ެމެމްބަރު ތާރިގު ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: އިންޓަނެޓް
ހަބަރު
06 Jul 2023 | 12:45
ޞާލިހުގެ ވެރިކަން ބަދަލުކަން ދަ ޑިމޮކްރެޓްސްއިން ތާއީދުކުރަންވީ ރައީސް ޔާމިނަށް: ތާރިގު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ބަދަލުކުރަން ދަ ޑިމޮކްރެޓްސް އިން ވެސް ތާއީދުކުރަންވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ. 

ތާރިގު މިފަދައިން ވިދާޅުވެފައިވަނީ މި ވެރިކަން ބަދަލުކުރުމަށް ގިނަ ސިޔާސީ ޕާޓީތަކެއް ގުޅިގެން "ކޮމަން ކެންޑިޑޭޓެއް" ނެރުމަށް ތާއީދުކުރާކަމަށް ދަ ޑިމޮކްރެޓްސްއިން ބުނުމާއި ގުޅިގެން އުފެދިފައިވާ ބަހުސުގައި ކުރެއްވި ޓްވީޓެއްގަ އެވެ. 

ވެރިކަން ބަދަލުކުރުމަށްޓަކައި ކޮމަން ކެންޑިޑޭޓެއް/ އެއް ކެންޑިޑޭޓު ނެރުމަކީ ޔަގީން ފޯމިއުލާއެއްކަމަށް ތާރިގު ވިދާޅުވި އެވެ. އަދި ރައީސް ޔާމިނަކީ ޤައުމަށް އެތަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ލީޑަރެއްކަމަށް އެންމެން އިއްތިފާގުވާއިރު، ދަ ޑިމޮކްރެޓްސް ރައީސް ޔާމިނަށް ތާއީދުކޮށް ޕީޕީއެމް ފަހަތަށް އަރައިފިނަމަ ރިޔާސީ އިންތިޚާބުން ރައީސް ޞާލިހު ބަލިކުރެވޭނެކަމަށް ތާރިގު ވިދާޅުވި އެވެ. 

"އެއް ކެނޑިޑޭޓް ފޯމިލާ އެބައޮތެވެ. އެއީ އެއްބުރުން އިބޫ ނޫންގޮތެއް ހޯދުމުގެ ފޯމިއުލާއެވެ. ޔަޤީންކަމާއެކު ވެރިކަން ބަދަލުކުރާނެ ގޮތެވެ. އެންމެން އިއްތިފާޤުވާ ޚިދުމަތްތެރި ލީޑަރު، ރައީސް ޔާމިނަށް ޑިމޮކްރެޓްސް ތާއިދުކޮށް، ދިވެހީންގެ ރާއްޖެ، ދިވެހިންނަށް ހޯދުމެވެ"

މެމްބަރު އަހުމަދު ތާރިގު

ތާރިގު މިފަދައިން ވިދާޅުވެފައިވާއިރު، ޕީޕީއެމުން ވެސް ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމިނު ކަމަށާއި، ކޮމަން ކެންޑިޑޭޓަކާއި ދޭތެރޭ އެ ޕާޓީން ނުވިސްނާ ކަމަށް ބުނެފައެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާބޮޑު ގޮތަކީ ރައީސް ޔާމިނަށް ތާއީދުކޮށް ޕީޕީއެމް ފަހަތަށް އެރުން ކަމަށާއި، ޕީޕީއެމާއި ގުޅިގެން މަސައްކަތް ކުރުމަށް ދައުވަތުދޭކަމަށް ޕާޓީގެ ލީޑަޝިޕުން ވެސް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.