ރައީސް ޔާމީން އަށް ރިޔާސީ ޓިކެޓް އަރުއްވަނީ-- ފޮޓޯ/ ވޮއިސް
ހަބަރު
06 Jul 2023 | 16:23
އިސްތިއުނާފް ނުނިމުނަސް ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ހުށަހަޅާނަން: އިދިކޮޅުު

ހައި ކޯޓުގައި ކުރިއަށްދާ, ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ އާރަށު އިސްތިއުނާފްގެ މައްސަލަ ނުނިމުނަސް އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ކެންޑިޑެސީ ފޯމް ހުށަހަޅުއްްވާނެ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ލީޑާޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އަދުރޭ ވަނީ، ޕީޕީއެމްގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ބޭނުންވާ ކެންޑިޑޭޓުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމާއި އެކު އެންމެ ފުރަތަަމަ ފޯމު ހުށަހަޅުއްްވާނީވެސް ރައީސް ޔާމީން ކަމަށް އަދުރޭ ވަނީ ވިދާޅުވެފަ އެވެ. 

އެހެންނަމަވެސް، ރައީސް މިވަގުތު ހުންނެވީ ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒް ކުރައްވަން ޖަލުގައެވެ. 

އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައިވާ ނަމަވެސް، އަދި މައްސަލައިގެ ހުކުމް ކޮށްފައެއް ނުވެއެވެ. 

އެހެންކަމުން، އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމާއިމެދު ވަނީ ގިނަ ސުވާލުތަކެއް އުފެދިފަ އެވެ. 

އެކަމާއި ގުޅިގެން ނޫސްވެރިއެއް ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ، ވ. އާރަށް މައްސަލާގައި ހައިކޯޓުގައި މިހާރު ކުރިޔަށް ދާ އިސްތިއުނާފްގެ މައްސަލަ ނިމުމާއި ނުނިމުމަކީ އެމަނިކުފާނު އިންތިހާބަށް ކުރިމަތިލާން އޮތް ހުރަހެއް ނޫނެވެ. އޭގެ ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ، ޔާމީންގެ މައްޗަށް ސުޕްރީމް ކޯޓުގެ ނިހާއީ ހުކުމެއް ނެތް ކަމަށެވެ.

"ރައީސް ޔާމީން ޖަލުގައި އޮންނެވިޔަސް، ރައްޔިތުން، ޕީޕީއެމްގެ ސަޕޯޓަރުންނަށް ޔަގީންކަން އޮންނާނެ އިރާދަކުރެއްވިޔާ އެމަނިކުފާނު އިންތިހާބު ގައި ވާދަކުރައްވާނެ ކަމަށް. އިސްތިއުނާފް ގެ މައްސަލަ ނިމުން، ނުނިމުން، އެއީ ރައީސް ޔާމީން ކުރިމަތިލުމާއި އޮތް ހުރަހެއް ކަމަށް އަޅުގަނޑު މެން ގަބޫލުކުރާ ކަމެއް ނޫން. އަޅުގަނޑުމެން ތަކުރާރުކޮށް ދަންނަވަމުން މި ގެންދަނީ، އިސްތިއުނާފް ގެ މައްސަލަ ގޮތަކަށް ނިމުނަސް، ނުނިމުނަސް، ޕީޕީއެމް އިން ކުރިމަތި ލައްވާނީ ރައީސް ޔާމީން އޭ. އެކަމަށް ހުރަހެއް ނެތޭ. ސްޕްރީމް ކޯޓުގެ ނިހާއީ ހުކުމެއް އެމަނިކުފާނުގެ މައްޗަށް ނެތޭ."

އިންތިހާބަށް ކުރިމަތިލާން އިއުލާން ކުރުމާއެކީގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ރައީސް ޔާމީންގެ ކެންޑިޑެސީ އެންމެ ފުރަތަމަ ގެންގޮސް އީސީގައި ފައިލް ކުރާނަން. އެކަމަކަށް ސުވާލެއް ނެތް،" އަދުރޭ ވިދާޅުވި އެވެ.

ސުޕްރިމްކޯޓުގެ ނިހާއީ ހުކުމެއް ނާންނަހާ ހިނދަކު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ބޮޑުކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވެސް ވަނީ ވިދާޅުވެފަ އެވެ. 

"މެމްބާރެއްގެ ހައިސިއްޔަތުން، ނޫނީ އިލެކްޝަންސްގައި މަސައްކަތްކޮށްފައިވާ ފަރާތެއްގެ ގޮތުން ނޫނީ ވިއްޔާ ދިވެހި ރައްޔިތެއްގެ ގޮތުން އަޅުގަނޑު ދަންނަވާނީ ނިހާއީ ހުކުމެއް ނާންނަހާ ހިނދެއްގައި ވަރަށް ބޮޑަށް ފުރުސަތު އެބައޮތޭ. އެއީ ޝަރީއަތުގައި މައްސަލަ އޮތުމަކީ އަދި އަޅުގަނޑުމެން އެއްގޮތަކަށްވެސް އެ ބޭފުޅާއަކީ، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް ފުރުސަތު ނެތޭ ބުނުމުގެ ޖާގައެއް އޮތްކަމެއްކަމަކަށް އަޅުގަނޑު ނުދެކެން" ފުއާދު ވިދާޅުވެފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.