މުހައްމަދު އިސްމާއިލް-- ފޮޓޯ/ ވޮއިސް
ހަބަރު
06 Jul 2023 | 11:36
މުހައްމަދު އިސްމާއިލް ރައީސް ނަޝީދަށް: ގައުމީ ލީޑަރަކާ ލާހޫރޭ ލީޑަރެއްގެ ތަފާތު ވަަރަށް ބޮޑުވާނެ

ގައުމީ ލީޑަރަކާ "ލާހޫރޭ" ލީޑަރެއްގެ ތަފާތު ވަަރަށް ބޮޑުވާނެ ކަމަށް ބުނެ ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއާރ މުހައްމަދު އިސްމާއިލް ބަހުގެ ހަމަލާތަކެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރައްވައިފިއެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ޣިޔާސުއްދީން ސްކޫލްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއި ޔާމީން ކުރިމަތިނުލައްވައި ދެ ބޭފުޅުން އެކުގައި ބާރަށް މަސައްކަތް ކުރައްވައިގެން ރައްޔިތުން އެދޭ ގޮތް ހޯދައިދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ. 

އެކަމާއި ނުރުހުން ފާޅުކުރައްވައި، މުހައްމަދު އިސްމާއިލް ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ, ޕީޕީއެމް / ޕީއެންސީގެ 2023 ގެ ރިޔާސީ ޓިކެޓް ވަނީ ރައީސް ޔާމީން އަބްދުލްގައްޔޫމާ ހަވާލުކުރެވިފައި ކަމަށެވެ.

އަދި ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަކުރުން، ނުވަތަ ނުކުރުން އެއީ އެމަނިކުފާނުގެ އަމިއްލަ ނިންމުން ކަމަށާ، ރައީސް ޔާމީން ކަންކުރަންވާ ގޮތް ނަޝީދު ކިޔައިދެއްވުމަކީ ހަޑި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

"ނަޝީދުއާ ޔާމީން އަކީ ދެފިކުރެއް. ގައުމީ ލީޑަރަކާ ލާހޫރޭ ލީޑަރެއްގެ ތަފާތު ވަަރަށް ބޮޑުވާނެ" މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. 

ރޭ ޑިމޮކްރެޓްސް އިން ބޭއްވި ޖަލްސާގައި ރައީސް ޔާމީންއަށް ތައުރީފް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ޔާމީންއަކީ ހަމައެކަނި ފަސް އަހަރު ވެރިކަން ކުރެއްވި ބޭފުޅެއް ނޫން ކަމަށާއި ވަޒީރު ކަމާއި މަޖިލިސް މެމްބަރުކަމާއި އަދި އެތައް ހިދުމަތްތަކެއް ގައުމަަށް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި މި އިންތިހާބަށް އަޅުގަނޑުމެން ދެ މީހުން ވެސް ކުރިމަތިނުލާންވީ، އަޅުގަނޑުމެން ދެ މީހުން އެކުގައި ބާރަށް މަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން އެދޭ ގޮތެއް ހޯދައިދޭންވީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ މި ވާހަކަ އާއި ގުޅިގެން ޕީޕީއެމް/ ޕީއެންސީގެ ގިނަ ބޭފުޅުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. 

ކޮމެންޓް
ޓުކު ޓުކު
ތިޔަ މީހާު ކިހިނެބާ؟ގުދޯ ގުދޯ ނުގޮވާ
06 Jul 2023
ތާޑީ
ގައުމީ ލީޑަރު އިންނަވަނީ. ޖަލުގެކޮލުގަ ވަަންކަންފުޅު ކުރައްވައިގެން. ލާހޫރޭ ލީޑަރޭ ރައްޔިތުންނަށް ކަމެއް ކޮއްދީފަ އޮތީ
06 Jul 2023
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.