ކޮމަންޑޫގައި ބޭއްވުނު ރަސްމިއްޔާތުގައި ރައީސް ޞާލިހު ވާހަކަފުޅު ދައްކަވަނީ---ފޮޓޯ: ވޮއިސް
ހަބަރު
09 Jul 2023 | 12:44
ކޮމަންޑޫއަށް ގެނެވޭ ތަރައްޤީއަށް 'އުފާވެރި އަމާން ރާއްޖެ' އެއް ބިނާ ކުރުމަކީ އަޅުގަނޑުމެންގެ ވަޢުދު: ރައީސް ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ 5 އަހަރުން ރާއްޖެއަށް ލިބުނު ހަމަޖެހުމާއި ށ. ކޮމަންޑޫއަށް ގެނެވޭ ތަރައްޤީގެ މައްޗަށް 'އުފާވެރި އަމާން ރާއްޖެ' އެއް ބިނާ ކުރުމަކީ އެމްޑީޕީގެ ސަރުކާރުގެ ވަޢުދެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމަކިނުފާނު މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ކެމްޕެއިން ފެއްޓުމަށް ށ އަތޮޅުގެ ރަށްްތަކަށް މިއަދު ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން އެ އަތޮޅު ކޮމަންޑޫއަށް ވަޑައިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.

އެގޮތުން ރައީސް ޞާލިހު ވަނީ އެރަށަކީ މަސައްކަތްތެރި ރަށެއް ކަމަށް ފާހަގަކުރައްވާ، އެމަނިކުފާނުގެ ސަރުކާރުގެ 5 އަހަރުން ރާއްޖެއަށް ލިބުނު ހަމަޖެހުމާއި، އެ ރަށަށް ގެނެވޭ ތަރައްޤީގެ މައްޗަށް 'އުފާވެރި އަމާން ރާއްޖެ' އެއް ބިނާ ކުރުމަކީ އެމްޑީޕީގެ ވައުދެއް ކަމަށް ވިދާޅުވެފައެވެ.

'އުފާވެރި އަމާން ރާއްޖެ' އަކީ އެމަނިކުފާނުގެ ކެންޕެއިނަށް މިފަހަރު ކަނޑައަޅާފައިވާ ޝިއާރެވެ.

މިއާއިއެކު މި ޓްވީޓުގައި އެމަނިކުފަނު ވަނީ ކޮމަންޑޫ ރައްޔިތުން އެމަނިކުފާނުގެ ސަރުކާރަށް ކުރެއްވި އިތުބާރާ ދެއްވި ޔަޤީންކަމަށް ޝުކުރު ދަންނަވާފައެވެ.

ކޮމަންޑޫއަށް ވަޑައިގެން އެރަށުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވަނީ ކޮމަންޑޫ ރައްޔިތުން އެދޭގޮތަށް އެ ރަށް ކައިރީގައި އޮންނަ ކުޑަފަރުގައި އެއާޕޯޓު އަޅުއްވައިދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

މިއާއިއެކު އެ ރަށަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ދެ ކޮމަންޑޫ ގުޅާލާ މަތިކޮމަންޑޫއިން 300 ހައުސިން ޔުނިޓު ކުރިއަށް އޮތް 5 އަހަރު ތެރޭ އަޅުއްވާދެއްވާނެ ކަމަށް ވެސް ރައީސް ޞާލިހު ވަނީ ވައުދުވެވަޑައިގެންފައެވެ.

ކޮމަންޑޫއަށް ފަހު ރައީސް ޞާލިހާއި އެމަނިކުފާނުގެ ކެންޕެއިން ޓީމް ދެން ދަތުރުފުޅު ކުރައްވާނީ އެ އަތޮޅުގެ މަރޮށި އަަށެވެ.

ރައީށް ޞާލިހުގެ ކެމްޕެއިން ޓީމްގައި ކެބިނެޓްގެ ވަޒީރުންނާއި މަޖިލިސް މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.