ރައީސް ޞާލިހު ކޮަމަންޑޫ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
09 Jul 2023 | 13:41
ކުރިއަށް އޮތް 5 އަހަރު ތެރޭ މަތި ކޮމަންޑޫގައި 300 ހައުސިން ޔުނިޓު އަޅާނަން: ރައީސް

ކުރިއަށް އޮތް 5 އަހަރު ދުވަސްތެރޭގައި މަތިކޮމަންޑޫގައި 300 ހައުސިން ޔުނިޓު އަޅުއްވާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވައުދުވެވަޑައިގެންފި އެވެ. 

ރައީސް ޞާލިހު މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނު ފެއްޓެވުމަށް ށ. ކޮމަންޑޫގައި ބޭއްވި ޖަލްސާއެއްގައި ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ނެވެ. 

ރައީސް ޞާލިހު ވިދާޅުވީ މަތި ކޮމަންޑޫއަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަކޮށްދިނުމަށް ސަރުކާރުން މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. 

އެގޮތުން މި ރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަންކަމަށް ކައުންސިލުން ވެސް ރައީސްގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ ދެ ކޮަމަންޑޫ ދޭތެރޭގައި އޮތް ބިން ހިއްކާ ދެ ކޮމަންޑޫ ގުޅާލުމާއެކު ބޯހިޔާވަހިކަމަށް ބޭނުންވާ ބިމުގެ މައްސަލައަށް އެކަށީގެންވާ ޙައްލުތަކެއް ލިބިގެންދާނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

އެކަން ފާހަގަކުރައްވާ ރައީސް ޞާލިހު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުތެރޭ މަތި ކޮމަންޑޫގައި 300 ހައުސިން ޔުނިޓު އަޅުއްވާ ދެއްވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވާނެ ކަމަށެވެ. 

"މަތިކޮމަންޑޫގައި އަސާސީ ޚިދުމަތްތައް ޤާއިމްކުރުން އަޅުގަނޑުމެންގެ ޕްލޭނުގައި އެބައޮތް. އޭގެ ތެރޭގައި ރައްޔިތުންގެ ފަރާތުން ކައުންސިލްގެ ރައީސް އެ ވިދާޅުވިގޮތަށް މަތިކޮމަންޑޫގައި 300 ހައުސިން ޔުނިޓު އަޅުގަނޑުމެން ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި އަޅާދޭނަން"

ރައީސް ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ ދެ ކޮމަންޑޫ ގުޅާލުމަށް އެމަނިކުފާނު ވީ ވައުދު ފުއްދުމުގެ އަމަލީ މަސައްކަތް މި ޖަލުގައި މަސް ތެރޭގައި ފެށިގެންދާނެ ކަމަށެވެ. 

އެގޮތުން ސަރުކާރުގެ އާ ޑްރެޖަރު މި މަހުގެ ފަހު 10 ގައި އޮންނާނީ ކޮމަންޑޫގައި ކަމަށާއި، ޖުލައި މަހުގެ ނިޔަލަށް ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ނިމިގެންދާނެކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ދެކޮމަންޑޫ ދޭތެރޭގައި އޮތް ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ކުރަން ނިންމި ސަބަބަކީ ވެސް ކޮމަންޑޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ޙައްލުކޮށް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްކަން ރައީސް ޞާލިހުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.