ރައީސް ޞާލިހު ރިޔާސީ ބަޔާން އިއްވުމަށް މަޖިލީހުގައި/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
10 Jul 2023 | 09:49
މަޖިލީހަށް ސިފައިން ވައްދާނީ މަޖިލީހުގެ ރައީސް، އެއީ ރައީސުލްޖުމްހޫރިއްޔާ އާއި ބެހޭކަމެއް ނޫން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހަށް ސިފައިން ވެއްދުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިޚްތިޔާރުގައި އޮންނަ ކަމެއް ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ އެއްވެސް ހާލަތެއްގައި ބެހެން ޖެހިލައްވާނެ ކަމެއް ނޫން ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ، އެމަނިކުފާނު މަޖިލީސް ހިންގަވަމުންދާ ގޮތާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ. 

ރައީސް ޞާލިހުގެ ރިޔާސީ ކެމްޕޭނު ރަސްމީކޮށް ފެއްޓެވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ކުރީ ސަރުކާރުގައި މަޖިލީހަށް ސިފައިން ވައްދާ މެމްބަރުން ބޭރުކޮށްފައި ވީ ނަމަވެސް މިއަދު އެފަދަ އެއްވެސް ކަމެއް ހިނގަމުން ނުދާކަމަށް ވިދާޅުވެފަ އެވެ. އަދި މަޖިލީސް ބޭނުންފުޅުވާ ގޮތަކަށް ހިންގެވުމުގެ ބާރު މަޖިލީހުގެ ރައީސްގެ އަތްޕުޅުގައި އޮންނާނެކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

އެކަމަށް އިޝާރާތް ކުރައްވާ ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ގުޅުންހުރި ކަންކަމަށް ސިފައިންގެ އެހީތެރިކަމަށް އެދުމަކީ ޤާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ބެހުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި އެ އިޚްތިޔާރަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ލިބިގެންވާ އިޚްތިޔާރެއް ކަމަށެވެ. 

ރައީސް ޞާލިހު ރިޔާސީ ބަޔާން އިއްވުން

"މަޖިލީސްގެ ކަންކަމަށް ސިފައިންގެ އެހީތެރިކަމަށް އެދުމަކީ ޤާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ބެހުމެއް އޮތް ކަމެއް ނޫން. މަޖިލީހަށް ސިފައިން ވެއްދުމާއި ނުވެއްދުމަކީ މަޖިލިސްގެ ރައީސް ގެ އިޚްތިޔާރުގައި އޮންނަ ކަމެއް"

ރައީސް މުޙައްމަދު ނަޝީދު

ރައީސް ނަޝީދުގެ މި ވާހަކަފުޅުން ކެމްޕޭނު ޖަލްސާގައި މަޖިލީހާއި ގުޅޭގޮތުން ދެވެރިކަން އަޅާކިޔުއްވާ ރައީސް ޞާލިހު ދެއްކެވި ވާހަކަފުޅުތަކަށް އެމަނިކުފާނު އެއްބަސްވެވަޑައި ނުގަންނަވާކަން އެނގެއެވެ. 

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ވަނީ ނަޝީދު މަޖިލީހުގެ ރައީސްގެ މަޤާމުން ދުރުކުރުމަށް އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ 54 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށައަޅާފަ އެވެ. އެއާއެކު މަޖިލީހުގެ ނައިބުރައީސްގެ މަޤާމުން އެމްޑީޕީން ވަކިވެވަޑައިގެތް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله ވަކިކުރުމަށް ވެސް ވަނީ ހުށައަޅާފަ އެވެ. 

އެމްޑީޕީއަކީ މަޖިލީހުގެ މެޖޯރިޓީ ޕާޓީއަށް ވެފައި ގިނަ މެމްބަރުންގެ ސޮޔާއެކު ނަޝީދު އަދި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވާއިރު، މިއަދު މަޖިލީސް ކޮންޓްރޯލު ކުރައްވަނީ ރައީސް ޞާލިހުކަމަށް އިދިކޮޅުން މެމްބަރުން ދަނީ ބުނަމުންނެވެ. 

އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ޞާލިހުވެސް ވަނީ އެ މޭރުމުން ވިދާޅުވެފަ އެވެ. އެގޮތުން މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ތިއްބެވީ އެމަނިކުފާނާއި އެކުގައިކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.