މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް(މަވޯޓާ)
ހަބަރު
15 Jul 2023 | 10:54
ރައީސް ނަޝީދުގެ ތަރި ދަނީ އޮއްސެމުން: ޝަރީފް

ރައީސް މުޙައްމަދު ނަޝީދުގެ ސިޔާސީ ތަރި ދަނީ އޮއްސެމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ  މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ އޭނަ ކުރައްވާފައިވާ ޓްވީޓެއްގައެވެ.

ޝަރީފް ކުރެއްވެވި ޓްވީޓުތަކެއްގައި ވިދާޅުވެފައިވަނީ ކޮންމެ ސިޔާސީ ލީޑަރެއްގެ ވެސް ތަރި އަރާ އޮއްސޭ ބީދައިން ރައީސް ނަޝީދުގެ ތަރިވެސް ދަނީ އޮއްސެމުން، އެމްޑީޕީ ގެ ޕްރައިމަރީ ގެއްލުނު ހިސާބަކީ ރައީސް ނަޝީދުގެ ސިޔާސީ ޙަޔާތް ނިމުމުގެ ފެށުން ކަމަށެވެ.

ޝަރީފްގެ އެހެން  ޓްވީޓޭއްގައި ވިދާޅުވެފައިވަނީ ތާރީޚްގައި ކަންކަން ހިނގާފައި އޮތް މަގަށް ބަލާއިރު ރައީސް ނަޝީދުގެ ޕާޓީ ވެގެންދާނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ފަހު އެމްއާރްއެމް ފަދަ ކުޑަ ޕާޓީއަކަށް ކަމަށެވެ.

"ޔަޤީނުންވެސް މަޖިލިސްގަ އެމްޑީޕީ ޓިކެޓްގަ ހޮވިގެން ޑިމޮކްރެޓްސްއޭ ކިޔާ ޕާޓީއަށް ދިޔަ ގިނަ މެމްބަރުންގެ ގޮނޑިގެއްލޭނެ" 

ޝަރީފް ވިދާޅުވެފައިވެއެވެ.

ވޭތުވެދިޔަ ހަތަރު އަހަރު އިދިކޮޅު ފަރާތްތަކާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި މަސައްކަތަކީ ސަރުކާރު ކުޑަ ކަކޫ މައްޗަށް ތިރިކުރުމާއި އެމްޑީޕީ ފުނޑުފުނޑު ކޮށްލެވޭތޯ ކުރެއްވި މަސައްކަތް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިހާރު މަޖިލިސް ރައީސް ކަންވެސް ގެއްލުމުގެ މަގުމަތީގައި އޮތް އިރު އެމްޑީޕީ ރޫޅާލަން ކުރެވޭނެ ކަމެއް ނެތް" 

ޝަރީފް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އެމްޑީޕީ ރޫޅާލަން ކުރެވޭނެ ކަމެއް ނެތްކަމަށް ޝަރީފް ވިދާޅުވެފައިމިވަނީ ޖުލައި 12 ވަނަ ދުވަހުގެ ރޭ ދަ ޑިމޮކްރެޓްސް އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެނެވެ.

އެރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު އެޕާޓީ ރޫޅާލާނެ ކަމަށެވެ.

ރައީސް ނަޝީދަކީ އެމްޑީޕީ އުފެދުނިއްސުރެ 18 އަހަރުވަންދެން އެމްޑީޕީއަށް ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެވެ. އަދި ރައީސް ނަޝީދަކީ އޭރު އެމްޑީޕީގެ އެންމެ މަޤްބޫލް  ސިޔާސީ ޝަހްސިއްޔަތެވެ. ނަމަވެސް ރައީސް ޞާލިޙް ވެރިކަމަށް ހޮވިވަޑައިގެން، އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން ޕާޓީގެ އިސް މަގާމުތަކަށް އިންތިހާބު ވާން ފެށުމާއި އެކު ރައީސް ނަޝީދަށް އޮތް ތާއީދު އެމްޑީޕީގެ ތެރެއިން ދިޔައީ ކުޑަވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.