"ވަން ސެންޓްރަލް ޕާކް" މަޝްރޫއުގެ އެޕާޓްމެންޓްތައް--
ހަބަރު
07 Jul 2023 | 13:10
ދެ އަހަރުތެރޭ "ވަން ސެންޓްރަލް ޕާކް" މަޝްރޫއު ނިންމާ އެޕާޓްމެންޓްތަކުގެ ތަޅުދަނޑި ހަވާލުކޮށްފި

ދެ އަހަރުތެރޭ "ވަން ސެންޓްރަލް ޕާކް" މަޝްރޫއު ނިންމާ އެޕާޓްމެންޓްތަކުގެ ތަޅުދަނޑި ހަވާލުކޮށްފިއެވެ.

ވަން ސެންޓްރަލް ޕާކް ސަރަހަށްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޕާޓްމެންޓްތަކުގެ ވެރިންނަށް ތަޅުތަނޑި ހަވާލުކުރެއްވީ މިނިސްޓަރ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޝަރ މުހައްމަދު އަސްލަމް އާއި އެކު މިސްޓަރ ނީރަޖް ގުޕްތާއެވެ.

އެޕާޓްމަންޓްގެ ވެރިއަކާ ތަޅުދަނޑި ހަވާލު ކުރަނީ--

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، މުޖުތަމައެއް ބިނާވެފައި އޮންނަނީ ހަމައެކަނި އެއް ގިންތިއަކަށް، އެއްވަރަކަށް އާމްދަނީ ލިބޭ ރައްޔިތުންގެ މައްޗަކަށް ނޫންކަމަށެވެ. ރައްޔިތުންގެ ތެރޭގައި ވަރަށް ނިކަމެތި ބަޔަކާއި، މެދު ފަންތީގެ އާމްދަނީއެއް ލިބޭ ބަޔަކާއި، އަދި ވަރަށް ތަނަވަސް ބައެއް ތިބޭކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ހައުސިން ޕްރޮޖެކްޓްތަކުގެ ތެރޭގައި، މެދު މިންގަނޑެއްގެ އާމްދަނީއެއް ލިބޭ ރައްޔިތުންނަށްވެސް ފަސޭހަކަމާއި އެކީގައި ބޯހިޔާވެހިކަމެއް ލިބޭނެ ގޮތެއް ހޯދައިދޭންޖެހޭކަން ސަރުކާރުން ގަބޫލުކުރާކަަމަށެވެ. 

"2.2 މިލިއަން ރުފިޔާގެ އަގުޖެހޭ މި ހައުސިން ޔުނިޓްތައް ރާއްޖޭގެ ލެންޑިން އެޖެންސީތަކުން ލޯނުދޭ ޓާމްސްތަކަށް ބަލާއިރު، އޭގެތެރޭން 80% ލޯނު ނަގާފައިވަ ފަރާތްތަކުން ދައްންޖެހެނީ ގާތްގަނޑަކަށް 20،800 ރުފިޔާ މަހަކު. ތިން ކޮޓަރީގެ އެޕާޓްމެންޓެއް މިހާރުވެސް ރެންޓަލް މާކެޓުގައިވެސް މި އަގުގައި ކުއްޔަށް ހިފަން ލިބޭނެ. އެހެންނަމަވެސް އެއީ އަމިއްލަ ވާ ތަނެއް ނޫން. މިއަދު ތިޔަ ވަންނަވާ އެޕާޓްމެންޓަށް ތި ބޭފުޅުން ތި ވަންނަވަނީ އަމިއްލަ ތަކެއްގެ ގޮތުގައި." 

މިނިސްޓަރު މުހައްމަދު އަސްލަމް

މިނިސްޓަރު މުހައްމަދު އަސްލަމް--

މި 120 ޔުނިޓަށް ވަންނަ ފަރާތްތަކުން މިހާރު ވަނީ މިތަންނަށް ފައިސާ ދައްކައި ނިމިފައިކަން ފާހަގަކުރައްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ، މީގެން އެނގެނީ ރައްޔިތުންގެ ތެރޭގައި މިކަމަށް ޑިމާންޑް އޮތްކަމާއި، މިކަން ގަނެވޭނެ މީހުންވެސް ތިބިކަންކަމުގައެވެ. މިސަރުކާރުން ހައުސިން މަޝްރޫއުތައް ކުރިޔަށް ގެންދަނީ ވަކި ބަޔަކު ބާކީނުކޮށް ހުރިހާ ރައްޔިތުންނަށްވެސް ފައިދާވާނެގޮތަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސެންޑަލް މޮރިޝަސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނީރަޖް ގުލާޓީ ވިދާޅުވީ، މިއެޕާޓްމެންޓްތައް ނިންމުމަށް ހޭދަވި ދެ އަހަރަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ދެ އަހަރުކަމަށެވެ. އެ ގޮތުންޖެހުންތަކާއި އެކުވެސް އެޕާޓްމެންޓްތައް ނިންމައި ރައްޔިތުންނަށް ހަވާލުކުރުމުގެ މަގްސަދުގައި މި މަސައްކަތް ހުއްޓާނުލައި ކުރިޔަށްގެންގޮސްފައިވާކަމަށެެވެ. އެހެންކަމުން، މި ޕްރޮޖެކްޓުގެ ކޮންޓްރެކްޓަރު، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އަށް ނީރަޖް ގުލާޓީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ސެންޑަލް މޮރިޝަސް ކުންފުންޏާއި މި މަޝްރޫއު ހަވާލުކުރީ، 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

މިއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަސައްކަތުގެ ތެރެއިން ގެންގުޅޭ މިކްސްޑް ރެސިޑެންޝަލް ޑިވެލޮޕްމަންޓްސް ތަރައްގީ ކުރުމުގެ ސިޔާސަތުގެ ދަށުން ހިންގި ޕްރޮޖެކްޓެކެވެ.

އިންޑިއާގެ ސެންޑަލް މޮރިޝަސް ކުންފުންޏާ މި މަސައްކަތް ހަވާލު ކުރެވުނު ނަމަވެސް، މަސައްކަތް ކުރިއަށް  ގެންގޮސްފައިވަނީ އިމާރާތް ކުރުމުގެ ހުރިހާ މަސައްކަތެއްް ރާއްޖޭގެ އާރުސީސީ ކުންފުންޏާ 203 މިލިއަން ރުފިިޔާއަށް ސަބްކޮންޓްރެކްޓް ކޮށްގެންނެވެ. 

މި މަޝްރޫއުގެ ދަށުން، 120 އެޕާޓްމެންޓް ތަރައްގީކޮށްފައިވާއިރު މިތަންތަން ގަނެފައިވަނީ އެޕާޓްމެންޓެއް 2.2 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.