ޕީޕީއެމް އާއި އެމްއެންޕީ ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
06 Jul 2023 | 23:08
ޕީޕީއެމުން އެމްއެންޕީއާއެކު މަޝްވަރާ ފަށައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މި ވެރިކަން ބަދަލުކުރުމާއި ގުޅޭގޮތުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވަސް (ޕީޕީއެމް) އިން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއެކު މަޝްވަރާތައް ފަށައިފި އެވެ. 

އެގޮތުން ދެ ޕާޓީން ބާއްވާ ފުރަތަމަ މަޝްވަރާ ބައްދަލުވުން ވަނީ ބުރާސްފަތި ދުވަހުގެރޭ ބާއްވާފަ އެވެ. 

މި ބައްދަލުވުމުގައި ޕީޕީއެމްގެ ފަރާތުން އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެވަޑއިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމްގެ އިތުރުން ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމާއި، ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފު ބައިވެރިވެވަޑައިގެންނެވި އެވެ. 

ޕީޕީއެމް އާއި އެމްއެންޕީ ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން 

އެމްއެންޕީގެ ފަރާތުން ޕާޓީގެ ނައިބުރައީސް އަދި މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އަދި މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމާއެކު އިތުރު ދެ މަންދޫބުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. 

ޕީޕީއެމް އާއި އެމްއެންޕީ ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން 

މި ބައްދަލުވުމާއި ގުޅޭ އިތުރު ތަފްސީލެއް އަދި މިހާތަނަށް ޕީޕީއެމުން ހާމަކޮށްފައެއް ނުވެއެވެ. 

އެހެން ނަމަވެސް އެ ޕާޓީން ބުނެފައިވަނީ މި ވެރިކަން ބަދަލުކުރަން ޖެހޭކަމަށް ގިނަ ސިޔާސީ ޕާޓީތަކުން ޤަބޫލުކުރާކަމަށެވެ. އަދި އެއީ ސިޔާސީ ޕާޓީތަކާއެކު ގުޅިގެން މަސައްކަތް ކުރެވޭނެ ކަމެއް ކަމަށެވެ. 

މި ސަރުކާރު ބަދަލުކުރުމަށް ގުޅެން ޖެހުނު ކޮންމެ ބަޔަކާއި ގުޅިގެން މަސައްކަތް ކުރާނެކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ. އަދި ކޯލިޝަން ހަދާނަމަ އެ ހިސާބަށް ދިއުމުން އެކަން ވެސް ކުރާނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. 

ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ޕީޕީއެމުން އެމްއެންޕީއާއެކު މަޝްވަރާކުރަން ފަށާފައިވާއިރު، މި ވެރިކަން ބަދަލުކުރުމށް ގުޅިގެން ކުރެވެން ހުރި މަސައްކަތްތައް ދެނެގަތުމަށްޓަކައި، އެ ޕާޓީން ގެންދަނީ ދަ ޑިމޮކްރެޓްސް އާއި އެކުވެސް ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންދަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.