އީސީއާއި އެކު ބޭއްވި ބައްދަލުވުމަށްފަހު މީޑިއާތަކާއި އިދިކޮޅު ކޯލިޝަނުން ވާހަކަ ދައްކަނީ.
ހަބަރު
09 Jul 2023 | 13:57
ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގައި މިހާވަރުގެ ސަރުކާރެއް އަޅުގަނޑު ނުދެކެން: ޢަބްދުއްރަޙީމް

ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގައި މިހާވަރުގެ ސަރުކާރެއް ނުދެކޭ ކަމަށް ޕީއެންސީގެ ލީޑަރު ޢަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބާއި ގުޅިގެން ޕީޕީއެމް ޕީއެންސީ ކޯލޮޝަންގެ ކަންބޮޑުވުން ތަކެއް ހުރުމުން އެކަން ކަން އިލެކްޝަންސް ކޮމިޝަނާއި ޚިއްސާ ކުރުމަށް ބޭއްވި ބައްދަލު ވުމަށް ފަހު މީޑިއާ ތަކާއި ވާހަކަ ދައްކަވަމުންނެވެ.

ޢަބްދުއް ރަޙީމް ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް އެބައޮތް ކަމަށެވެ. އަދި އެކަމުގެ ފޯރި ދަނީ ބޮޑުވަމުން ކަަމަށެވެ.

"ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގައި އަޅުގަނޑުމެން ނުދެކެން މިހާވަރުގެ ޚުދު މުޚްތާރު ސަރުކާރެއް"

ޢަބްދުއްރަޙީމް ޢަބްދުﷲ

ޢަބްދުއް ރަޙީމް ވިދާޅުވީ އިންތިޚާބަށް މިއޮތީ ދެމަސް ދުވަސް ކަމަށާއި، ވެރިކަން މިއޮތް ނިމެނީ ކަމަށެވެ. މީގެއިތުރުން އޭނާ ވިދާޅުވީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ބަޖެޓުގައި ޖަހައިފައި ނުވާ އެތައް މަޝްރޫޢު ތަކެއް ސަރުކާރުން އެބަހިންގާ ކަމަށެވެ.

ދެންއަންނަ ސަރުކާރަކުން ކަންކުރާނެ ގޮތެއް ނޭގޭނެ ކަމަށާއި، ބަޖެޓްގައި ނުޖަހާ ކަންކަން ކުރުމަކީ ޕީޕީއެމް ޕީއެންސީގެ ސިޔާސަތެއް ނޫން ކަމަށާއި، ރައީސް ޔާމިންގެ 5 އަހަރު ތެރޭގައި ބަޖެޓްގައި ނެތް މަޝްރޫޢަކަށް ޚަރަދު ނުކުރައްވާނެ ކަމަށެވެ.

އެންމެކުޑަމިނުން މަޝްރޫޢުގެ ފައިސާގެ ދެބައިކުޅަ އެއްބައި  ބަޖެޓްގައި ނެތްނަމަ މަޝްރޫޢު ބަޔަކާއި ހަވާލު ނުކުރައްވާނެ ކަމަށް ވެސް ޢަބްދުއްރަޙީމްގެ ވާހަކައިގައި ވިދާޅުވިއެވެ.

"މި ސަރުކާރުން މިކުރާ ކަމަކީ، ރައްޔިތުންގެ ތާއީދެއް ނެތްކަން އެބަ އިނގޭ، ދެން މިޖެހެނީ ނުފޫޒު ފޯރުވަން، ދެން މިހަދާގޮތަކީ، މިކަހަލަ ތާކުންތާކު ނުޖެހޭ ބޮޑެތި ވަޢުދުތައް ވަނީ"

 ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ  އެންސްޕާ އާއި އާސަންދަ އިންތިޚާބަށް ޚަރަދުކުރާ ބަޖެޓަކަށް ވެެއްޖެ ކަމަށާއި، ހަމައެކަނި ފޯމެއް ފުރާލީމަ ދެތިން ލައްކަ ރުފިޔާ އަމިއްލަ އެކައުންޓްތަކަށް ޖަމާކުރަމުން ދާކަމަށެވެ.

ރިޔާސީ އިންތިޚާބަށް ދެމަސް ދުވަހަށް ވެފައި ވާއިރު ރިޔާސީ ކެނޑިޑޭޓުން ދަނީ ކެމްޕޭނު ކުރުމަށް އެކި ހަރަކާތްތައް ހިންގަމުންނެވެ. ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ރަށްރަށަށް ވަޑައިގަތުމާއި ދޮރުން ދޮރަށް ހަރަކާތްތައް ވެސް ދަނީ ކުރިއަށެވެ.

އިންތިޚާބަށް ދެމަހަށް ވީއިރުވެސް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމިން ހުންނެވީ ޖަލުގައެވެ. އެމަނިކުފާނަށް ކެމްޕޭން ހަރަކާތް ތަކުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭތީ އެކަމުގެ ކަންބޮޑުވުންތައް ހުރި ކަންވެސް މިއަދު އެ ކޯލިޝަނުން ވަނީ އީސީ އާއި ޚިއްސާ ކޮށްފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.