މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުޢިއްޒު-- ފޮޓޯ/ ވޮއިސް
ހަބަރު
06 Jul 2023 | 09:01
މާލޭގެ މޭޔަރު މުއިއްޒު ނޫން މީހަކަށް، މާލެ ރައްޔިތުންނަށް ގޯތި ނުދެވޭނެ: ރައީސް ނަޝީދު

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ނޫން އެހެން އެއްވެސް ބޭފުޅަކަށް މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ގާނޫނީ ހައިސިއްޔަތު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ނަޝީދު މިފަދައިން ވިދާޅުވީ، އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން އިސްވެ ހުންނަވައި އަލަށް އުފައްދަން އުޅުއްވާ "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން އެދި ގޮވަމުންދާ ގިނަ ކަންކަން ހުރި ކަމަށެވެ. އެގޮތުން، ރަށްރަށާއި ސިޓީ ތަކުގެ ކައުންސިލަރުންނާއި މޭޔަރުން އެދެމުންދިޔައީ ލާ މަރުކަޒީ ނިޒާމުގެ ދަށުން ސަރުކާރުން ކަންކަން ނިންމުމަށް ކައުންސިލް ތަކަށް ބާރު ދިނުން ކަމަށް ކަން ނަޝީދު ފާހަގަކުރެއްވިއެވެ. 

"ލާ މަރުކަޒީ ނިޒާމުގެ އަސާސަކީ، ތިމަންނާގެ ރަށުގައި، ތިމަންނަގެ އިހްތިސާސްގައިވާ ތަކެއްޗަކީ ތިމަންނަގެ މިލްކިއްޔާތެކޭ. ތިމަންނަގެ މުދަލޭ. އެ މުދާ އެހެން މީހަކު އައިސް ދިނުން، އެ މުދާ ވިއްކާން އެހެން މީހަކު އުޅުން އެއީ، އަޅުގަނޑުމެން ބައްޓަންކުރި، ބިނާ ކުރި, ލާ މަރުކަޒީ ނިޒާމް ބުނާ ގޮތެއް ނޫން."

ރައީސް މުހައްމަދު ނަޝީދު 

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/ ވޮއިސް

"އަޅުގަނޑުމެން މިރޭ ހިތްހަމަ ޖެހުނަސް ނުޖެހުނަސް މާލޭގެ މޭޔަރު މުއިއްޒު ނޫން ބޭފުޅަކު މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ގާނޫނީ ހައިސިއްޔަތެއް ނެތް. މާލޭގެ ރައްޔިތުންނަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ތެރެއިން އެންމެ ގިނަ ނިކަމެތި ރައްޔިތުން އުޅޭ ތަން. ވަންނާނެ ތަނެއް ނެތް. ބޯހިޔާވަހިކަމެއް ނެތް. ހަމައަށް ތިން އިރު ނުކައި ގެވެހި އަނިޔާއާއި ޑްރަގްސްގެ ވަބާއާއި ގޭންގް މާރާމާރީ އެ މީހުންގެ ގެތައް އެތިބީ ދަންތުރައަކަށް ވެފައި" 

ރައީސް މުހައްމަދު ނަޝީދު 

ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންނަށާއި، އެހެން އެންމެނަށްވެސް ހަމަހަމަވާ ގޮތުގައި ގޯތި ދޭންޖެހޭ ކަމަށެވެ. އަދި މާލޭގައި ދިރިއުޅެމުންދަނީ ނުހަނު ނިކަމެތި ބައެއް ކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، އެއްވެސް ވެރިއެއްގެ ސިޔާސީ ބޭނުމަށްޓަކައި ރައްޔިތުންނަށް އޮޅުވާލުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. 

"ވަންނާނެ ތަނެއް ނެތް. ދަރިންނާ އަޅާލެވޭނެ ގޮތެއް ނެތް. ދެން ކެވޭނެ ގޮތެއް ނެތް. މެދަށް ހުރި ދަރި ގޭންގަކަށް ވަދެއްޖެ. ދޮށީ ދަރި ގޭންގްގެ ވަބާގައި. އަންހެން ދަރި ގެވެށި އަނިޔާގައި. ދެން އޭނާގެ ވޯޓު ގަނެލުމަށްޓަކައި ގޯއްޗެއް ދޭނަމާ ކިޔާ ދޮގު ހެދުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން. އަދި އެކަން ކުރާ މީހަކަށް އެއްވެސް ހާލެއްގައި މާފެއް ވެސް ނުދެވޭނެ." 

ރައީސް މުހައްމަދު ނަޝީދު 

ނަޝީދު އިތުރަށް ވިދާޅުވީ މާލޭގަ ރައްޔިތުން އިންތިހާއަށް ބޭނުންވެފައިވާ ކަންކަން ހުރި ކަމަށެވެ. އެގޮތުން، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ދިނުމަށް ތަކުރާރުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ އަރިހުން އެމަނިކުފާނު ދެންނެވި ކަމަށާ، އެހެން ނަމަވެސް، ވެރިކަން ކުރައްވާތާ 5 އަހަރު ވެގެންދިޔައިރުވެސް، އެންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަން ފޯރުކޮށްނުދެއްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.