އައިއޭސީގެ ޖެނީން ރިލީފް ކޭމްޕް ކުރިއަށްދަނީ. ފޮޓޯ:އައިއޭސީ
ހަބަރު
08 Jul 2023 | 21:18
އައިއޭސީ އިން ޖެނީންގައި އެހީގެ ތަކެތި ބަހަން ފަށައިފި

އިންޓަރނޭޝަނަލް އެއިޑް ކޭމްޕް (އައިއޭސީ) އިން ފަލަސްޠީނުގެ ޖެނީންގައި އެހީގެ ތަކެތި ބަހަން ފަށައިފިއެވެ.

އައިއޭސީ އިން ބުނެފައިވަނީ އެހީގެ ތަކެތި ބަހަން ފަށައިފައިވީ ނަމަވެސް ތަކެތި ބެހުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެގޮތުން އިޒްރާއިލް ސިފައިން މިދިޔަ ހަފަތާގައި ހިންގި މިލިޓަރީ ރެއިޑުގައި ޝަހީދުވި މީހުންގެ ޖަނާޒާތައް ކުރިއަށްދިޔުމާއި، މަގުތައް ހަލާކުވެފައި ހުރުމުން އެހީގެ ތަކެތި ބެހުމުގައި ގިނަ ހުރަސްތަކެއް ވަނީ ދިމާވެފައި ކަމަށް އައިއޭސީ އިންވަނީ ބުނެފައެވެ.

އެގޮތުން އެހީގެ ސާމާނު ހިފައިގެން ޖެނީން ކޭމްޕް އަށް ވަންނަން މަސައްކަތް ކުރި ޓްރަކަށް ކޭމްޕްގެ ތެރެއަށް ވަދެވެން ނެތިގެން ވަނީ ކޭމްޕްގެ ގޭޓް ކުރިމަތީގައި އެތައްއިރަކު މަޑުކޮށްފައެވެ.

އައިއޭސީ އިން ހިންގާ ޖެނީން ރިލީފް ކޭމްޕްގެ ގައި އެހީގެ ތަކެތި ބެހުމަށް އެތަނުގައި މަސައްކަތް ކުރާ ވޮލެންޓިއަރަކު މައުލޫމާތު ދެމުން ބުނެފައިވަނީ 100 އަށްވުރެ ގިނަ ގެދޮރު ހަލާކުވެފައިވާކަމަށާއި، މިކަމުގެ ސަބަބުން ބޯހިޔާވަހިކަމެއް ނެތި އުޅެން ގިނަ ބަޔަކަށް މަޖުބޫރު ވެފައިވާކަމަށެވެ.

ޖެނީން ރިލީފް ކޭމްޕާއި ގުޅޭ ގޮތުން "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން އައިއޭސީގެ އިންޓަރނޭޝަނަލް ރިލޭޝަންސް ޑިރެކްޓަރ މުޙައްމަދު ޢަލީ ވިދާޅުވީ އައިއޭސީ އިން މަސައްކަތް ކުރަމުން ދަނީ ކޮންމެ ކާރިސާއެއް ދިމާވީމަވެސް އާންމުކޮށް އެންމެ ފުރަތަމަ އެހީތެރިކަން ދެވޭ ކަންކަމަށް އަމާޒުކޮށްގެން ކަމަށާއި، އަދި އެއީ ކާބޯތަކެއްޗާއި، ފަސްޓްއެއިޑްގެ އެހީއާއި ފެން ފަދަ ތަކެތި ކަމަށެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހު އިޒްރާއިލް ސިފައިންގެ 1000 ހާ މީހުން ޖެނީންއަށް އަރައި ދިން ހަމަލާތަކުގެ ސަބަބުން ޖެނީން އިން 12 މީހުން ޝަހީދުވެ، 100 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ދެދުވަހަށް ކުރިއަށް ގެންދިޔަ މި ރެއިޑުގައި އެތައް ބަޔަކު ހައްޔަރުކޮށްފައިވެސް ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް