ރައީސް ޞާލިހު ކޮމަންޑޫ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
09 Jul 2023 | 14:12
ހަނގުރާމައަށް ދިޔަ ދިވެހިން އޮގަސްޓު ނިމުމު ކުރިން ރާއްޖެ ގެނެސްދޭނަން: ރައީސް ޞާލިހް

ދިވެހިރާއްޖެއިން ހަނގުރާމައަށް ފުރައިގެން ދިޔަ މީހުންގެ ތެރެއިން ޙާލުގައި ޖެހިފައި ތިބި އަންހެނުންނާއި ކުޑަކުދިން މިއަހަރުގެ އޮގަސްޓު މަސް ނިމުމުގެ ކުރިން އަނބުރާ ރާއްޖެ ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. 

ރައީސް ޞާލިހު މިފަދައިން ވިދާޅުވެފައިވަނީ ށ. ކޮމަންޑޫގައި ބޭއްވި އެމަނިކުފާނުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ރައީސް ޞާލިހު ވިދާޅުވީ ދިވެހިރާއްޖޭގައި ދީނީ ހަރުކަށި ފިކުރުގެ މީހުން އުޅޭ ކަމަށާއި، އެމީހުން އާއިލާތަކާއެކު ބޭރުގެ ހަނގުރާމަމަތީ ގައުމުތަކަށް ފުރައިގެންދާ ވާހަކައަކީ މީގެ ކުރީ ސަރުކާރުތަކުން އެހާ ދައްކަން ބޭނުންވާ ވާހަކަތަކެއް ނޫން ކަމަށެވެ. 

އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ބެލި ބެލުމުން ދިވެހިރާއްޖެއިން 100 އަށް ވުރެ ގިނަ މީހުން ހަނގުރާމައަށް ގޮސްފައިވާކަން މިހާތަނަށް ވެސް ދެނެގަނެވިފައިވާކަމަށާއި، އަދި ބެލި ބެލުމުން، ފުރައިގެން ދިޔަ މީހުންގެ ތެރެއިން ވަރަށް ގިނަ އަންހެނުންނާއި ކުޑަކުދިން ބިކަ ހާލުގައި އުޅެމުންދާކަން ވެސް ދެނެގަނިވިފައި ވާކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

"މިއަދު އައިސް ހިސާބު ބެލިއިރުގައި 70 އަށް ވުރެ ގިނަ މީހުން ސީރިއާގައި އަމިއްލައަށް މަރުވެއްޖެ ހަނގުރާމައިގައި. 100 އަށް ވުރެ ގިނަ މީހުން ހަނގުރާމައަށް ދިޔަ"

ރައީސް ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ ހަނގުރާމައަށް ދިޔަ މީހުންގެ ތެރެއިން އެކަނިވެރިވެފައި ތިބި މަންމައިންނާއި ކުޑަކުދިން އަނބުރާ ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން ކަމަށެވެ.

އަދި އޮގަސްޓު މަސް ނިމުމުގެ ކުރިން އެފަދަ ފަރާތްތައް އަނބުރާ ރާއްޖެއަށް ގެނެސްދެއްވާނެކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

"މިއަދު އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތަކީ އެތާ އެކަނިވެރިވެފައި ތިބި މަންމައިންނާއި ކުޑަކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ވެސް ކުރިއަށް މި އޮތް އޮގަސްޓު މަސް ނިމެންވާއިރަށް އަޅުގަނޑުމެން އެ އާއިލާތައް ރާއްޖެއަށް ގެނެސްދޭނަން"

ރައީސް ޞާލިހު

ހަނގުރާމައަށް ގޮސް ބިކަވެފައި ތިވި ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރައްވަމުން ގެންދަވާނެކަމަށް ވެސް ރައީސް ޞާލިހު ވަނީ ވިދާޅުވެފަ އެވެ. 

ރައީސް ޞާލިހު ރިޔާސީ އިންތިޚާބުގައި ބޭނުންކުރައްވާ ސްލޯގަންއަކީ އަމާން ރާއްޖެ އެވެ. 

އުފާވެރި އަމާން ރާއްޖެއެއް ކޮންމެ ރައްޔިތަކަށް ވެސް ބޭނުންވާ ކަމަށާއި، ހަމަޖެހޭ މުޖުތަމައެއް ބިނާކުރަން ޖެހޭކަމަށް ރައީސް ޞާލިހުވަނީ ކޮމަންޑޫގައި އޮތް ޖަލްސާގައި ވެސް ވިދާޅުވެފަ އެވެ. 

ރައީސް ވިދާޅުވީ އަމާން މުޖުތަމައުއެއް ޤާއިމުކުރަން މި ސަރުކާރުން ކުރި މަސައްކަތުގެ ފޮނި ނަތީޖާ މިހާރު ފެނަން ފަށައިފި ކަމަށެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ރާއްޖެއަށް ގެންނެވި ބަދަލު ކޮންމެ ރަށަކުން ކޮންމެ މީހަކަށް ފެނިގެންދާނެ ކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.