އުއްތަމަ ފަނޑިޔާރު އަލް އުސްތާޒު މުޢުތަސިމް އަދުނާނު-- ފޮޓޯ/ ވޮއިސް
ހަބަރު
16 Jul 2023 | 17:58
އަދުލުއިންސާފު ޤާއިމުކުރުމުގެ މަސައްކަތް މި ކުރަނީ ވަރަށް އިޚްލާޞްތެރި ކަމާއިއެކު: އުއްތަމަ ފަނޑިޔާރު

ދިވެހިރާއްޖޭގެ ކޯޓު ތަކުގައި އަދުލު އިންސާފު ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދަނީ ވަރަށް އިޚްލާޞްތެރި ކަމާއި އެކުގައި ކަމަށް އުއްތަމަ ފަނޑިޔާރު އަލް އުސްތާޒު މުޢުތަސިމް އަދުނާނު ވިދާޅުވެއްޖެއެވެ. 

ކޯޓަށް ފަރިތަ ކެންޕެއިން އިފްތިތާޙް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް މިފަހުން ކުރެވުނު ދަތުރުގެ ތެރެއިން, އެ ރަށް ރަށުގެ ކޯޓުގައި މީގެ ގާތްގަނޑަކަށް 70 ވަރަކަށް އަހަރު ކުރިން ކޮށްފައިވާ ޝަރީއަތްތައް ބަލާލުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށެވެ. އަދި އެ ޝަރީއަތް ތައް ބަލާލުމުން އެކަންކަން ކުރިއަށް ގެންގޮސްފައިވާ ފުރިހަމަކަން އެނގިގެން ދިޔަ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ދެފަރާތުގެ ވާހަކައާއި، މައްސަލައާއި ގުޅިގެން މީހުން ގެނެސް ކޮށްފައިވާ ސުވާލުތައްވެސް ފެންނަން ހުރި ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެ ޝަރީއަތް ތަކުން އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ، ފަނޑިޔާރު ކުރާ ސުވާލު ތަކަށް، އެ މައްސަލަ އާއި ގުޅިގެން ގެނެސްފައިވާ މީހާ ދީފައިވާ ތެދު ޖަވާބުކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ. 

"މިހާރުވެސް އަޅުގަނޑުމެން މި ކުރާ ކަމަކީ އަދުލު އިންސާފު ގާއިމް ކުރުން. އަޅުގަނޑުމެން މި ކުރާ މަސައްކަތް މިކުރަނީ ޚިދުމަތެއްގެ ގޮތުގައި. ވަރަށް އިޚްލާޞްތެރި ކަމާއި އެކު، ދެ ފަރާތުން މިދައްކާ ވާހަކަތައް އަހައި، އަޅުގަނޑުމެން ކުރިމަތީގައި މިހުންނަ ގާނޫނު ތަކަކީ ކޮބައިތޯ ބަލައި، އެ ގާނޫނު ތައް، ތަތުބީގުކޮށް، ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ ޚުސޫމަތް، ނުވަތަ އެ ދައުވާ އަށް ހައްލެއް މި ހޯދައި ދެނީ."

އުއްތަމަ ފަނޑިޔާރު އަލް އުސްތާޒު މުޢުތަސިމް އަދުނާނު

ކޯޓަށް ފަރިތަ ކެންޕެއިން އިފްތިތާޙް ކުރުން-- ފޮޓޯ/ ވޮއިސް

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޯޓަށް ފަރިތަ ކެންޕެއިނާއި އެކު ފެށިގެންދިޔައީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އެގޮތުން، އޭގެ ސަބަބުން ކޯޓު ތަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް، އެ ޚިދުމަތް ލުއި ފަސޭހަ ކަމާއިއެކު ހޯދޭނެ މަގު ފަހިވެގެންދާނެ ކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.