އެފްއޭއެމްގެ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް-- ފޮޓޯ/ އެފްއޭއެމް
ހަބަރު
18 Jul 2023 | 18:56
ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި މުވައްޒަފުންނަށް ނުދެވި ހުރި މުސާރަ ދޭނަން: ބައްސާމް

އެފްއޭއެމްގެ މުވައްޒަފުންގެ ތެރެއިން މުސާރަ ނުދެވި ހުރި މުވައްޒަފުންނަށް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި މުސާރަ ދެވޭނެ ކަމަށް އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ބައްސާމް ވިދާޅުވީ، 2020 ވަނަ އަހަރު ކުރިމަތިވި ކޯވިޑް-19 ގެ ބަލިމަޑުކަމާއިއެކު މާލީގޮތުން ބޮޑު ދަތި ތަކަކާއި އެފްއޭއެމް ކުރިމަތިލާން ޖެހުނު ކަމަށެވެ. އެހެން ނަމަވެސް، އެ ދަތި ތަކާއި އެކުވެސް، 2019, 2020 އަދި 2021 ގެ ވެސް ވަކި ހިސާބަކަށް ކްލަބު ތަކަށް މާލީ ގޮތުން އެހީވަމުން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭރުގައި މުބާރާތްތައް ނުކުޅުނު ނަމަވެސް، ވަޒީފާއަށް، މަސައްކަތަށް ނުނުކުންނަ ކަމުގައި ވިޔަސް މުސާރަ ތަކާއި ކުލަބު ތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން އައީ ފޯރުކޮށްދެމުން. އޭރު އަޅުގަނޑު އެންމެ ބޮޑަށް މަސައްކަތް ކުރަމުންދިޔައީ މި ދަތި ހާލަތުގައި، ކުލަބުތަކަށް ވެވެން އޮތް އެހީތެރިކަމެއް ކޮށްދޭން ޖެހޭނެ ކަމަށް. އެދުވަހު އަޅުގަނޑުމެން އެއްވެސް މުވައްޒަފަކު ވެސް މަދެއް ނުކުރޭ. އެއްވެސް މުސާރައެއް ކުޑައެއް ނުކުރޭ. އެއްވެސް ކުލަބަކަށް ދެވެންވާ އެހީވެސް މަދެއް ނުކުރޭ. އަދި ދޭން ޖެހޭ ފައިސާތައްވެސް އިރާދަކުރެއްވީތީ ދެމުން ދިޔައީ. 

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް 

ބައްސާމް ވިދާޅުވީ ކޯވިޑުގެ އެ ދަތި ހާލަތުގައި އޭނާ މަސައްކަތް ކުރެއްވީ މުވައްޒަފުންނާއި ޓީމުތަކަށް ދަތި ނުވާނޭ ގޮތަށް މަސައްކަތް ކުރަން ކަމަށާ، އެހެންނަމަވެސް އެގޮތަށް އެކަން ކޮށް ނިމުނުއިރު، އެފްއޭއެމްއަށް އޮތީ މާލީގޮތުން ބޮޑު ދަތިތަކަކާއި ކުރިމަތިވެފައި ކަމަށެވެ. 

އަދި އޭގެ ފަހުންވެސް ސްޕޮންސަރުން ނުލިބުމާއި ގުޅިގެން ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށާ، 2021 ވަނަ އަހަރުގެ ސާފުޗެންޕިޔައްޝިޕް ނިމުނުއިރު އެފްއޭއެމްގެ ދަރަނި 30,000 މިލިއަނަށް އެރި ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެހެންނަމަވެސް އެ ދަރަނި މިވަނީ 6 މިލިއަން ރުފިޔާއަށް ކުޑަ ކުރެވިފައި. އިރާދަކުރެއްވިޔާ ކުރިއަށްއޮތް ދެތިން މަހެއްގެ ތެރޭގައި މިވެސް ހަމަ ޚަލާސްކުރެވިދާނެ. އަދި ހަމައެއާ އެކީގައި އަޅުގަނޑުމެންގެ ކުލަބު ތަކަށާއި، އަދި މުވައްޒަފުންގެ ނުދެވި ހުރި މުސާރަ ވެއްޖެއްޔާ އެ މުސާރަ ވެސް އިރާދަކުރެއްވިޔާ ހަމަ ދެވިގެންދާނެ."

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް 

މިއާއެކު ބައްސާމް ވިދާޅުވީ ކޮވިޑަށްފަހު ރާއްޖޭގެ ބޮޑެތި ދެތިން ކުންފުނި ފިޔަވައި އެހެން ކުންފުނިތަކުން ސްޕޮންސާޝިޕް ދިނުމަށް އަދިވެސް ދެކޮޅު ހަދަމުންދާ ކަމަށާ، އޭގެ ސަބަބުން ވެސް މާލީ ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. 

"އެހެން ނަމަވެސް މިވަގުތާއި ހަމައަށް ޖެހެންދެން އަޅުގަނޑުމެންގެ އެ ހުރި، އަޅުގަނޑުމެންގެ ކުލަބު ތަކަށް ދޭ ފައިސާ ތައްވެސް، ބުނެފަ އޮންނަ ދުވަހަށް އެބަހުރި ކްލަބް ތަކަށް ދެވިފައި. އިރާދަކުރެއްވިޔާ ކުރިއަށް އޮތް ތަނުގައި ވެސް އެއަށް ހުއްޓުމެއް ނެތި، ކުރިއަށް ދާނެ. އަދި ހަމައެއާއި އެކީގައި ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި، މިހާރު އަޅުގަނޑުމެންގެ ބައެއް މުވައްޒަފުންނަށް ނުދެވި ހުރި މުސާރަ ތައްވެސް އިރާދަކުރެއްވިޔާ ދެވިގެންދާނެ."

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް 

މިއާއެކު ބައްސާމް ވިދާޅުވީ އޭނާގެ ފުރަތަމަ ދައުރު ދިޔައީ ވަރަށް ކާމިޔާބު ކަމާއި އެކު ކަމަށާ، އެހެންނަމަވެސް ދެވަނަ ދައުރުގައި ގިނަ ދަތިތަކާ ކުރިމަތިވި ކަމަށެވެ. އެ ދަތި ތަކުންވެސް އަރައިގަނެވޭނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Aug 2026
ސީއެމްޑީއޭގެ ނަމުގައި ފޭކް ފޭސްބުކް ޕޭޖެއް ހިންގާތީ ސަމާލުވާން އެދިއްޖެ
ސީއެމްޑީއޭއިން ވަނީ އިންވެސްޓަރުންނާއި ޢާންމު ރައްޔިތުން އެ ޕޭޖާ އެއްވެސް މުޢާމަލާތެއް ނުކޮށް ޒާތީ މަޢުލޫމާތު ހިއްސާ ނުކޮށް އަދި އެ ޕޭޖުގެ އެއްވެސް ކޮންޓެންޓަކަށް ބިނާކޮށް ޢަމަލު ނުކުރުމަށް އެދިފައެވެ.
11 Aug 2026
ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ގެންނަނީ، އެނޫން އެހެންގޮތެއް ނެތުމުން
މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ ކުއްޖާ ވަކިކުރުމުގެ ޞައްޙަ ސަބަބެއް ނޫން ކަމަށާއި ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަކީ އެ ޤާނޫނުގެ ދަށުން އެޅޭނެ އެންމެ ފަހު ފިޔަވަޅު ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ
11 Aug 2026
ބިރުވެރި ހާދިސާއެއް: ގިނަ ބަޔަކު ދަތުރުކުރި ލޯންޗެއް އަޑިއަށް
ލޯންޗުގައި ތިބި މީހުން އެހެން ލޯންޗަކަށް ބަދަލުކުރިތާ އިރުކޮޅެއްގެ ތެރޭގައި ލޯންޗުން ބޮޑު ބައެއް ވަނީ އަޑިއަށް ގޮސްފަ އެވެ.
11 Aug 2026
މިފްކޯގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ ހަދައިފި
ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަކީ މަސްވެރިން ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ.
11 Aug 2026
ހަތްމަސްތެރޭ 144 ކިލޯގެ ޑްރަގް އަތުލައިގަތް، 1875 މީހަކު ހައްޔަރުކުރި
މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، 1،875 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
11 Aug 2026
ކެމްލެބްގެ އައު ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި
ނިރޮޅުމަގުގައި ހުޅުވި މި އައު ޝޯރޫމަކީ ފެން ފުރޭނުމަށް ބޭނުންކުރާ ނިޒާމުތަކާއި، ލެބޯޓްރީ އުފެއްދުންތަކުގެ އިތުރުން އިންޖިނިއަރިންގ ހައްލުތައް އެއް ފުރާޅެއްގެ ދަށުން ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ހުޅުވި ތަނެކެވެ. މި ތަނުން ކެމްލެބްގެ ތަޖުރިބާކާރުންގެ ފަންނީ އިރުޝާދު ކަސްޓަމަރުންނަށް ސީދާ ލިބިގެންދާނެއެވެ.
11 Aug 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި ޒުވާނަކު އުމުރަށް ޖަލަށް
އެ ކުށް ސާބިތުވީ ށ. މާއުނގޫދޫ، ފެހިވިލާގެ, މުޙައްމަދު ފާރިޤު (28އ) ގެ މައްޗަށެވެ.
11 Aug 2026
އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރު 51 އިންސައްތަ އިތުރުކޮށްފި
ފިޔަވަޅުގެ ބޭނުމަކީ ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ހޯދެން ހުރި ފުރުޞަތުތައް ފުޅާކޮށް އިމްޕޯޓް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން