ފަގީރެއްގެ ގަޔަށް ކުޑަކަމުދިޔަ ކަމަށްބުނާ ޕްރަވޭޝް ޝުކްލާ. ފޮޓޯ: އެމްޕީ ޓަކް
ހަބަރު
05 Jul 2023 | 16:08
ބީޖޭޕީގެ މެމްބަރަކު އިންޑިޔާގެ ފަގީރެއްގެ ގަޔަށް ކުޑަކަމުދާ މަންޒަރު ޢާންމުވެއްޖެ

އިންޑިޔާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ މެމްބަރަކު އިންޑިޔާގެ ފަގީރެއްގެ ގަޔަށް ކުޑަ ކަމުދާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއް ޢާންމުވެއްޖެއެވެ.

މިކަން ހިނގާފައިވަނީ އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ ސިއްދީ ޑިސްޓްރިކް ގައެވެ. މި ވީޑިއޯގައި ފެންނަ ބީޖޭޕީގެ މެމްބަރަކީ ބީޖޭޕީގެ ލީޑަރެއް ކަމަށްވާ ޕްރަވޭޝް ޝުކްލާ ކަމަށް އިންޑިޔާގެ ނޫހެއް ކަމަށްވާ ޓައިމްސް ނައު ގައި ބުނެފައިވެއެވެ.

އެނޫހުގައި އިތުރަށް ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ މީގެ ނުވަ ދުވަސްކުރިން ކަމަށެވެ. އަދި ވީޑިއޯ މިހާރު ވައިރަލް ވަމުންދަނީ ކަމަށެވެ. އަދި އެކަން ކުރި އިރު ޕްރަވޭޝް ޝުކްލާ ހުރީ ރާބޮއެގެން މަސްތުގެ ޙާލަތުގައި ކަމަށެވެ.

މި ކަމާއި ގުޅިގެން ކޮންގްރެސް އިން ދަނީ ބީޖޭޕީއަށް ބަހުގެ ހަމަލާތައް ދެމުންނެވެ. އެގޮތުން ކޮންގްރެސްގެ ސްޕޯކްސްޕާސަން އައްބާސް ހަފީޒް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އިންޑިޔާގެ ގަބީލާތަކުގެ މީހުންގެ ކުރިއެރުމާއި ގުޅޭ ގޮތުން ވާހަކަ ދައްކާ ބީޖޭޕީގެ ލީޑަރު މިފެންނަނީ ގަބީލާއެއްގެ ފަގީރު ކުއްޖެއްގެ ގަޔަށް ކުޑަކަމުދާ މަންޒަރުކަމަށެވެ.

އިންޑިޔާގެ އެމްއެލްއޭ އެއް ކަމަށްވާ ކޭދަރް ނާތް ޝުކްލާ ބުނެފައިވަނީ މި ޢަމަލު ކުށްވެރިކުރާ ކަމަށާއި މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ގަބީލާތަކުގެ މީހުންނަށް އޭނާގެ ހިތުގައި އޮތް ލޯތްބަކީ އެއީ ތޯ ވަނީ ސުވާލުކޮށްފައެވެ. އޭނާ ބުނެފައިވަނީ މިއީ ޖަންގަލީގެ އުސޫލު ކަމަށެވެ. އަދި އެކަން ކުރި ބީޖޭޕީ ލީޑަރު ހައްޔަރު ނުކުރަނީ ކީއްވެގެންތޯ ވެސް ވަނީ ސުވާލުކޮށްފައެވެ.

މި ވީޑިއޯ ޢާންމު ވުމަށްފަހު މަދްޔަ ޕްރަދޭޝްގެ ޗީފް މިނިސްޓަރ ޝިވްރާޖް ސިންހް ޗައުހާން ބުނެފައިވަނީ މިކަން ކުރި މީހާއަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އޭނާ ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ އެކަން އޭނާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެޢަމަލު ކުރި މީހާ ހައްޔަރުކުރަން ކަމާއިބެހޭ ފަރާތްތަކަށް އަންގައިފައިވާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް