މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް(މަވޯޓާ)
ހަބަރު
12 Jul 2023 | 10:00
ރައީސް ނަޝީދު ބޮޑުވަޒީރުކަން ހޯދުމަށް ޤައުމުގެ ތަރައްޤީ ހުއްޓާލުމަށް ވަކާލާތުކުރުމަކީ ހުތުރުކަމެއް: ޝަރީފް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބޮޑުވަޒީރުކަން ހޯދުމަށްޓަކައި ޤައުމުގެ ތަރައްޤީއަށް ކުރެވެމުންދާ ކަންކަން ހުއްޓައިލުމަށް ވަކާލާތުކުރުމަކީ ވަރަށް ހުތުރުކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް(މަވޯޓާ) ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައި ވަނީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.

ޝަރީފް ވިދާޅުވީ ރައީސް ނަޝީދަށް ބޮޑުވަޒީރުކަން ހޯދުމަށްޓަކައި ޤައުމުގެ ތަރައްޤީއަށާއި އިޖްތިމަޢީ ތަރައްޤީއަށް ކުރަމުން ގެންދާ ހުރިހާ މަސައްކަތް ހުއްޓާލުމަށް އެމަނިކުފާނު ވަކާލަތު ކުރެއްވުމަކީ ވަރަށް ހުތުރު ކަމެއް ކަމަށެވެ.

އަދި އެއީ ޤައުމުގެ މަސްލަޙަތަށްވުރެ ޒާތީ މަސްލަޙަތު އިސްކުރުމުގެ މިސާލެއް ކަމަށްވެސް ޝަރީފްވަނީ ވިދާޅުވެފައެވެ.

"އެއްވެސް ސިޔާސީ ލީޑާރެއްގެ "އީގޯ" އަށް "ކޭޓަރ" ކުރުމަށްޓަކައި ރައްޔިތުންގެ މަސްލަޙަތާ ޤައުމު ބިނާ ކުރުމަށް ކުރަންޖެހޭ ކަންކަން ޤުރުބާން ކޮށްގެންނުވާނެ" ޝަރީފްގެ ޓްވީޓުގައި ވެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިމިވަނީ ދަ ޑިމޮކްރެޓްސްގެ މަޝްވަރާ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ދެއްކެވި ވާހަކަފުޅާކައި ގުޅިގެންނެވެ. އެބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދާ ކޮންކްރިޓް މަސައްކަތްތައް ހުއްޓާލާފައި ނިޒާމީ މަސައްކަތް ފަށަން ވެއްޖެކަމަށެވެ.

އެބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މަގުހެދުން ފަދަ ކަންކަމުގެ ވާހަކައިގެ ބަދަލުގައި ދައްކަންވީ ނިޒާމީ ވާހަކަތައް ކަމަށް އެމަނިކުފާނު ޤަބޫލް ކުރައްވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.