ގައުމުތަކުން އަޑު އުފުލާފައި ވާއިރު އެންމެ ބޮޑަށް ދެކޮޅު ހަދައި، އިހުތިޖާޖު ކޮށްފައިވަނީ، އިރާގުންކަން ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.