ރައީސް ޔާމީނުގެ އަރިހުގައި ޑރ ޖަމީލު/ ފޮޓޯ: ދައުރު
ހަބަރު
06 Jul 2023 | 13:28
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން، އެކަމަކަށް އިތުރަށް ބަހެއް ނުކިޔޭނެ: ޑރ ޖަމީލު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުކަމަށް އޮތީ ކަނޑައަޅާފައި ކަމަށާއި، އެކަމާއި ގުޅިގެން އިތުރު ފަރާތްތަކަށް ބަހެއް ނުކިޔޭނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ދަ ޑިމޮކްރެޓްސް އުފައްދާ ބޭއްވި ފުރަތަމަ ގައުމީ ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ރައީސްގެ މަޤާމުގައި ހުންނަވާ ޕާޓީން ވަކިވެ ވަޑައިގެން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން ނެވެ. 

ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބުން ރައީސް ޞާލިހު ބަލިކުރުމަށް އެންމެ ރަނގަޅު ގޮތެއްކަމަށް ދެކިވަޑައިގަންނަވަނީ ރައީސް ޔާމީން އިންތިޚާބުގައި ވާދަނުކުރެއްވުން ކަމަށެވެ. އަދި އެމަނިކުފާނާއެކު މަސައްކަތްޕުޅު ކުރެއްވުން ކަމަށެވެ. 

ރައީސް ޔާމިނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުކަމަށް ކަނޑައަޅާފައިވަނީ ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޖޮއިންޓު ސެނެޓުގެ އިއްތިފާގުންނެވެ. އެފަހުން އެ ކޯލިޝަނުން ވަނީ ރަސްމީކޮށް ރައީސް ޔާމިނަށް ޓިކެޓު އަރުވާފައެވެ. އަދި އެމަނިކުފާނު ވަނީ ޓިކެޓު ޤަބޫލުފުޅުވެސް ކުރައްވާފަ އެވެ. 

އެކަމަށް އިޝާރާތްކުރައްވާ، ނަޝީދުގެ އެ ވާހަކަތަކަށް ރައްދުދެއްވަމުން ޑރ ޖަމީލު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅާފައި ވަނިކޮށް، އެކަމާއި ގުޅިގެން އެހެން ފަރާތްތަކަށް ބަސް ވިދާޅުނުވެވޭނެ ކަމަށެވެ.

"ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރ. ޔާމީން. އެެއްވެސް ފަރާތަކަށް އެކަމުގައި ބަސް ނުބުނެވޭނެ"

ކުރީގެ ނައިބު ރައީސް ޑރ ޖަމީލު

ޑރ ޖަމީލު އިތުރަށް ވިދާޅުވީ ރައީސް ޔާމިނު ރާއްޖޭގައި ވެރިކަން ކުރެއްވި ފަސް އަހަރަކީ ދިވެހިރާއްޖެއަށް ތަރައްގީއާއި ކުރިއެރުން ގެނެސްދެއްވި ފަސް އަހަރުކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާނެފަދަ ކަންކަމަށް ފުރުސަތު ނުދެއްވާ ވެރިކަން ކުރެއްވި ކާމިޔާބު ފަސް އަހަރުކަމަށެވެ. 

ޕީޕިއެމް އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވެފައި، އެ ޕާޓީން ކެންޑިޑޭޓެއް ނެރުމުން، އެހެން ފަރާތްތަކަށް އެކަމަށް ބަސްކިޔުމުގެ ހައްގު ލިބިގެން ނުވާކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.