ފޯކައިދޫގައި އޮތް ރަސްމިއްޔާތުގައި ފައްޔާޒް ވާހަކަ ދައްކަވަނީ---ފޮޓޯ: އެމްޑީޕީ
ހަބަރު
09 Jul 2023 | 23:26
ރާއްޖޭގެ ތާރީހުގައި ދުވަހަކުވެސް ނުދެކޭ ވަރުގެ ތަރައްގީއާއި ކުރިއެރުން މިއަދު މިވަނީ ލިބިފަ: ފައްޔާޒް

ދިވެހިރާއްޖޭގެ ތާރީހުގައި ދުވަހަކުވެސް ނުދެކޭ ވަރުގެ ތަރައްގީއާއި ކުރިއެރުން މިއަދު ލިބިފައިވާ ކަމަށް އެމްޑީޕީގެ  ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން ށ އަތޮޅު ފޯކައިދޫއަށް ކުރެއްވި ދަތުރުގައި، އެރަށުގައި މިރޭ ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ފައްޔާޒް ވިދާޅުވީ އެމްޑީޕީއިން ދަތުރު ފަށާފައިވަނީ އެތައް ސިޔާސީ ބޭފުޅުންނާއި ރައްޔިތުން ބައިވެރިވެ ވަޑައިގަންނަވާގެންކަމަށެވެ.

އަދި ކާމިޔާބު ވާނެ ކަމާއިމެދު ހިތުގައި ކުޑަވެސް ޝައްކެއް ނުބާއްވާ މި ދަތުރުފައްޓާފައިވަނީ އެމްޑީޕީގެ މާލިމީ އަދި މިއަދު އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއިއެކު ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"އެމަނިކުފާނު އަޅުގަނޑުމެން އަމާން ބަނދަރަކަށް ގެނެސްދެއްވި. މިއަދު އަޅުގަނޑުމެން އެތިބީ އެ އަމާން ބަނދަރު ހާސިލް ކޮށްގެން." ފައްޔާޒް ވިދާޅުވިއެވެ.

އެގޮތުން އެތައް ހުރަސްތަކަކާއި ގޮންޖެހުންތަކަކާއި އެކުގައި ވެސް ދިވެހިން ބޭނުންވާ ހެޔޮ ވެރިކަމުގެ ނިޒާމެއް ފައްކާ ކޮށްދެއްވާފައިވާ ކަމަށާއި ރައްޔިތުންގެ މިނިވަންކަން ކަށަވަރު ކޮށްދެއްވާފައިވާ ފައްޔާޒް ވިދާޅުވިއެވެ.

މިއާއިއެކު މުޅި ދުނިޔެއަށް ދިމާވި އާލަމީ ބޮޑު ވަބާ ކަމަށްވާ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހިރާއްޖޭގެ އިގްތިޞާދު ފުނޑުފުނޑު ވިޔަ ނުދީ އެއްްހަމައެއްގައި ހިފެހެއްޓެވި ކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ.

އަދި ރައްޔިތުން އެތައް ޒަމާނެއް ވަންދެން އެދި އެދި ތިބި އަސާސީ ޚިދުމަތްތައް ގާއިމުކޮށް ގައުުމުގެ ތަރައްގީގެ ބިންގާތައް އަޅުއްވާދެއްވާފައިވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

"ދުވަހަކުވެސް ދިވެހިރާއްޖޭގެ ތާރީހުގައި ނުދެކޭ ވަރުގެ ތަރައްގީއާއި ކުރިއެރުން މިއަދު މި ރާއްޖެއަށް މިވަނީ ލިބިފަ. ހުރިިހާ ރޮނގަކަށް ބަލައިލި ކަމުގައި ވިޔަސް." ފައްޔާޒު ވިދާޅުވިއެވެ.

އެގޮތުން އިގްތިޞާދީ ގޮތުން ބެލި ކަމުގައިވިޔަސް އިޖްތިމާއި ގޮތުން ބެލި ކަމުގައި ވިޔަސް ތަރައްޤީއާއި ކުރިއެރުން ދިވެހިރާއްޖެއަށް ލިބިފައިވާ ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ މި ދައުރުގައި އެ އެޅުނު ބިންގާތަކަކީ އަޅުގަނޑުމެންގެ މި ގައުމު އުދުހިގަންނަން ބޭނުންވެފައިވާ އެތައް ޒަމާނަކުން އެތައް ބަޔަކަށް ނުކުރެވި ހުރި ކަންތައްތައް." ފައްޔާޒް އިތުރަށް ވިދާޅުވިއެވެ.

އަދި މިކަމަކީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫން ކަމަށް ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިން މިއަދު ރަސްމީކޮށް ފެށުމުގެ ގޮތުން އެމަނިކުފާނާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމް ވަނީ ށ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތް ކުރައްވާފައެވެ. އެގޮތުން ކޮމަންޑޫ، މަރޮށި، ނޫމަރާ އަދި ފޯކައިދޫއަށް މިއަދު ވަނީ ދަތުރުކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.