ރައީސް ޞާލިހުގެ ށ. އަތޮޅު ކެންޕެއިން ދަތުރުފުޅުގެ ތެރެއިން-- ފޮޓޯ/ އެމްޑީޕީ
ހަބަރު
09 Jul 2023 | 16:29
ރަށުތެރެއިން ފެންނަ އަމާންކަމަކީ ރައީސް ޞާލިހު ގެންނަވާފައިވާ ހެޔޮ ބަދަލު: ޝާހިދު

ރަައީސުލްުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ކެންޕެއިންގެ ތެރެއިން ށ. ކޮމަންޑޫ ވަޑައިގެންނެވިއިރު، އެރަށުން ފެނިގެން ދިޔައީ އެމަނިކުފާނުގެ ވެރިކަމުގައި ގެންނެވި ހެޔޮ ބަދަލު ކަމަށް ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ. 

ރައީސް ޞާލިހުގެ ކެންޕެއިނަށް ށ އަތޮޅުގެ ރަށްތަކަށް ދަތުރު ފައްޓަވާފައިވާއިރު، އެ ދަތުރުފުޅުގެ ތެރެއިން އެންމެ ފުރަތަމަ ވަޑައިގެންނެވީ އެ އަތޮޅު ކޮމަންޑޫއަށެވެ.

އެރަށުން އެމަނިކުފާނަށް ދެއްވި ހޫނު މަރުހަބާ އާއި އެކު، ޝާހިދު ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޞާލިޙު ށ. ކޮމަންޑޫ، މަރޮށި، ނޫމަރާ އަދި ފޯކައިދުއަށް ކުރައްވާ ދަތުރުފުޅުގައި ށ. ކޮމަންޑޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވި ރައްޔިތުންގެ މޫނުމަތިން ފެންނަމުންދިޔައީ އުފާވެރިކަން ކަމަށެވެ.

"ރަށުތެރެއިން ފެންނަނީ އަމާންކަން! މިއީ ރައީސް ޞާލިހު ގެންނަވާފައިވާ ހެޔޮ ބަދަލަކީ." ޝާހިދު ވިދާޅުވިއެވެ. 

މީގެ އިތުރުން ވެސް ކޮމަންޑޫ ދަތުރުފުޅާއި ގުޅިވައި ޝާހިދު ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ، އުފާވެރި އަމާން ރާއްޖެއެއް ކޮންމެ ރައްޔިތަކު ވެސް ބޭނުންވާނެ ކަމަށާ އެފަދަ ހަމަޖެހޭ އަމާން މުޖުތަމަޢެއް ޤާއިމުކުރަންޖެހޭ ކަން ފާހަގަކުރައްވާފައެވެ. 
"އަމާން މުޖުތަމަޢެއް ހޯދައި، އެއްވެސް ރަށެއް ބާކީނުވާނޭހެން ތަރައްޤީ ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރެއްވި، އަދި ކުރައްވަމުންދާ މަސައްކަތުގެ ފޮނި ނަތީޖާ މިދަނީ ފެންނަމުން. އެކަން ކޮމަންޑޫއިން ފެނޭ!" ޝާހިދު ވިދާޅުވިއެވެ.

ރައީސް ޞާލިހުގެ ށ އަތޮޅަށް ކުރައްވަމުންދާ މި ދަތުރުފުޅުތަކުގައި ރައްޔިތުންނާއި ބައްދަލުކުރައްވާ، ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުމަށް މަޝްވަރާ ބައްދަލުވުންތަކާއި، ޖަގަހަ ބައްދަލުވުންތައް އަންނަނީ ކުރިއަށް ގެންދަވަމުންނެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމަނިކުފާނުގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު، ރަށްތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ޙާލަތު ވަޒަންކުރުމާއި ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަން ބަލައި ދެނެގަތުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.