ހަމަލާތަކަށްފަހު ޖެނީންގެ ޙާލަތު
ހަބަރު
06 Jul 2023 | 16:24
ޖެނީންއަށް ދިން ހަމަލާތަކުގައި ހާލުގައި ޖެހުނު މީހުންނަށް އައިއޭސީ އިން އެހީވަނީ

ފަލަސްޠީނުގެ ޖެނީންއަށް އަރައި އިޒްރާއިލްގެ ސިފައިން ދިން ހަމަލާތަކާއި ގެއްލުން ތަކުގައި އެހީއަށް ބޭނުންވެފައި ތިބި ފަރާތްތަކަށް އިންޓަރނޭޝަނަލް އެއިޑްސް ކެމްޕޭނުން މިއަދު އެހީތެރިކަން ފޯރުކޮށްދިނުމަށް ރާވައިފައިވާކަމަށް އައިއޭސީގެ އިންޓަރނޭޝަނަލް ރިލޭޝަންސް ޑިރެކްޓަރ މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.

"ވޮއިސް" އަށް މައުލޫމާތު ދެއްވަމުން މުޙައްމަދު ޢަލީ ވިދާޅުވީ ޖެނީން އަށް އެރި އިޒްރާއިލް ސިފައިން މިހާރު ވަނީ ޖެނީން އިން ފައިބައިފައި ކަމަށާއި، އިޒްރާއިލުން ދިން ހަމަލާތަކުގައި ދެދުވަސް ތެރޭގައި ޖެނީން އިން 12 މީހަކު ޝަހީދު ވެފައިވާ ކަމަށެވެ.

މުޙައްމަދު ޢަލީ ވިދާޅުވީ އިޒްރާއިލް ސިފައިން ޖެނީންއިން ފައިބައިގެން ދިޔައީ އެމީހުންގެ ސިފައިންގެ މީހެއް މަރުވުމުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ އިޒްރާއިލް ސިފައިންގެ ހަމަލާތަކުގެ ސަބަބުން ޖެނީންގެ ޢިމާރާތްތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ހަމަލާތައް ދެމުންދިޔައިރު ރައްކާތެރިކަން ހޯދުމުގެ ގޮތުން ގެތައް ދޫކޮށް ދިޔަ މީހުން އަނބުރައި ގެތަކަށް ދިޔައިރު ގިނަ ގެތައް ވަނީ ހަލާކުވެފައި ކަމަށެވެ.

"އައިއޭސީ އިން މަސައްކަތް ކުރަމުން މިދަނީ ކޮންމެ ކާރިސާއެއް ދިމާވީމަވެސް އާންމުކޮށް އެންމެ ފުރަތަމަ އެހީތެރިކަން ދެވޭ ކަންކަމަށް އަމާޒުކޮށްގެން، އެއީ ކާބޯތަކެއްޗާއި، ފަސްޓްއެއިޑްގެ އެހީއާއި ފެނާއި، މިކަހަލަ އެހީތެރިކަން ފޯރުކޮށްދޭން މިބަލަނީ، އިންޝާالله މިރޭގެ ވަގުތެއްގައި ކުރެވޭނެ ކަންކަން ނިންމޭނެ، މާދަމާ އެހީ ޖެނީންގެ ތެރޭގައި ބަހާލެވޭނެ ކަމަށް މިބަލަނީ" މުޙައްމަދު ޢަލީ ވިދާޅުވެފައިވެއެވެ.

ހޯމަ ދުވަހު އިޒްރާއިލް ސިފައިންގެ 1000 އަށް ވުރެ ގިނަ ސިފައިނާއި ފުލިހުން ވަނީ ޖެނީން އަށް ވަދެގަނެފައެވެ. އަދި ފަލަސްޠީނުގެ އެތައް ބަޔަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ. މިހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް