ހަމަލާތަކަށްފަހު ޖެނީންގެ ހާލަތު
ދުނިޔެ
06 Jul 2023 | 23:39
ޖެނީންގެ ޙާލަތު: މީހުންދިރިއުޅޭ ގެތަކުގެ %80 ވަނީ ހަލާކުވެފަ

ފަލަސްޠީނުގެ ޖެނީން އަށް އިޒްރާއިލް ސިފައިން ދިން ހަމަލާތަކުގެ ސަބަބުން މީހުން ދިރިއުޅޭ ގެތަކުގެ %80 ހަލާކުވެފައި ކަމަށް ޖެނީންގެ ގަވަރުނަރުގެ ނައިބު އަބޫ އަލް ރަބް ވިދާޅުވެއްޖެއެވެ.

ޖެނީން ސިޓީގެ ގަވަރުނަރުގެ ނައިބު ވިދާޅުވެފައި ވަނީ އިޒްރާއިލް ސިފައިން މެދުކެނޑުމެއްނެތި ހިންގި މިލިޓަރީ ރެއިޑުގެ ސަބަބުން އެ ސިޓީގެ 80 ޕަސެންޓް ގެތައް ވަނީ ހަލާކުވެފައި ކަމަށެވެ.

ހޯމަ ދުވަހު އިޒްރާއިލް ސިފައިން ފަށައި ބުދަ ދުވަހު ނިންމާލި މި މިލިޓަރީ ރެއިޑަކީ ފާއިތުވި 20 އަހަރުތެރޭ ހިންގި އެންމެ ބޮޑު މިލިޓަރީ ރެއިޑެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުން އިޒްރާއިލްގެ މި ރެއިޑުގެ ސަބަބުން ފަލަސްޠީނުގެ 12 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި 100 އަށް ވުރެ ގިނަ މީހުނަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ.

އިޒްރާއިލްގެ މިހަމަލާތަކުގެ ސަބަބުން ޖެނީންގެ މަގުތަކާއި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ޖެނީންގެ ރެފިޔުޖީ ކޭމްޕުގެ 80 ޕަސެންޓް ވަނީ އަލިފާން ރޯވުމާއި އިމާރާތައް ލިބުނު އެހެން ގެއްލުން ތަކުގެ ސަބަބުން ހަލާކުވެފައި ކަމަށް އަބޫ އަލް ރަބް ވަނީ ވިދާޅުވެފައެވެ.

އަދި ޒަރޫރީ ޚިދުމަތްތައް ކަމަށްވާ ކަރަންޓުގެ ޚިދުމަތާއި ފެނުގެ ޚިދުމަތް ފޯރުކޮށްދޭ ލައިންތަކަށް ގެއްލުން ލިބިފައިވާ ކަމަށާއި، އެ ސިޓީގެ ވެހިކަލް ތަކަށްވެސް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށް އަބޫ އަލް ރަބް ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް