ރައީސް ޔާމީންގެ ކެމްޕޭނު ސްލޯގަން/ ފޮޓޯ: ޕީޕީއެމް
ހަބަރު
06 Jul 2023 | 22:21
ރިޔާސީ އިންތިޚާބަށް ޕީޕީއެމްގެ ސްލޯގަން "ދިވެހިންގެ ރާއްޖެ" އިފްތިތާހުކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ރަސްމީކޮށް ބޭނުންކުރާ ސްލޯގަން "ދިވެހިންގެ ރާއްޖެ" އިފްތިތާހުކޮށްފި އެވެ. 

ޕީޕިއެމުން ބުނީ އެ ޝިޔާރުން ދޭހަކޮށްދެނީ ދިވެހިންގެ އެއްބައިވަންތަ ކަމާއި ގައުމުގެ އިސްތިގްލާލާއި މިނިވަންކަން ކަމަށެވެ. 

ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިންގައި، ކެންޑިޑޭޓް ބްރޭންޑިން އަށް ބޭނުން ކުރާނީ "ސްޓްރައިޕްޑް ވައި" މާކެކެވެ.

ޕީޕީއެމުން ބުނީ އެ ސިމްބޮލް އިން ރަމްޒުކޮށްދެނީ އެއްބައިވަންތަ ކަމާއި، އުންމީދާއި، ވަރުގަދަކަން ކަމަށެވެ. އަދި ޖުޑިޝަރީގެ ބާރާއި، ގުޅިފައިވާ ޕީއެންސީ ކޯލިޝަން ވެސް އެ ލޯގޯ އިން ރަމްޒުކޮށްދޭކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ. 

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރިޔާސީ ކެންޕޭނު ފަށާ މާލޭގައި ދޮރުން ދޮރަށް ކުރިއަށްގެންދާ ކްމެޕޭނު ހަރަކާތްތައް އެ ޕާޓީން ފަށާފައިވާއިރު، އަތޮޅުތެރޭގައި ރަސްމީކޮށް ކެމްޕޭނު ހަރަކާތްތައް މިއަދު ފެށިގެން ގޮސްފައިވާކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ. 

ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީށް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މިއަދު ރަށްރަށުގައި ރައީސް ޔާމީންގެ ކެމްޕެއިން ފަށާނެ ކަމަށެވެ.

އެގޮތުން ކެމްޕޭނު ޓީމުގެ ހަރަކާތްތައް ހއ، ހދ އަދި ށ އަތޮޅުގައި މިއަދު ފެށިގެން ގޮސްފައިވާކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ. އަދި އެހެން އަތޮޅުތަކުގައި ވެސް ކެމްޕޭނު ހަރަކާތްތައް ވަރަށް ފުޅާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ވެސް އިދިކޮޅުން ވަނީ ބުނެފައެވެ. 

ޕީޕީއެމުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމިނުގެ ކެމްޕޭނު ރަސްމީކޮށް ފަށައިގެން ކުރިއަށް ގެންދާއިރު، އެމަނިކުފާނަށް އަމަލީގޮތުން ކެމްޕޭނުގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައި ނުގަތުމަކީ ވަރަށް ބޮޑު ފަޅުކަމެއްގެ ގޮތުގައި އެމަނިކުފާނުގެ ކެމްޕޭނު މެނޭޖަރު ކެޕްޓަން މުޙައްމަދު އަމީނު ވަނީ ސުފަކުރައްވާފަ އެވެ. 

މިވަގުތު އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި ނަމަވެސް، ހައިކޯޓު މަރުހަލާއިން ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ކެޕްޓަން އަމީނު ވަނީ ވިދާޅުވެފަ އެވެ. 

އަދި ރައީސް ޔާމީން މިނިވަންވެ ވަޑައިގެތް ކެމްޕޭނު ހަރަކާތްތަކާއި ގުޅިވަޑައިގަންނަވަން ދެން މަޑުނުކުރައްވާ އަތޮޅުތެރޭގައި ވެސް ކެމްޕޭނު ހަރަކާތްތައް ދުރާލާ ފަށައިގެން ކުރިއަށް ގެންދެވުމަށް ރައީސް ޔާމީނުގެ ކެމްޕޭނު މެނޭޖަރު ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.