ެެއިދިކޮޅުގެ ޕްރެސް ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ވޮއިސް
ހަބަރު
06 Jul 2023 | 12:27
ކެންޑިޑޭޓަކީ ރައީސް ޔާމީން، ކޮމަން ކެންޑިޑޭޓަކާއި ދޭތެރޭ ނުވިސްނަން: ޕީޕީއެމް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު ކަމަށާއި، ކޮމަން ކެންޑިޑޭޓަކާއި ދޭތެރޭ އެ ޕާޓީން ވިސްނުން ނުގެންގުޅޭކަމަށް ޕީޕީއެމުން ބުނެފި އެވެ. 

ޕީޕިއެމުން ރިޔާސީ އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ޕީޕީއެމުން ދަ ޑިމޮކްރެޓްސްއާއި އެކު މަޝްވަރާތައް ކުރިއަށް ގެންދާއިރު، ދެ ޕާޓީއަށް ވެސް ޤަބޫލުކުރެވޭ ކޮމަން ކެންޑިޑޭޓެއް ނެރުމާއި ދޭތެރޭ ޕީޕީއެމްގެ ޚިޔާލަކީ ކޮބައިތޯ ސުވާލުކޮށްފަ އެވެ. އަދި އެފަދައިން އަމަލުކުރުމާއި ދޭތެރޭ ރައީސް ޔާމީން ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ސުވާލުކޮށްފަ އެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ ޕީޕީއެމުން ވާނީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމިން ކަމުގައި ކަނޑައަޅައި އެމަނިކުފާނަށް ޓިކެޓު ވެސް ހަވާލުކޮށްފައި ކަމަށެވެ. 

ރައީސް ޔާމީން މި އިންތިޚާބުގައި ވާދަކުރައްވާ އެއްބުރުން އިންތިޚާބު ކާމިޔާބު ވެސް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށާއި، މި ހާލަތުގައި އެމަނިކުފާނު ނޫން ކޮމަން ކެންޑިޑޭޓެއް ނެރުމުގެ ވިސްނުން ޕީޕީއެމްގެ ވެސް އަދި ރައީސް ޔާމިނުގެ ވެސް ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"އެއް ކެންޑިޑޭޓެއްގެ ވާހަކަ އަޅުގަނޑުމެން ނުދައްކަން. އަޅުގަނޑުމެން މިތިބީ ކެންޑިޑޭޓެއް ދައްކައިގެން. އެއީ ރައީސް ޔާމީން. އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުމަކު ނެތް އަނެއްކާ އަޅުގަނޑުމެން ރައީސް ޔާމިނުގެ ނަން ނަގާފައި އިތުރު ކެންޑިޑޭޓަކު ލައިގެން އެކަން ކުރުމުގެ ވިސްނުމެއް"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ މިވެރިކަން ބަދަލުކުރަން ޖެހޭކަމަށް ގިނަ ސިޔާސީ ޕާޓީތަކުން ޤަބޫލުކުރައްވާ ކަމަށެވެ. 

އެ ޕާޓީތަކާއެކު ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކުގައި އެކަން ސާފުވެގެން ގޮސްފައިވާ ކަމަށާއި، އެ މަގްސަދު ހާސިލްކުރުމަށް އެންމެ ރަނގަޅު ގޮތަކީ ޕީޕީއެމްގެ ފަހަތަށް އަރާ ވަޑައިގެން ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެނައުންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެނައުމަކީ ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.