ރިކާޑޯ ދޯނި އަޑިޔަށް ގޮސްފައި
ހަބަރު
05 Jul 2023 | 20:47
މަހިބަދޫ މުދާ އުފުލާ ދޯނި އެއްކޮށް އަޑިއަށް ގޮސްފި!

މާލެއިން ފުރައިގެން އދ.މަހިބަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓު، އެއްކޮށް އަޑިއަށްގޮސްފައިވާ ކަަމަށް ފުލުހުން ބުނެފިއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލެއިން ފުރައިގެން މަހިބަދޫ އަށް ދަތުރު ކުރަމުންދިޔަ، ރިކާޑޯ ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓު, އަލިހުރަސް ކަނޑުން އަޑިއަށްދާ ކަމަށް މިރޭ މައުލޫމާތު ލިބުމާއި ގުޅިގެން، މަހިބަދޫ ފުލުހުންގެ ލޯންޗު އެ ސަރަހައްދަށް ގޮސް، ދޯނީގައި ތިބި 8 ފަޅުވެރިން ފުލުހުންގެ ލޯންޗަށް ނަގާފައިވާ ކަމަށެވެ. 

އަދި އެމީހުން ފުލުހުންގެ ލޯންޗުގައި މަހިބަދޫ އަށް ގެންގޮސްފައިވާ ކަމަށާ ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. 

މިއާއެކު މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދޯނި އެއްކޮށް އަޑިއަށް ގޮސްފައިވާ ކަމަށެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންނާއި މަހިބަދޫ ދޯންޏަށް އެ ސަރަހައްދަށް ދެވުނު އިރުވެސް ދޯނި ވަނީ އެއްކޮށް އަޑިއަށް ގޮސްފަ އެވެ. އަދި ދޯނީގެ ފަޅުވެރިން ގާތްގަނޑަކަށް ގަޑިއެއްހާއިރު ވަންދެން ކަނޑުގައި ތިބެން ޖެހުނު ކަމަށްވެސް އެރަށުން ވޮއިސް އަށް މައުލޫމާތު ދިން ފަރާތެއް ބުނެފައިވެއެވެ. 

އެ ދޯންޏަކީ އެ ރަށު ވިޔަފާރި ތަކުގެ މުދާ އުފުލާ ބޯޓަކަށް ވާއިރު، ދޯނި އަޑިއަށް ގޮސްފައިވަނީ މުދާ ތަކާއިވެސް އެކުގައި ކަމަށް މައުލޫމާތު ލިބެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.