މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު: ފޮޓޯ/ ވޮއިސް
ހަބަރު
09 Jul 2023 | 17:26
އިންތިހާބާއި ދިމާކޮށް ދުލަށް އައިހާ ވަޢުދެއްވުމަކީ އަނިޔާވެރި ޑިކްޓޭޓަރުންގެ އުކުޅެއް: ސަޢީދު

އިންތިހާބާއި ދިމާކޮށް ފިކުރެއްހިޔާލެއްނެތި ދުލައްއައިހާ ވަޢުދެއްވަމުން ދިއުމަކީ އަނިޔާވެރި ޑިކްޓޭޓަރުންގެ ގެންގުޅޭ އުކުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

މި ހިނގާ ޖުލައި މަހުގެ ނިޔަލަށް ދެ ކޮމަންޑޫ ދޭ ތެރޭ އޮތް ބިން ހިއްކާ، ދެ ކޮމަންޑޫ ގުޅާލާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގެ ކެމްޕޭނުގައި ވެ ވަޑައިގެންނެވި ވައުދު ފުއްދަވާދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވުމާއި ގުޅިގެން ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެފަދަ ވައުދުތަކުން ރައީސް ޞާލިހުގެ އޮޅުވާލުމާއި އަނިޔާވެރި ވިސްނުން އިތުރަށް ބޭޒާރުވަމުންދާ ކަމަށެވެ. 

"ބަޖެޓްނުކޮށް، ބަޖެޓަށް ބަލާލުމެއްނެތި، ރާއްޖެ ސަލާމަތް ނުވާވަރަށް ދަރުވާލައި، އަދި ބަޖެޓަށާއި ޚަރަދަށް ޒިއްމާނުވާގޮތަށް އަމިއްލައަށް ޤާނޫނު ބަދަލުކޮށް އިންތިހާބަށް ވާދަކުރުމުން އިބްރާހީމް މުހައްމަދު ޞާލިހުގެ އޮޅުވާލުމާއި އަނިޔާވެރި ވިސްނުންމިދަނީ އިތުރަށްބޭޒާރުވަމުން" ސައީދު ވިދާޅުވި އެވެ. 

ރައީސް ޞާލިހުގެ ރިޔާސީ ކެމްޕޭނު ފެއްޓުމަށް ށ. އަތޮޅު ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ދެ ކޮމަންޑޫ ގުޅާލުމަށް ބޭނުންކުރާނީ ސަރުކާރުން އަލަށް ގެންނަ ޑްރެޖަރު ކަމަށެވެ. 

އެ ޑްރެޖަރު އެންމެ ފުރަތަމަ ގެންދިއުމަށް ނިންމާފައިވަނީ އިހަވްންދޫއަށް ކަމަށާއި، އެފަހުން ޖުލައި މަހުގެ މެދެއްހާ ހިސާބުގައި ކޮމަންޑޫއަށް އެ ޑްރެޖަރު ގެނެވޭނެ ކަމަށެވެ. 

އެއާއެކު ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ވަރަށް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސް ޖުލައި މަސް ނިމެންވާއިރަށް ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ނިންމާލެވޭނެަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.