އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
06 Jul 2023 | 15:10
ރައީސް ޞާލިހު މިހާރު ހުރީ ވަރަށް ބޮޑަށް އެކަނިވެ ނިކަމެތިވެފައި: އިދިކޮޅު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މިއަދު ހުންނެވީ ވަރަށް ބޮޑަށް އެކަނިވެ ނިކަމެތިވެފައިކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ. 

ޕީޕީއެމުން ރިޔާސީ އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ މި ވެރިކަން ބަދަލުކުރުމަށް ގިނަ ސިޔާސީ ޕާޓީތަކުން ބޭނުންވާ ކަމަށެވެ. 

ރައީސް ޞާލިހަކީ ގިނަ ސިޔާސީ ޕާޓީތަކެއް ގުޅިގެން އުފެއްދި ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއް ނަމަވެސް މިހާރު އެމަނިކުފާނު ހުންނެވީ ވަރަށް ބޮޑަށް އެކަނިވެ ބަލިކަށިވެފައިކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ރައީސް ޞާލިހު އެހާބޮޑަށް ނިކަމެތިވީ އެމަނިކުފާނު ގައުމަށް ގައްދާރުވުމުންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"އިބްރާހިމް މުޙައްމަދު ޞާލިހު ވަރަށް ނިކަމެތިކޮށް ހުރި ބޭފުޅެއް މިއަދު އެއީ. އެ ނިކަމެތިކަމުގެ ހަމްދަރުދީއެއް އަޅުގަނޑުމެންގެ ނެތޭ. އެއީ ނިކަމެތިވާން ޖެހުނީ ގައުމަށް ގައްދާރުވީމަ. ދެން އަޅުގަނޑުމެން ގަބޫލުކުރާ ގޮތަކީ މި ވެރިކަން ބަދަލުކުރަން އެންމެ ފަސޭހަ ގޮތަކީ ރައީސް ޔާމިނު މި އިންތިޚާބުގައި ވާދަކޮށްގެންނޭ" 

ޕީއެންސީގެ ރައީސް އަބްދުއްރަހީމް

އެކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ މިހާލަތުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމާއެކި އެކު ނިކުމެ ވަޑައިގެން މި ވެރިކަން ބަދަލުކުރުމަކީ ވަރަށް ފަސޭހަފުޅު ކަމެއް ކަމަށެވެ. 

ރައީސް ޔާމިނު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެއްބުރުން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށާއި، އެމަނިކުފާނުގެ ފަހަތްޕުޅަށް އަރާވަޑައިގެން އިންތިޚާބު ކާމިޔާބު ކުރުމުގެ މަސައްކަތް ކުރުމަކީ އެންމެ ފައިދާ ބޮޑު ގޮތްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ރައީސް ޞާލިހު މިއަދު ހުންނެވީ ވަރަށް ބޮޑަށް ނިކަމެތިވެފައިކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވާއިރު، އެމަނިކުފާނާއެކު މިހާތަނަށް ކޯލިޝަން އަދާލަތު ޕާޓީއާއި އެމްޑީއޭއިން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.