މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު/ ފޮޓޯ: އިންޓަނެޓް
ހަބަރު
07 Jul 2023 | 17:15
ރައީސް ކުރި ޚަރަދު ފޮރުވަން ދައުލަތް ތެދުވާނީ ހާދަހާ ކަންތައް ގޯސްވީމަ އޭ: ސައީދު

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޚަރަދުތައް ފޮރުވުމަށް މުޅި ދައުލަތް ތެދުވާނީ ކަންކަން ވަރަށް ބޮޑަށް ގޯސްވެގެން ދިޔައިމަކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ސައީދު މިފަދައިން ވިދާޅުވެފައި ވަނީ އދ.ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުފާނުކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. 

ސައީދުގެ އެ ޓްވީޓުގައި ވަނީ ހާމަކަން ބޮޑުކޮށް ވެރިކަން ކުރައްވާނެކަމަށް ވައުދުވެޑައިގެން ހުންނަވާ ރައީސް ޞާލިހު އެހާ ބޮޑަށް ފޮރުވަން މަސައްކަތްޕުޅު ކުރައްވަނީ ކޮން ޚަރަދުތަކެއްތޯ ހުރެތޯ ސުވާލު ކުރައްވާފަ އެވެ. 

ސައީދު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އެ ދަތުރުފުޅުގައި ވަޑައިގަންނަވަން ނުޖެހޭ ދިމާލަކަށް ވަޑައިގަނެވުނީ ތޯ އެއީ މިހާލަތުގައި ދައުލަތުން ބަލާ ކަށަވަރުކުރަން ޖެހޭ ކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. 

"ރައީސް ކުރިޚަރަދެއް ފޮރުވަން ދައުލަތް ތެދުވާނީ ހާދަހާ ކަންތައްގޯސްވީމައޭ! ރައީސްޞާލިހު މިވަރަކަށް މިފޮރުވަނީ ކޮންހަރަދެއްތޯ؟ އަދި އެމެރިކާގަ ހުއްނެވިއިރު ކޮންމެހެން ވަޑައިގަންނަވަން ނުޖެހޭ ދިމާލަކަށް ވަޑައިގަތްތޯ ބެލުމަކީވެސް މިހާލަތުގައި ދައުލަތުގެ މައްޗަށް ވާޖިބުވާނެ ކަމެއް"

މާވަށު ދާއިރާގެ މެމްބަރު ސައީދު

ރައީސް އިބްރާހީމް 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނާއި އެ ދަތުރުގެ ހަރަދުތަކުގެ ހިސާބުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ދަތުރުގެ ރަސީދުތައް ހޯދުމަށް ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ "ދިޔަރެސް" އިން އެދުނު ނަމަވެސް އެ މައުލޫމާތުތައް ހާމަކުރުމަށް ސަރުކާރުން ވަނީ އިންކާރުކޮށްފަ އެވެ. 

ދިޔަރެސް އިން އެދުނު މައުލޫމާތު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި ނަމަވެސް ސަރުކާރުން ވަނީ އެ މައުލޫމާތުތައް ހާމަކުރުމަށް ދެކޮޅު ހަދާފައެވެ. އެފަހުން އެ މައްސަލަ ހައިކޯޓުގައި ވެސް އިސްތިއުނާފު ކުރިއެވެ. 

މިހާރު އެ މައްސަލަ ސުޕްރިމް ކޯޓަށް ހުށައަޅާފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުން ހައިކޯޓުން ވެސް ދަމަހައްޓާ އެދިފައިވާ މައުލޫމާތު ހާމަކުރުމަށް އަމުރުކުރުމާއި ގުޅިގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.