އައިލެންޑް އޭވިއޭޝަންގެ އިސް ވެރިން ނައިބު ރައީސް ފައިސަލް ނަސީމާ އެކު-- ފޮޓޯ/މިހާރު
ހަބަރު
13 Jul 2023 | 20:29
ކުރާ ޚަރަދުތައް މަތިވެ، އައިލެންޑް އޭވިއޭޝަނަށް 164 މިލިއަން ރުފިޔާގެ ގެއްލުން!

މިދިޔަ އަހަރު ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނަށް 164 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާކަން ހާމަވެއްޖެއެވެ.

ޕީބީސީއިން އާންމުކޮށްފައިވާ ކުއާޓާލީ ރިޕޯޓުތަކުގައިވާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ލިބުނީ 1.8 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ފާއިތުވެދިޔަ އަހަރުގައިވެސް އެ ކުންފުނިން، ކުންފުނީގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށާ އޭގެ ސަބަބުން އެ ކުންފުންޏަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށް ޕީސީބީގެ ރިޕޯޓްގައި ވެއެވެ. އެގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ވެސް މުވައްޒަފުންގެ މުސާރަ ދިނުމަށް ކުރި ހޭދައަށާ 11 މިލިއަން ރުފިޔާ ވަނީ އިތުރު ވެފަ އެވެ.

މިދިޔަ އަހަރުގެ ހަތަރު ކުއާޓަރުގައި ވެސް އެ ކުންފުންޏަށް ލިބުނީ ގެއްލުމެވެ. އެންމެ ބޮޑު ގެއްލުމެއް ލިބުނީ ދެވަނަ ކުއާޓަރުގަ އެވެ. އެ ކުއާޓަރުގައި 67 މިލިއަން ރުފިޔާގެ ގެއްލުން ލިބުނެވެ. އެ ކުއާޓަރުގައި އެހާ ބޮޑު ގެއްލުމެއް ލިބުނީ ލޯނާއި އިންޓްރެސްޓްގެ ގޮތުގައި 16 މިލިއަން ރުފިޔާ ދައްކަން ޖެހުމުގެ އިތުރުން ކުންފުނީގެ އާމްދަނީ ދަށްވުމުގެ ސަބަބުންނެވެ.

ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކޮށް، ދަތުރުފަތުރު ކުރުން ހުއްޓާލުމާ ގުޅިގެން 2020 ވަނަ އަހަރު ވެސް އެ ކުންފުންޏަށް ބޮޑު ގެއްލުމެއް ވި އެވެ. އެ އަހަރު 400 މިލިއަން ރުފިޔާގެ ގެއްލުން ލިބުނެވެ. އޭގެ ފަހުން އެ ކުންފުންޏަށް ފައިދާ ލިބިފައެއް ނުވެ އެވެ. އެގޮތުން، 2021 ވަނަ އަހަރުވެސް އައިލެންޑް އޭވިއޭޝަނަށް 159 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނެވެ. 

ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ އައިލޭންޑް އޭވިއޭޝަން އުފެއްދީ 2000 ގަ އެވެ. ދިވެހި ގައުމީ އެއާލައިންގެ ގޮތުގައި އައިލޭންޑް އޭވިއޭޝަންސް އިން ހިންގާ މޯލްޑިވިއަން އަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގައި ބޮޑު ދައުރެއް އަދާކުރަމުން އަންނަ އެއާލައިނެކެވެ.

ކޮމެންޓް
ާަަހެހެ
އަވަހަސްކުރޭ ޓިކެޓެއް 10000 ހަދާ ހެހެހެ
14 Jul 2023
ގުޅޭ ލިޔުންތައް
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.