ތްރެޑްސް އާއި ޓުވިޓާގެ އައިކޮން
ދުނިޔެ
07 Jul 2023 | 10:24
"ތްރެޑްސް"އާ ގުޅިގެން ޓުވިޓާއިން މެޓާއާއި ދެކޮޅަށް ދައުވާ ކުރާނެ ކަމުގެ އިންޒާރު ދީފި!

މެޓާއިން އަލަށް އުފެއްދި، ޓުވިޓާ އާއި ދާދި އެއްގޮތް "ތްރެޑްސް" އެޕްލިކޭޝަނާއި ގުޅިގެން ޓުވިޓާއިން މެޓާއާއި ދެކޮޅަށް ދައުވާ ކުރާނެ ކަމުގެ އިންޒާރެއް ދީފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

އެގޮތުން، ފާއިތުވި ބުދަ ދުވަހު، މެޓާގެ ސީއީއޯ، މާކް ޒުކަބާގަށް، ޓުވިޓާގެ ލޯޔަރު ކަމަށްވާ އެލެކްސް ސްޕިރޯ ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުގައި، ޓުވިޓާގެ ކުރީގެ މުވައްޒަފުންގެ އެހީގައި، އެ ކުންފުނީގެ ވިޔަފާރީގެ ސިއްރު ތަކާއި އެހެނިހެން އިންޓެލެކްޗުއަލް ޕްރޮޕަޓީ ތަކުގެ އަލީގައި، ޓުވިޓާގެ "ކޮޕީ ކެޓް" ނުވަތަ ނަކަލެއް މެޓާއިން އުފައްދާފައިވާ ކަމަށެވެ.

އަދި އެކަން ކުރުން ހުއްޓާލުމަށް ގޮވާލަމުން ޓުވިޓާއިން ވަނީ ހުއްޓާ ނުލައިފިނަމަ ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. 

ޓުވިޓާގެ މި އިންޒާރުގެ ސިޓީއަށް ރައްދުދީ، މެޓާ ކުންފުނީގެ ތަރުޖަމާނު އެންޑީ ސްޓޯން ފޮނުވި ސިޓީއެއްގައި، އޭނާ ވަނީ، "ތްރެޑްސް ގެ އިންޖީނިއަރިން ޓީމުގައި ޓުވިޓާގެ ކުރީގެ މުވައްޒަފެއް ނެތް ކަމަށް" ބުނެފައި ކަމަށް ބޭރުގެ މީޑިއާ ތަކުން ރިޕޯޓް ކުރެއެވެ. 

މިމައްސަލާގައި މެޓާގެ ސީއީއޯ، މާކް ޒުކަބާގް ވަކި އެއްޗެއް ހާމަކޮށްފައި ނުވާއިރު، މިކަމާއި ގުޅިގެން އީލޮން މަސްކު ކޮށްފައިވާ ޓުވީޓެއްގައި އޭނާ ބުނީ، "ވާދަ ކުރުމަކީ މައްސަލައެއް ނޫން" ކަމަށާ "އެކަމަކު މަކަރު ހެދުމަކީ މައްސަލައެއް" ކަމަށެވެ. 

މެޓާއިން ތްރެޑްސް ލޯންޗް ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައެވެ. މި އެޕްލިކޭޝަން ލޯންޗް ކުރިތާ ހަތަރު ގަޑިއިރު ތެރޭ ފަސް މިލިއަނަށްވުރެ ގިނަ މީހުން މި އެޕްލިކޭޝަނާއި ގުޅިފައިވާއިރު، މިހާރު އެ އަދަދު 30 މިލިއަނަށްވުރެ ވަނީ ގިނަވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.